ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންނަށް ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ހުޅުވާލައިފި އެވެ.
06 ޖުލައި 2025
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމާ އެކު ދިވެހި ފަންނުވެރިންގެ އުފެއްދުންތަކާއި ރާއްޖޭގެ ސަގާފަތާއި ތަރިކަ ދުނިޔެއަށް ޕްރޮމޯޓްކުރަން ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންނަށް ފުރުސަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން މިއަދު ހުޅުވާލައިފި އެވެ.
އެމްއެމްޕީއާރުސީން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާ އިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.
އޭގެ މަގުސަދަކީ އެކި ދާއިރާތަކުން ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި ތަފާތު ފަންނީ އުފެއްދުންތައް ކުރިއަރުވަން ޝައުގުވެރިވާ މީހުންނާ އެކު މަސައްކަތްކޮށް، ދިވެހި ސަގާފަތާއި ތަރިކަ އާއި އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމެވެ.
އެމްއެމްޕީއާރުސީން ބުނީ އެ ޕްރޮގްރާމްގައި ބައިވެރިވާ މީހުންނަށް ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރުންގެ ހައިސިއްޔަތުން ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން މަސައްކަތްކުރުމުގެ ފުރުސަތު ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ލިބިގެންދާނެ ކަމަށެވެ.
އުފެއްދުންތެރި އަދި ގައުމުގެ އަމިއްލަވަންތަކަމާއި ސަގާފަތާއި ގުދުރަތީ ރީތިކަން ތަމްސީލުކުރަން ޝައުގުވެރިވާ ހުރިހާ ދިވެހި ފަންނާނުން އެ ޕްރޮގްރާމްގައި ބައިވެރިވާން އެމްއެމްޕީއާރުސީން ވަނީ ހުޅުވާލައިފަ އެވެ.
އެމްއެމްޕީއާރުސީން ވަނީ އޭގައި ބައިވެރިވާން ބޭނުންވާ މީހުންގެ ވަނަވަރާއި ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް proposals@visitmaldives.com މެއިލް ކުރަން އެދިފަ އެވެ.
ޓޫރިޒަމްގެ ނަންބަރު މަތި، އަދިވެސް މަތިކޮށްލަންޖެހޭ!
ޓޫރިޒަމް ދާއިރާ އަށް ހާއްސަ ޑޭޓާ ޕްލެޓްފޯމެއް
އެމްއެމްޕީއާރްސީގެ ނަން ބަދަލުކޮށްފި
ވިޒިޓް މޯލްޑިވްސްގެ ދިވެހި އެމްބެސެޑަރަކަށް ޓޫއޮފްއަސް
ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރަކަށް ކެޓްރީނާ ކައިފް
ފަރާއާ އެކު އޭނާގެ ކައްކާ ވެސް ރާއްޖޭގައި
އީދު ކުޅިވަރު ބަލައިލަން ފަރާ ޚާން ރާއްޖެ އަތުވެއްޖެ
"ބުރުނުބޮމަ"ގެ ކާމިޔާބީ: ސްޕޯޓްސްފިޝިން ކުރިއަށް
އަމްބާނީގެ މުމްބާއީ އިންޑިއަންސްގެ ޕާޓްރަނަކަށް ވިޒިޓް މޯލްޑިވްސް
ލިވަޕޫލްގެ ރަސްމީ ޓޫރިޒަމްގެ މަންޒިލަކަށް ރާއްޖެ