Roadha Mihaaru
އެމީ ނޮމިނޭޝަންތަކުގެ ކުރީގެ ޖަޕާނުގެ ސީރީޒެއް

މި އަހަރުގެ އެމީ ނޮމިނޭޝަންތަކުގެ ކުރީގެ ޖަޕާނުގެ ތާރީހާ ގުޅޭ ހިޔާލީ ސީރީޒެއް

19 ޖުލައި 2024

މި އަހަރުގެ އެމީ އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަން ނުވަތަ ހިޔާލީ ސީރީޒެއް ކަމަށްވާ "ޝޯގަން" އަށް ލިބިއްޖެ އެވެ.

މި އަހަރުގެ އެމީ އެވޯޑްސްގެ އެންމެ ގިނަ ނޮމިނޭޝަންތައް ޖަޕާނުގެ ތާރީހާ ގުޅޭ ފިކްޝަން ނުވަތަ ހިޔާލީ ސީރީޒެއް ކަމަށްވާ "ޝޯގަން" އަށް ލިބިއްޖެ އެވެ.

އެމީގެ ނޮމިނޭޝަންތައް އިއުލާންކުރީ އިއްޔެ އެވެ.

އެމެރިކާގައި އުއްދާފައިވާ ސަމުރާއީ އެޕިކް ސީރީޒް "ޝޯގަން" އަށް ވަނީ ޖުމްލަ 25 ނޮމިނޭޝަނެއް ލިބިފަ އެވެ. އެ ސީރީޒްގައި ދައްކަނީ 16 ވަނަ ގަރުނުގައި ޖަޕާނުގެ ނުފޫޒުގަދަ އާއިލާތަކުގެ މެދުގައި ރަސްކަމުގެ ދަހިވެތިކަމުގައި ހިނގާ ހަމަނުޖެހުންތަކެވެ. އެއީ އެ ގައުމުގައި ޝޯގަން (ސެންޓްރަލް ރޫލާ) ނުވަތަ ރަސްކަލެއް ނެތް ޒަމާނެކެވެ.

ދެވަނައަށް އެންމެ ގިނަ ނޮމިނޭޝަން ލިބުނީ އެމެރިކާގެ ކޮމެޑީ-ޑްރާމާ ސީރީޒް "ދަ ބެއާ" އަށެވެ. އެ ސީރީޒަށް ވަނީ 23 ނޮމިނޭޝަން ލިބިފަ އެވެ.

ހުލޫގެ ކޮމެޑީ ސީރީޒް "އޮންލީ މާޑާސް އިން ދަ ބިލްޑިން" އަށް 21 ނޮމިނޭޝަން ލިބުނު އިރު، "ޓްރޫ ޑިޓެކްޓިކް" އަށް ވަނީ 19 ނޮމިނޭޝަން ލިބިފަ އެވެ. އަދި ނެޓްފްލިކްސް ކާމިޔާބު ސީރީޒް އަދި މިދިޔަ އަހަރު އެއްކޮށް ނިންމާލި އިނގިރޭސި ޝާހީ އާއިލާގެ ތާރީހަށް ގެނެސްދިން "ދަ ކްރައުން" އަށް ވަނީ 18 ނޮމިނޭޝަން ލިބިފަ އެވެ.

އެމީ އަކީ އެމެރިކާގެ ޓީވީ އިންޑަސްޓްރީގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި އަހަރުގެ އެވޯޑު ހަފުލާ ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހު 15 ގަ އެވެ.