ވިދިވިދިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށް ފަހު، މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަށް ރީބްރޭންޑްކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ އަހަރު 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާއެއް ރިޕޯޓުކޮށްފި އެވެ.
ވިދިވިދިގެން ހަތަރު އަހަރު ގެއްލުމުގައި ހިންގުމަށް ފަހު، މިހާރު ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން އަށް ރީބްރޭންޑްކޮށްފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން މިދިޔަ އަހަރު 27 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިދާއެއް ރިޕޯޓުކޮށްފި އެވެ.
މިއަދު ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި 27،490،370ރ. ފައިދާއެއް ރެކޯޑްކޮށްފައި ވާއިރު، މިއީ ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ކުންފުންޏަށް ފައިދާވި ފުރަތަމަ އަހަރެވެ.
އެމްއެމްޕީއާރުސީއަށް 2023 ވަނަ އަހަރު ވީ 17،997،662 ރުފިޔާގެ ގެއްލުން، އެއް އަހަރު ދުވަހުގެ ތެރޭގައި ފައިދާއަށް އަނބުރާލެވުނީ އެ ކުންފުނިން ބުނި ގޮތުގައި، ހިންގުމަށް ގެނައި ހަރުދަނާ ބަދަލުތަކުގެ ސަބަބުންނެވެ.
މިދިޔަ އަހަރުގެ ތެރޭގައި ކުންފުނީގެ މާލީ ހާލަތު ރަނގަޅުކުރުމަށް ގެނައި ވަރުގަދަ އިސްލާހުތަކުގެ ތެރޭގައި ރިކަރެންޓް އޮޕަރޭޝަނަލް ހަރަދުތައް 10 ޕަސެންޓު ދަށްކުރުން ފާހަގަކޮށްފައިވެ އެވެ.
އަދި ދުނިޔޭގެ ޕަބްލިކް ރިލޭޝަންސް ޕާޓްނަޝިޕްތަކުގެ ޕާފޯމަންސް ބޭސްޑް އޮޑިޓެއްގެ ސަބަބުން 21 އިދާރާއިން އެންމެ ހަ އިދާރާއަށް ދަށްކޮށް، އެމްއެމްޕީއާރުސީން ވަނީ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ 2024 ގެ އަހަރީ އާންމު ޖަލްސާ.-- ފޮޓޯ: އެމްއެމްޕީއާރުސީ
މީގެއިތުރުން، ކުރިން ޖުމްލަ މާކެޓިން ބަޖެޓުގެ 80 ޕަސެންޓާ ގާތްކުރާ އަދަދަކަށް ބޭނުންކުރި ބައިނަލްއަގްވާމީ ޓްރޭޑް ޝޯތަކާއި މައުރަޒުތަކުގައި ބައިވެރިވުމަށް ގެންގުޅުނު އުސޫލު އަލުން އެކުލަވާލާއި، އެ އަދަދު މިހާރު ހުރީ ވަނީ 34 ޕަސެންޓަށް ތިރިކޮށްފަ އެވެ. އަދި ބޮޑެތި އިވެންޓުތަކުން އެވްރެޖްކޮށް ދެ މިލިއަން ރުފިޔާ ވަނީ ސަލާމަތްކޮށްފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ، ޑެސްޓިނޭޝަން މާކެޓިންގެ ރޮނގުން މިހާރު އަންނަނީ 21 އަށް ވުރެ ގިނަ އެކްޓިވް ގްލޯބަލް ކެމްޕޭން ހިންގަމުން ކަމަށާއި، ބައިނަލްއަގްވާމީ ޓުއާ އޮޕަރޭޓަރުންނާއި އެއާލައިންތަކާ އެކު ކޯ އިންވެސްޓްމަންޓް މާކެޓިން ޕާޓްނަޝިޕްތަކެއް ވެސް ކޯޕަރޭޝަނުން ފަށާފައިވާއިރު، ޖުމްލަ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ކަމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ ޓޫރިޒަމްގެ މަތީ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް އެމްއެމްޕީއާރުސީ އުފެއްދީ މާޗު، 2010 ގަ އެވެ.
އެމްއެމްޕީއާރްސީގެ ނަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދީއްތަ ދުވަހު ވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށް ބަދަލުކުރައްވައިފަ އެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ގޯތި ވިއްކަނީ ކަޅުދިޔަފުއްޓަށް ނެގި ލޯނު ނުދެއްކިގެން
"ހިޔާނާތުގެ 14 މިލިއަން ބޭނުންކުރި މީހުން ހޯދިއްޖެ"
އަދީބުގެ އެއް މިލިއަންގެ ޖޫރިމަނާ ނުދައްކާތީ ކޯޓަށް
ޒިންމާތަކުން ދުރުކުރި ވެރިން އަދިވެސް އެ ގޮތުގައި!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
އާރްޑީސީގެ ކުރީގެ ޑީއެމްޑީ އަސްބާހު އެޗްޑީސީއަށް
އެމްއެމްޕީއާރްސީގެ ނަން ބަދަލުކޮށްފި
ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފްއަސް
ވިޒިޓް މޯލްޑިވްސްއަށް ދިވެހި އެމްބެސެޑަރުން ހޯދަނީ