Roadha Mihaaru

ނަޑެއްލާ ބަނދަރު ހެދުމުގެ މަޝްރޫއު ކުންފުންޏަކާ ހަވާލުކޮށްފި

ގދ. ނަޑެއްލާގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

ނަޑެއްލާ ބަނދަރު ހަދަން ކުންފުންޏަކާ ހަވާލުކޮށްފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

13 ޖުލައި 2025

ގދ. ނަޑެއްލާގައި އަލަށް ހަދާ ބަނދަރުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކުރީ ހެވީ ފޯސް ކިޔާ ކުންފުންޏަކާ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި ހެވީ ފޯސްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

ޖުމްލަ 450 ދުވަހުން ނިންމާ ގޮތަށް ހަވާލުކުރި މަޝްރޫއުގެ އަގަކީ 78.6 މިލިއަން ރުފިޔާ އެވެ.

ނަޑެއްލާ ބަނދަރު ހަދަން ހެވީ ފޯސް އާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބާއި ހެވީ ފޯސްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރު ސޮއި ކުރައްވަނީ.-- ފޮޓޯ: ޕްލޭނިންގް މިނިސްޓްރީ

އެ މަޝްރޫއުގެ ދަށުން ބަނދަރު ހެދުމަށް ފަޅު ކޮނުމާއި އާ ނެރެއް ހެދުމާއި މިހާރުގެ ނެރު ކޮނުމާއި ރިވެޓްމަންޓް ޖެހުމާއި ނެރުފައިކަށި ޖެހުމާއި ބޭރު ތޮށި ލުމުގެ އިތުރުން ގްރޮއިން ޖެހުމާއި އެއްގަމު ތޮށިލުމުގެ އިތުރުން ސްކަވަރިންގެ އޭޕްރަންއެއް ވެސް ހަދާނެ އެވެ. އަދި 11 މީޓަރުގެ ރޭމްޕެއް ހެދުމާއި ނެރުބައްތި އާއި ބަނދަރު ބައްތި ޖެހުމުގެ އިތުރުން 2،660 އަކަމީޓަރުގެ ދިގު ޕޭވްމަންޓެއް ވެސް ބަނދަރުގައި ހަދާނެ އެވެ.