ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ނެރުނު ޑަސްބިން ކޮތަޅުތަކަކުން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
25 މާޗް 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ނެރުނު ޑަސްބިން ކޮތަޅުތަކަކުން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ބަލަން ފަށައިފި އެވެ.
ކަސްޓަމްސް އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެކަމަކު ފެނުނީ ކިހާ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ކަމާއި އެ މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސް އިން ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި މިތަކެތި އެއާޕޯޓުން ބޭރުކުރަން އުޅުނީ ފުލުހެކެވެ. އެ މައްސަލާގައި ފުލުހުން އެދިފައި ވަނީ ކަސްޓަމްސް މެދުވެރިކޮށް މައުލޫމާތު ހޯދާށެވެ.
މީގެ ކުރިން ވެސް ކަސްޓަމްސް އިން ވަނީ ރާއްޖެ އަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތައް އަތުލައިގެންފަ އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާޗަރ ޓަރމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ބޭގްތަކެއް ކަސްޓަމްސް އިން ޗެކް ކުރި އިރު، ސިނގިރެޓް ކާޓަން ތަކެއް ފެނުނު މައްސަލައެއް މި އޮފީހުން މި ދަނީ ތަހުޤީޤުކުރަމުންނެވެ.
— Maldives Customs Service (@CustomsMv) March 25, 2025
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
ސިނގިރޭޓްބޭރުކުރުން:އޮފިސަރުންނަށް ތުހުމަތުކުރާތީ ބަލަނީ
އެއާޕޯޓުން ވަގަށް ސިނގިރޭޓް ބޭރުކުރަން އުޅުނު ސިފައިންގެ މީހަކު ވެސް ހައްޔަރުކޮށްފި
ސިނގިރޭޓު ފޮށި ބޭރުކުރަން އުޅުނު 2މީހުން ދޫކޮށްލައިފި
ރާއްޖޭގައި ސިނގިރޭޓް އުފެއްދި ކުންފުނީގެ ހުއްދަ ބާތިލް
ރައީސްގެޕޯލް:ގިނަ މީހުން ބުރަވީ 2000 ވަނަ އަަހަރަށް
ދުންފަތާ ދެކޮޅަށް "ޖެނެރޭޝަން ބޭން" އެއް ގެންނަނީ
ވޭޕްޝިޕްމަންޓެއް އަނެއްކާވެސް އަތުލައިގެންފި
ވޭޕްގެ ވިޔަފާރިކުރާ ތަނެއް ފާސްކޮށް ބިދޭސީއަކު ހައްޔަރު
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
ގަވައިދުތައް ނުހިނގާ ޝީޝާ ކެފޭތަކުން މާލެ ފުރިފައި