ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހުގެ 26 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
07 ޖުލައި 2025
ހުޅުމާލޭގައި ހަދަމުން އަންނަ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް މި މަހުގެ 26 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު އިމާރާތް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.
ހުޅުމާލޭގައި ހަދާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތުގެ މަސައްކަތް އެޗްޑީސީގެ މުވައްޒަފުން ކުރަނީ.-- ފޮޓޯ: އެޗްޑީސީ
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ހެދީ، ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި ކުރިން ހިންގި ކޮވިޑް ހޮސްޕިޓަލުގެ އިމާރާތުގަ އެވެ. އެއީ ހަަތަރު ފުލޯގެ އިމާރާތެކެވެ. އެތަން އަލުން މަރާމާތުކޮށް ހުރިހާ މަސައްކަތެއް ކުރީ އެޗްޑީސީންނެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި، އެ އިމާރާތް ހުޅުވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް މި މަހު 26 ގަ އެވެ.
މި އިމާރާތް ހުޅުވުމާއެކު، މާލޭގައި ހިންގާ ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އިމާރާތް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އެސްޓީއޯގެ ކުރީގެ އިމާރާތް ވަރަށް ބޮޑަށް ބާވެ، އެތަނުގެ ބައިތައް ވެއްޓޭތީ، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ކޮވިޑް ހޮސްޕިޓަލަށް ބަދަލުކުރަން ވެސް ކުރިން އުޅުނެވެ. އަދި އެގޮތަށް ނިންމީ އެތަނުގައި ޖާގައިގެ ދަތިކަން ވެސް ވަރަށް ބޮޑުވުމުންނެވެ. އެކަމަކު، ފަހުން ސަރުކާރުން ނިންމީ ކޮވިޑް ހޮސްޕިޓަލް އެއްކޮށް މަރާމާތުކުރުމަށް ފަހު އެތަނަށް ކޯޓު ބަދަލުކުރުމަށެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގަ އެވެ.
ޝަރުއީ ދާއިރާގެ ސުޕީރިއާ ކޮމްޕްލެކްސްއެއް ހުޅުމާލޭގައި އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ހުޅުވައިފި
15 ކޯޓު ރޫމާ އެކު ބޮޑު ލުޔެއް ލިބޭނެ: ޑީޖޭއޭ
ކްރިމިނަލް ކޯޓު އިމާރާތުގެ މަސައްކަތް ބައްލަވާލައްވައިފި
ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލެއަށް
ކްރިމިނަލްކޯޓު ހުޅުމާލެއަށް ބަދަލު ކުރެވޭނެ އިރެއްނޭނގޭ
ކްރިމިނަލް ކޯޓަށް ދިން އިމާރާތް އެހެން ބަޔަކަށް ނުދޭ
އާރިފް ޑްރަގް ކޯޓަށް، ދެ ގާޒީއަކު ކްރިމިނަލް ކޯޓަށް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ހައިލަމް
ޖިނާއީ އަދުލުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަނީ
ހުޅުމާލެ ރަށު މާރުކޭޓުން 5 ގޮޅި ކުއްޔަށް ދޫކުރަނީ