ވޭޕާއި ސިނގިރޭޓު ވިއްކާކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހަކު ދޫކޮށްލައިފި އެވެ.
13 ޖުލައި 2025
ވޭޕާއި ސިނގިރޭޓު ވިއްކާކަމުގެ ތުހުމަތުގައި ގދ. ތިނަދޫއިން ހައްޔަރުކުރި ފުލުހަކު ދޫކޮށްލައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ރަށުގައި މަސައްކަތްކުރާ ސްޕެޝަލް ކޮންސްޓެބްލަރީ ފުލުހަކު ގާނޫނާއި ގަވައިދާ ހިލާފަށް ދުންފަތުގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅޭ ގެ އާއި ސައިކަލް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަލައި ފާސްކޮށް، އޭނާ ހައްޔަރުކުރި ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން އެ ތަންތަން ބެލިއިރު ގިނަ އަދަދެއްގެ ދުންފަތާއި ނެނޯ ސްޓިކާއި ވޭޕާއި ވޭޕް ކާޓްރިޖް އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 191.92 ގްރާމްގެ ތަކެތި ވަނީ ފެނިފަ އެވެ.
ނަމަވެސް އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރު ސައްހަ ނޫން ކަނޑައެޅުމަށްފަހު ބަންދުން ވަނީ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޮފިޝަލް ވިދާޅުވީ ބަންދު އަމުރު އިސްތިއުނާފް ކުރުމަށް ޕީޖީ އޮފީހާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ ވަޒީފާއިން އެ މީހާ ސަސްޕެންޑުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކުރީ މިދިޔަ މަހު ފުލުހުންގެ ވަޒީފާއާ ގުޅުނު ފިރިހެނެކެވެ.
ދުންފަތް ކޮންޓްރޯލްކުރުމުގެ ގާނޫނުގެ ދަށުން ރާއްޖެއަށް ވޭޕް އެތެރެކުރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އަދި އެ ތަކެތި ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. އެހެންވެ، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާނަމަ ޖޫރިމަނާ ކުރެވެ އެވެ.
މީގެ އިތުރުން އެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ލައިސެންސެއް ނަގައިގެންނެވެ.
ހައްޔަރުކުރި ފުލުސް ބުނަނީ މަގާމުގެ ހުވާނުކުރާކަމަށް
ހިޔާ ފްލެޓަކުން 242 ވޭޕް ފްލޭވާ ފުޅި ފެނިއްޖެ
ލޯންޗެއް ކޮންޓްރޯލްނުވެ ޖެޓީގައި ޖެހި، ބަޔަކަށް އަނިޔާ
މަގުމައްޗަށް ދޫކޮށްލި ކޮތަޅުތަކެއްގައި ވަގު ސިނގިރެޓް
ސިނގިރޭޓްބޭރުކުރުން:އޮފިސަރުންނަށް ތުހުމަތުކުރާތީ ބަލަނީ
ވަގަށް ނެރެން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފި
ރާއްޖޭގައި ސިނގިރޭޓް އުފެއްދި ކުންފުނީގެ ހުއްދަ ބާތިލް
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހަކު ޖޫރިމަނާ