Roadha Mihaaru
އެމީގެ ކުރިން "ޝޯގަން"އަށް ރެކޯޑް އަދަދެއްގެ އެވޯޑް

އެމީގެ އެވޯޑްސް ރަސްމީ ހަފުލާގެ ކުރިން "ޝޯގަން"އަށް ރެކޯޑް އަދަދެއްގެ އެވޯޑް ލިބިއްޖެ

11 ސެޕްޓެމްބަރ 2024

އެމީ އެވޯޑްސްގެ ރަސްމީ ހަފުލާގެ ކުރިން ބޭއްވި ކްރިއެޓީވް އާޓްސް އެމީ އެވޯޑްސްގައި ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަނަލް ސީރީޒް "ޝޯގަން"އަށް ރިކޯޑް އަދަދެއްގެ އެވޯޑް ލިބިއްޖެ އެވެ.

އެމީ އެވޯޑްސްގެ ރަސްމީ ހަފުލާގެ ކުރިން ބޭއްވި ކްރިއެޓީވް އާޓްސް އެމީ އެވޯޑްސްގައި ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަނަލް ސީރީޒް "ޝޯގަން"އަށް ރިކޯޑް އަދަދެއްގެ އެވޯޑް ލިބިއްޖެ އެވެ.

ކްރިއެޓީވް އާޓްސް އެމީ އެވޯޑްސްގައި "ޝޯގަން"އަށް ވަނީ 14 އެވޯޑެއް ލިބިފަ އެވެ. މިއީ ދުވަހަކު ވެސް އެއްވެސް ސީރީޒަކަށް ނުލިބޭ އަދަދެއްގެ އެވޯޑެވެ. އެ ސީރީޒްއާ އެންމެ ގާތުން ވާދަކުރި އެމެރިކާގެ ކޮމެޑީ-ޑްރާމާ ސީރީޒް "ދަ ބެއާ"އަށް ލިބުނީ ހަތް އެވޯޑެވެ.

މީގެ ކުރިން މި ރެކޯޑް ދެމެހެއްޓީ 2008 ވަނަ އަހަރު ގެނެސްދިން އެމެރިކާގެ ލިމިޓެޑް ސީރީޒެއް ކަމަށްވާ "ޖޯން އެޑަމްސް" އެވެ. އެ ސީރީޒަށް ވަނީ 13 އެވޯޑް ލިބިފަ އެވެ.

ކްރިއެޓިވް އާޓްސް އެމީ އެވޯޑްސްގައި އެވޯޑު ލިބުނު "ޝޯގަން"ގެ ޓީމުގެ ބައެއް މެމްބަރުން.-- ފޮޓޯ: އޭއެފްޕީ

ކްރިއެޓިވް އާޓްސް އެމީ އެވޯޑްސްގައި އެވޯޑު ލިބުނު "ޝޯގަން"ގެ ޓީމުގެ ބައެއް މެމްބަރުން.-- ފޮޓޯ: އޭއެފްޕީ

ރިޕޯޓްތައް ބުނި ގޮތުގައި، އަންނަ ހޯމަ ދުވަހު ބާއްވާ އެމީ އެވޯޑްސްގެ ރަސްމީ ހަފުލާގައި ވެސް "ޝޯގަން" އިން ގިނަ އެވޯޑުތަކެއް ކާމިޔާބުކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގައި އުއްދާފައިވާ ސަމުރާއީ އެޕިކް ސީރީޒް "ޝޯގަން"އަށް މި އަހަރު ވަނީ ޖުމްލަ 25 އެމީ ނޮމިނޭޝަނެއް ލިބިފަ އެވެ. އެ ސީރީޒްގައި ދައްކަނީ 16 ވަނަ ގަރުނުގައި ޖަޕާނުގެ ނުފޫޒުގަދަ އާއިލާތަކުގެ މެދުގައި ރަސްކަމުގެ ދަހިވެތިކަމުގައި ހިނގާ ހަމަނުޖެހުންތަކެވެ. އެއީ އެ ގައުމުގައި ޝޯގަން (ސެންޓްރަލް ރޫލާ) ނުވަތަ ރަސްކަލެއް ނެތް ޒަމާނެކެވެ.

މިފަހަރު ދެވަނައަށް އެންމެ ގިނަ އެމީ ނޮމިނޭޝަން ލިބުނީ "ދަ ބެއާ" އަށެވެ. އެ ސީރީޒަށް ވަނީ 23 ނޮމިނޭޝަން ލިބިފަ އެވެ.

އެމީ އަކީ އެމެރިކާގެ ޓީވީ އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.