Roadha Mihaaru
އެމީގައި "ޝޯގަން" އަށް ތާރީހީ ކާމިޔާބީއެއް

އެމީގައި "ޝޯގަން" އަށް ތާރީހީ ކާމިޔާބީއެއް

16 ސެޕްޓެމްބަރ 2024

މިއަދު ބޭއްވި މި އަހަރުގެ އެމީ އެވޯޑްސްގައި އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑް ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަނަލް ސީރީޒް "ޝޯގަން" ކާމިޔާބުކޮށްފި އެވެ.

މިއަދު ބޭއްވި މި އަހަރުގެ އެމީ އެވޯޑްސްގައި އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑް ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަނަލް ސީރީޒް "ޝޯގަން" ކާމިޔާބުކޮށްފި އެވެ.

މިފަހަރުގެ އެމީ އެވޯޑްގައި އެ ސީރީޒަށް ވަނީ 18 އެވޯޑް ލިބިފަ އެވެ. މިއީ އެމީގެ ދިގު ތާރީހުގައި ވެސް އެއް އަހަރުން މިހާ ގިނަ އެވޯޑް ހޯދި ފުރަތަމަ ސީރީޒެވެ.

އެމީ އެވޯޑްސް 2024: އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި "ޝޯގަން"ގެ ލީޑު އެކްޓަރު ހިރޮޔޫކީ ސަނާޑާ އާއި "ޝޯގަން"ގެ ލީޑު އެކްޓްރެސް އަނާ ސަވާއީ، އެ ތަރިންނަށް ލިބުނު އެވޯޑާއެކު.-- ފޮޓޯ: ވެރައިޓީ

އެމީ އެވޯޑްސް 2024: އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހޯދި "ޝޯގަން"ގެ ލީޑު އެކްޓަރު ހިރޮޔޫކީ ސަނާޑާ އާއި "ޝޯގަން"ގެ ލީޑު އެކްޓްރެސް އަނާ ސަވާއީ، އެ ތަރިންނަށް ލިބުނު އެވޯޑާއެކު.-- ފޮޓޯ: ވެރައިޓީ

އެންމެ މޮޅު ޑްރާމާ ސީރީޒްގެ އެވޯޑްގެ އިތުރުން "ޝޯގަން" އަށް ލިބުނީ އެންމެ މޮޅު ލީޑް އެކްޓަރު، ލީޑް އެކްޓްރެސް، ޑައިރެކްޓަރު، ގެސްޓް އެކްޓަރު، ކާސްޓިން، ޕްރޮޑަކްޝަން ޑިޒައިން، ސައުންޑް އެޑިޓިން، ސިނެމަޓޯގްރެފީ، ސައުންޑް މިކްސިން، ސްޕެޝަލް ވިޒުއަލް އިފެކްޓްސް، ޕިކްޗާ އެޑިޓިން، ސްޓަންޓް ޕާފޯމަންސް، ޕީރިއަޑް އޯ ފެންޓަސީ/ސައިފައި މޭކަޕް، ޕީރިއަޑް ކޮސްޓިއުމްސް އަދި ޕްރޮސްތެޓިކް މޭކަޕްގެ އެވޯޑެވެ.

އެމެރިކާގައި އުއްދާފައިވާ ސަމުރާއީ އެޕިކް ސީރީޒް "ޝޯގަން"އަށް މި އަހަރު ވަނީ 25 އެމީ ނޮމިނޭޝަނެއް ލިބިފަ އެވެ. އެ ސީރީޒްގައި ދައްކަނީ 16 ވަނަ ގަރުނުގައި ޖަޕާނުގެ ނުފޫޒުގަދަ އާއިލާތަކުގެ މެދުގައި ރަސްކަމުގެ ދަހިވެތިކަމުގައި ހިނގާ ހަމަނުޖެހުންތަކެވެ. އެއީ އެ ގައުމުގައި ޝޯގަން (ސެންޓްރަލް ރޫލާ) ނުވަތަ ރަސްކަލެއް ނެތް ޒަމާނެކެވެ.

އެ ސީރީޒްއާ އެންމެ ގާތުން ވާދަކުރި އެމެރިކާގެ ކޮމެޑީ-ޑްރާމާ ސީރީޒް "ދަ ބެއާ"އަށް ވަނީ ޖުމްލަ 11 އެވޯޑެއް ލިބިފަ އެވެ

މިފަހަރު ކޮމެޑީ-ޑްރާމާ ސީރީޒްގެ ކެޓަގަރީން އެންމެ މޮޅު ސީރީޒަކަށް ހޮވުނީ އެމެރިކާގެ ސީރީޒެއް ކަމަށްވާ "ހެކްސް" އެވެ. އެ ސީރީޒަށް ވަނީ ޖުމްލަ ހަތަރު އެވޯޑް ލިބިފަ އެވެ.

އެމީ އަކީ އެމެރިކާގެ ޓީވީ އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.