01 ޖޫން 2024
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ ޑިވިޝަންގައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން، ހުޅުމާލޭގައި ހުންނަ ސިވިލް ކޯޓުގެ ޑިވިޝަންގައި ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް މާދަމާއިން ފެށިގެން ކުރިއަށް ގެންދަން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓް މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވެ ފެން ފޭބުމުގެ އިތުރުން އިމާރާތުގެ އެއް ބައި ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައިވާތީ މިދިޔަ އަހަރުން ފެށިގެން އެކަށީގެންވާ ގޮތެއްގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތަކެއް ކުރިއަކަށް ނުގެންދެވެ އެވެ.
ކްރިމިނަލް ކޯޓުން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޝަން މިހާރު ހިންގަމުންދާ އިމާރާތުގެ ޝަރީއަތް ކުރާ ތިން މާލަމެއްގައި ކްރިމިނަލް ކޯޓަށް ލިބިފައިވާ ކަމަށެވެ. އެހެންވެ، ހަ ސެކްޝަނެއްގެ ޝަރީއަތްތައް މާދަމާއިން ފެށިގެން އެތަނުގައި ބާއްވާނެ ކަމަށް އެ ކޯޓުން ބުންޏެވެ،
ކްރިމިނަލް ކޯޓުން ބުނިގޮތުގައި މި ބަދަލާއެކު މާލޭގައި ހުރި އެ ކޯޓުގެ ޝަރީއަތް ކުރާ ތިން މާލަމެއް ހުސް ވާނެ ކަމަށާއި އެހެންކަމުން ހުޅުމާލޭގައި ހުރި މާލަންތަކާއެކު ޖުމްލަ ހަ މާލަމެއް ޝަރީއަތް ކުރަން ލިބިފައިވާ ކަމަށް އެ ކޯޓުން ބުންޏެވެ.
"މި ހަ މާލަން 11 ގާޒީންގެ މެދުގައި އެކި ދުވަސްތަކަށް ބަހާލައިގެން ޝަރީއަތްތައް ކުރިޔަސް ގެންދިޔުމަށް ހަމަޖެޖިފައިވާ އިރު ދުވަސްވީ މައްސަލަތަކާއި ޝަރީއަތްތައް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތަކުގެ ޝަރީއަތްތައް ކުރިޔަށް ގެންދިޔުމަށް އިސްކަން ދޭން ނިންމާފައިވޭ." އެ ކޯޓުން ބުންޏެވެ.
މިދިޔަ ދޮޅު އަހަރު ތެރޭގައި ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް ކުރިޔަށް ގެންދިޔައީ އެންމެ މާލަމެއްގަ އެވެ. އެތަނުގައި ޝަރީއަތްތައް ހިންގީ ފަނޑިޔާރުން މެދުގައި ތާވަލެއް ހަދައިގެން އެކި ދުވަހު އެކި ފަނޑިޔާރުންނަށް އެ މާލަމް ބޭނުން ކުރެވޭ ގޮތަށެވެ.
އެ މުއްދަތުގައި 2934 މީހުންގެ ބަންދާމެދު ގޮތެއް ނިންމައި އަދި 2193 ތަފާތު އެކި ކޯޓު އަމުރުތައް ދޫކޮށްފައިވާ ކަމަށް ކޯޓުން ބުންޏެވެ. އަދި 520 މައްސަލައެއް ވެސް އެ މުއްދަތުގައި ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
ކްރިމިނަލް ކޯޓު ހުއްޓުމުން ޕީޖީގެ ކަންބޮޑުވުން
ކްރިމިނަލް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި
ކްރިމިނަލްކޯޓު ހުޅުމާލެއަށް ބަދަލު ކުރެވޭނެ އިރެއްނޭނގޭ
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް
"ފުލުހުން މައުލޫމާތުދެނީ ކޯޓާ ޗެލެންޖު ކުރާކަށް ނޫން"
މާލޭގައި ޖިނާއީ ޝަރީއަތް ހުއްޓިއްޖެ:އުއްތަމަ ފަނޑިޔާރު
"މަތީ ކޯޓުތަކަށް ތަބާނުވާ ފަނޑިޔާރުން ޒިންމާވާންޖެހޭ"
ޖިނާއީ ނޫން މައްސަލަތައް ނިންމި ވަރު މަދުވެއްޖެ
ހާރިސްގެ މަރުގެ ދައުވާ ސާބިތުނުވި މައްސަލަ ހައި ކޯޓަށް
ނިޒާމުތަކުގެ ހާލަތު ފެންނަނީ ސިޔާސީ ބޭފުޅަކާ ޖެހުމުން!