ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީ އިން ސިނގިރޭޓްތަކެއް ބޭރުކުރި މައްސަލަތަކުގައި ފުލުހުންގެ ބައެއް އިސްވެރިންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހަގީގަތް ބަލަން ފަށައިފި އެވެ.
08 އެޕްރީލް 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިއުޓީ ފްރީ އިން ސިނގިރޭޓްތަކެއް ބޭރުކުރި މައްސަލަތަކުގައި ފުލުހުންގެ ބައެއް އިސްވެރިންތަކެއް ހިމެނޭ ކަމަށް ތުހުމަތުކުރާ މައްސަލައިގެ ހަގީގަތް ބަލަން ފަށައިފި އެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާންއާ "މިހާރު" އިން ސުވާލު ކުރުމުން ވިދާޅުވީ، ފުލުހުންގެ އިސް އޮފިސަރުންތަކަކަށް އެފަދަ ތުހުމަތުތަކެއް ކުރަމުންދާތީ އެ ކަން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، މިހާތަނަށް ވަކި ކަމެއް ފާހަގަނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފުލުހުންގެ ބައެއް އިސްވެރިންގެ ބައިވެރިވުން ވަގަށް ސިނގިރޭޓް ބޭރުކުރުމުގައި އޮތް ކަމަށް ކުރާ ތުހުމަތުތަކާ އެކު، އެކައުންޓުތަކުގައި ގިނަ އަދަދަކަށް ފައިސާ ދައުރު ކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އޭގެ ހަގީގަތް ވެސް ބަލާ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއްގައި މިދިޔަ މަހުގެ 25 ގައި ހައްޔަރުކުރި ދެ މީހުންގެ ތެރޭގައި އެކަކީ އިންޓެލް ފުލުހުކެވެ. އެއީ ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު އެވެ. އެހެންވެ، އޭނާ ވަނީ މުސާރަ ނުހިނގާ ގޮތަށް ފުލުހުންގެ ވަޒީފާ އިން ސަސްޕެންޑުކޮށްފަ އެވެ.
އެ މައްސަލާގައި ދެން ހައްޔަރުކުރީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލެވެ. އެއީ އެއާޕޯޓުގައި މަސައްކަތްކުރާ މީހެކެވެ.
އެ މައްސަލާގައި އެ މީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ދޫކޮށްލީ އެވެ.
ވަގަށް ނެރެން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފި
ރާއްޖޭގައި ސިނގިރޭޓް އުފެއްދި ކުންފުނީގެ ހުއްދަ ބާތިލް
ރައީސްގެޕޯލް:ގިނަ މީހުން ބުރަވީ 2000 ވަނަ އަަހަރަށް
އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފި
ދުންފަތާ ދެކޮޅަށް "ޖެނެރޭޝަން ބޭން" އެއް ގެންނަނީ
ސިނގިރޭޓު ފޮށި ބޭރުކުރަން އުޅުނު 2މީހުން ދޫކޮށްލައިފި
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި
130އަށް ވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފި