ޖުމްލަ 27 ނޮމިނޭޝަނަކާއެކު، މި އަހަރުގެ އެމީ އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް އެޕަލް ޓީވީ ޕްލަސްގެ ސައިކޮލޮޖިކަލް ޑްރާމާ "ސިވިއަރެންސް"އަށް ލިބިއްޖެ އެވެ.
ޖުމްލަ 27 ނޮމިނޭޝަނަކާއެކު، މި އަހަރުގެ އެމީ އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް އެޕަލް ޓީވީ ޕްލަސްގެ ސައިކޮލޮޖިކަލް ޑްރާމާ "ސިވިއަރެންސް"އަށް ލިބިއްޖެ އެވެ.
މި އަހަރުގެ އެމީ އެވޯޑަށް ނޮމިނޭޓުވި ސީރީޒްތަކުގެ ލިސްޓު މިއަދު ވަނީ އިއުލާންކޮށްފަ އެވެ.
އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑަށް ވެސް ނޮމިނޭޓުވި "ސިވިއަރެންސް"އަކީ އޮފީހެއްގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމީހުންގެ މަސައްކަތުގެ ދިރިއުޅުމާއި އަމިއްލަ ދިރިއުޅުމުގެ ހަނދާންތައް ވަކިކުރުމަށް ކުރާ އާދަޔާ ހިލާފު ކަންތައްތަކެއް ދައްކާ ސީރިޒެކެވެ.
މިހާރު ދެ ސީޒަނެއް ގެނެސްދީފައިވާ އެ ސިރީޒްގެ ލީޑު އެކްޓަރު އެޑަމް ސްކޮޓް ވަނީ އެންމެ މޮޅު އެކްޓަރުގެ ކެޓަގަރީން އެމީއަށް ނޮމިނޭޓުވެފަ އެވެ.
As #Emmy nominations were announced, Apple TV+’s “Severance” and “The Studio” topped the drama and comedy categories.
— Variety (@Variety) July 15, 2025
HBO Max led all networks with 142 nominations, driven by hits like “The Penguin,” “The White Lotus,” “The Last of Us” and “Hacks.”https://t.co/bNH4LioDUm pic.twitter.com/jLPwxU4ZF6
ދެން އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ އެޗްބީއޯ އިން ގެނެސްދިން ޑާކް ޑީސީ ކޮމިކްސް ސީރީޒް "ދަ ޕެންގުއިން" އަށެވެ. އެންމެ މޮޅު ލިމިޑެޓް ސީރީޒްގެ ނޮމިނޭޝަނާއެކު ޖުމްލަ 24 ނޮމިނޭޝަނެއް އެ ސީރީޒަށް ލިބިފައިވެ އެވެ.
"ސިވިއަރެންސް" އާއި "ދަ ޕެންގުއިން"އަށް ފަހު އެންމެ ގިނަ ނޮމިނޭޝަންތައް ލިބުނީ އެޗްބީއޯގެ "ދަ ވައިޓް ލޮޓަސް" އާއި އެޕަލް ޓީވީ ޕްލަސްގެ "ދަ ސްޓޫޑިއޯ"އަށެވެ. އެ ދެ ސީރީޒަށް ވެސް 23 ނޮމިނޭޝަނެއް ލިބިފައިވެ އެވެ.
މިފަހަރު އެންމެ ވާދަވެރި ސްޓޫޑިއޯސްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ 142 ނޮމިނޭޝަނާއެކު އެޗްބީއޯގެ ސީރީޒްތަކެވެ. ޑިޒްނީއަށް 137 ނޮމިނޭޝަން އާއި ނެޓްފްލިކްސްއަށް 120 ނޮމިނޭޝަން އަދި އެޕަލްއަށް 81 ނޮމިނޭޝަން ލިބިފައިވެ އެވެ.
އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑަށް މިފަހަރު ނޮމިނޭޓުވީ "ސިވިއަރެންސް" އާއި "ދަ ޕިޓް" އާއި "އެންޑޯ" އާއި "ދަ ވައިޓް ލޮޓަސް" އަދި "ދަ ލާސްޓް އޮފް އަސް" އެވެ.
އެމީއަކީ އެމެރިކާގެ ޓީވީ އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.
މި އަހަރުގެ އެމީ އެވޯޑްސް ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
އެމީގައި "ޝޯގަން" އަށް ތާރީހީ ކާމިޔާބީއެއް
އެމީގެ ކުރިން "ޝޯގަން"އަށް ރެކޯޑް އަދަދެއްގެ އެވޯޑް
އެމީ ނޮމިނޭޝަންތަކުގެ ކުރީގެ ޖަޕާނުގެ ސީރީޒެއް
ގޯލްޑެން ގްލޯބްސްގައި ވިދާލީ "އެމިލިއާ ޕެރޭޒް"
ގޯލްޑެން ގްލޯބްސްގެ ކުރީގައި "އެމިލިއާ ޕެރޭޒް"
އެމީ އެވޯޑްސް: "ތުރޯންސް" އަށް 32 ނޮމިނޭޝަން
"ވެމްޕަޔާ ޑައިރީސް" ދޫކޮށްލީ މުސާރަ ކުޑަވުމުން: ނީނާ
"ދަ ވައިޓް ލޮޓަސް"ގެ އާ ސީޒަން ފްރާންސްގައި
"ހެރި ޕޮޓާ" ސީރީޒް 10 އަހަރަށް ދިގުދެމިގެންދާނެ
ސްޓީވެން ކޮލްބެއާގެ "ދަ ލޭޓް ޝޯ" ހުއްޓާލަނީ