މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ގެއްލުނު 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާ އެކު ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
11 އޯގަސްޓް 2025
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ތެރެއިން ގެއްލުނު 14 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހެއްކާ އެކު ހޯދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
އެމްޕީއެލަށް އެފްއެސްއެމުން ވިއްކި 28.3 މިލިއަން ރުފިޔާގެ ޑީސަލް ގެއްލިފައިވާ މައްސަލައިގައި މާލިއްޔަތު ކޮމިޓީގެ ދިރާސާއަށް ފަހު އެކުލަވާލި ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން 14.6 މިލިއަން ރުފިޔާ ބޭނުންކުރި މީހުން ހޯދިފައިވާ ކަމަށެވެ.
"އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް އަޅުގަނޑުމެންނަށް ވަނީ ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައި،" ނާޒިމް ވިދާޅުވި އެވެ.
ނަމަވެސް، މާލިއްޔަތު ކޮމިޓީގައި ވެސް އިންނަވާ ނާޒިމް އޭގެ ތަފްސީލެއް މިއަދު ހާމައެއް ނުކުރައްވަ އެވެ.
ނާޒިމް ވިދާޅުވީ މި ސަރުކާރަކީ ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ސަރުކާރެއް ކަމަށާއި މިހާތަނަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ފިޔަވަޅުތައް އަޅުއްވާފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ދަށު ކޯޓުން ސާބިތު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި ދައުވާއެކެވެ. އެ މައްސަލަ ވެސް ވަނީ ސުޕްރީމް ކޯޓާ ހަމައިން ސާބިތު ނުވާ ކަމަށް ނިންމައިފަ އެވެ. އިތުރު ދެ މައްސަލައެއް ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ގިނަ މައްސަލަތަކެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ކުށް ސާބިތުވި އެވެ. ނަމަވެސް، ފަހުން އަދަބު ލުއިކޮށް، މިދިޔަ ސަރުކާރުން އޭނާ ވަނީ މިނިވަންކޮށްފަ އެވެ.
ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ބެލެވޭ އަދީބު މިނިވަންކުރިއިރު، އެ ހިޔާނާތް ތަހުގީގު ކުރަން މިދިޔަ ސަރުކާރުގައި ރިޔާސީ ކޮމިޝަނެއް ހަދައި، ކަމާގުޅޭ އިދާރާތަކާ އެކު ތަހުގީގު ކުރިއަށް ގެންދިޔަ އެވެ. އެކަމަކު، އެ ކޮމިޝަނަށް ނެރެވުނު ނަތީޖާއެއް ނެތެވެ.
މި ހިޔާނާތުގައި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން އާއި އޭސީސީގެ އިންވެސްޓިގޭޓަރަކަށް އުޅުނު އަބްދުﷲ އާޒިމް އަދި މިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަންއާ ގުޅޭ ދައުވާތަކެއް އުފުލި އެވެ. އެ މައްސަލަތައް ސާބިތެއް ނުވެ އެވެ.
ހިޔާނާތު ލިސްޓަށް ފިޔަވަޅުއަޅަން އަންގަން ފާސްކޮށްފި
ލިސްޓުގައި 63 ޕަސެންޓަކީ ތަހުގީގު ނުފަށާ މައްސަލަތައް
ބޮޑު ހިޔާނަތުގައި ކުރި އާއި މިހާރުގެ 61 މެމްބަރުން
މިނިވަން މުއައްސަސާތަކަށް ނިސްބަތްވާ 11 މީހެއްގެ ނަން
ހިޔާނާތުގެ ލިސްޓް އިރުކޮޅަކުން އާންމުކުރާނެ
ސަބް ކޮމިޓީން ނިންމީ ހިޔާނާތުގެ ލިސްޓް އާންމުކުރަން
އެމްއެމްޕީއާރްސީ ހިޔާނާތުގެ މޭސްތިރިއަކީ ޔާމީން: ނާޒިމް
ޔާމީންގެ ޝަރީއަތް މާދަމާއިން ފެށިގެން ލައިވް
ހިޔާނާތުގެ ލިސްޓާއި ރަށްތަކުގެ މައްސަލަ ބަލާނީ އެކީގައި
މަހްލޫފްގެ މައްސަލަ: ވައިބަ މެސެޖްތަކަކާ މެދު ސުވާލު