Roadha Mihaaru

ފަލަސްތީނުގެ ދައުލަތާ ގުޅޭ އދ.ގެ ބައްދަލުވުމުން މި މަހު ފަހު ހަފުތާގައި

އިޒްރޭލާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އުފައްދައި އިއުލާނުކުރުމުގެ މަސައްކަތް އަލުން ފަށައި އެކަމުގައި ހައްލެއް ހޯދުމުގެ މަގްސަދުގައި އދ.ގެ މައި މަރުކަޒުގައި ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 28-29 ގައި ކަމަށް ޑިޕްލޮމޭޓުން ބުނެފި އެވެ.

ފަލަސްތީނުގެ ދައުލަތާ ގުޅޭ ބައްދަލުވުން މި މަހު

އިޒްރޭލާއި ފަލަސްތީނަށް ވެސް މިނިވަން ދައުލަތެއް އުފައްދައި އިއުލާނުކުރުމުގެ މަސައްކަތް އަލުން ފަށައި އެކަމުގައި ހައްލެއް ހޯދުމުގެ މަގްސަދުގައި އދ.ގެ މައި މަރުކަޒުގައި ބާއްވާ ބައްދަލުވުން އޮންނާނީ މި މަހުގެ 28-29 ގައި ކަމަށް ޑިޕްލޮމޭޓުން ބުނެފި އެވެ.

މިއީ ކުރިން މިދިޔަ މަހުގެ މެދުތެރެއަށް ތާވަލްކުރި ބައްދަލުވުމެކެވެ. އެކަމަކު އެ ބައްދަލުވުން ފަސްކުރަން ޖެހުނީ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ހެދި އެވެ.

އޭއެފްޕީއާ ވާހަކަ ދެއްކެވި ޑިޕްލޮމޭޓުން ވަނީ ބައްދަލުވުން އަލުން ތާވަލްކުރިކަން ކަށަވަރުކޮށްދެއްވައިފަ އެވެ. އެކަމަކު ބައްދަލުވުމުގެ އެޖެންޑާއަށް ބަދަލެއް އައި ކަމެއް އަދި ބައްދަލުވުމުގައި ބައިވެރިވަނީ ކޮން ބައެއް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

އދ.ގެ އާންމު މަޖިލީހުން ބާއްވާ މި ބައްދަލުވުން ކޯ-ޗެއާ ކުރަނީ ފްރާންސާއި ސައޫދީ އަރަބިއްޔާ އެވެ.

ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން ބުރާސްފަތި ދުވަހު ވަނީ އިނގިރޭސި ވިލާތަށް ވަޑައިގެން ފްރާންސާ އެކު އިނގިރޭސި ވިލާތުން ވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ މިނޫން ގޮތަކުން ސަރަހައްދުގައި ސުލްހަ ގާއިމުވާން ނެތް ކަމަށެވެ. -- އޭއެފްޕީ