ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތުގެ މައްސަލަތަކާ ހެދި އެ ކޯޓުގެ ޝަރީއަތްތައް މަޑުޖެހި އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތަކަށް ވެސް ބުރޫ އަރާފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
03 ޖެނުއަރީ 2024
ކްރިމިނަލް ކޯޓު މިހާރު ހިންގާ އިމާރާތުގެ މައްސަލަތަކާ ހެދި އެ ކޯޓުގެ ޝަރީއަތްތައް މަޑުޖެހި އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތަކަށް ވެސް ބުރޫ އަރާފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.
މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ކްރިމިނަލް ކޯޓުގެ މުދަލާއި ތަކެތި ރައްކާތެރި ކުރުމަށްޓަކައި އެ ކޯޓުގެ ޝަރީއަތްތައް ވަނީ މަޑުޖައްސާލައިފަ އެވެ. އޭގެ ސަބަބުން، ކްރިިމިނަލް ކޯޓު މެދުވެރިކޮށް މެޖިސްޓްރޭޓް ކޯޓުތަކުން ހިންގަންޖެހޭ ޝަރީއަތްތައް ވެސް ކުރިއަށް ގެންދަން ވަނީ ހުރަސް އެޅިފަ އެވެ.
އޭގެ ކުރިން ވެސް ކްރިމިނަލް ކޯޓު ޖާގައިގެ ދަތިކަމުގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ގެންދަނީ މަދުންނެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިމާރާތުގެ މައްސަލައާ މެދު އިންތިހާއަށް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެކަން ހައްލުކުރަން ކުރެވެން ހުރި މަސައްކަތްތައް ކޮށްދޭން އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިމާރާތުގެ މައްސަލަ ހައްލުކޮށްދެވެން ކުރެވެން ހުރިހާ ކަމެއްކޮށް ދޭން ވަރަށް ބޮޑަށް އެދެން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ މަސައްކަތްތައް މަޑުޖެހުނަސް، މެޖިސްޓްރޭޓް ކޯޓުތަކުގެ ޝަރީއަތްތައް އެއްކޮށް ހުއްޓާލުން ރަނގަޅު ނޫން ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އެހީތެރިކަން ނެތި، ހިންގެން ހުރި މައްސަލަތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓު މިހާރު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވުމުގެ ސަބަބުން އެތަނުގެ ބައެއް ބައިތައް ބޭނުންކުރުން މިދިޔަ އަހަރުން ފެށިގެން އޮތީ ހުއްޓާލައިފަ އެވެ. އަދި އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހުޅުމާލެއަށް ބަދަލު ކުރުމުގެ މަސައްކަތް ފެށިޔަސް، އެ މަސައްކަތް އަދިވެސް ނުނިމެ އެވެ.
ކްރިމިނަލް ކޯޓުގެ ބައެއް ޝަރީއަތްތައް ހުޅުމާލެއަށް
ކްރިމިނަލް ކޯޓު ރިސެސްއަށް ނުދާން ނިންމައިފި
"ކަންބޮޑުވުމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުން"
ޝަމީމަށް ހަމަލާދިން މައްސަލައިގެ ޝަރީއަތް ފަށައިފި
"ހައްދު ޖަހަނީ ކޯޓުން ނޫން ކަމަށް ބުނެވުނީ އޮޅިގެން"
ކޯޓުތަކުގެ އިމާރާތުގެ ކުރެހުން ނިމުނަސް ފައިސާއެއް ނެތް
ވާނުވާއެއް ނެތް، މައްސަލައަކީ ކޯޓުގައި ލަސްވުން: ޕީޖީ
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ޕީޖީ ހާޒިރުކުރަނީ
"ފުލުހުން މައުލޫމާތުދެނީ ކޯޓާ ޗެލެންޖު ކުރާކަށް ނޫން"
ގެވެށިއަނިޔާ މައްސަލަ އަވަހަށް ނިންމަން މެސެޖް ފޮނުވަނީ