Roadha Mihaaru
ގެވެށިއަނިޔާ މައްސަލަ އަވަހަށް ނިންމަން މެސެޖް ފޮނުވަނީ

ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަން ޕީޖީން ކޯޓުތަކަށް އޮޓޯ މެސެޖް ފޮނުވަނީ

03 ފެބުރުއަރީ 2024

ގެވެށި އަނިޔާގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަށް އޮޓޮމެޓިކުން މެސެޖް ކުރެވޭ ގޮތަށް ގޮތް ހަމަޖައްސައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގެވެށި އަނިޔާގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ނިންމުމަށް ބާރު އެޅުމުގެ ގޮތުން ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓުތަކަށް އޮޓޮމެޓިކުން މެސެޖް ކުރެވޭ ގޮތަށް ގޮތް ހަމަޖައްސައިފި އެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެ އޮފީހުން އިސްނަގައިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގެވެށި އަނިޔާގެ މައްސަލަ ހިނގަމުންދާ ގޮތާއި ޝެޑިއުލްކުރާ ދުވަސްތަކާއި އެ ދުވަސްތަކުގައި މައްސަލައަށްވީ ގޮތް ވެސް، އަނިޔާ ލިބުނު މީހާއަށް ޕީޖީ އޮފީސް ވެބްސައިޓުން ފެންނާނެ ކަމަށް ބުންޏެވެ.

އޭގެ ބޭނުމަކީ ޕީޖީ އޮފީހުން ބުނިގޮތުގައި ކުށުގެ ޝިކާރައަކަށްވީ މީހާއަށް ޖިނާއީ އަދުލުގެ ނިޒާމު ހިނގާގޮތާބެހޭ މައުލޫމާތު ދިނުމާއި އޭނާއަށް އިންސާފު ހޯދައިދިނުމުގައި ދައުލަތުން ކުރާ މަސައްކަތްތައް އަންގައި ދިނުމެވެ.

މީގެ އިތުރުން ގެވެށި އަނިޔާއާގުޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހުރި މުއްދަތުތަކާ އެއްގޮތަށް އަވަހަކަށް މައްސަލަ ތާވަލުކޮށް މެދުކެނޑުމެއް ނެތި އެ މައްސަލައިގެ ޝަރީއަތް ހިންގުމަށްޓަކައި އެ ބާވަތުގެ ކޮންމެ މައްސަލައެއްގައި، އެ މައްސަލައެއް ހުށަހަޅާ ކޯޓަށް އޮޓޮމެޓިކުން ސިޓީ ފޮނުވަން ފަށާފައި ވެ އެވެ.

"އެ މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއްކަމަށް ބެލެވޭ ކޮންމެ މައްސަލައެއްގައި އެ ސިޓީ މިހާރު ދާނީ ތައްޔާރުކުރެވި ކޯޓަށް ފޮނުވެމުންނެވެ. މައްސަލަ ލަސްވެގެން ނުވަތަ އެނޫން ވެސް ސަބަބަކާހުރެ ފަހުން މީހަކު ބެލިޔަސް، އެ މުއާމަލާތްތައް ފެންނަން ހުންނާނެ އެވެ. މީގެ ބޭނުމަކީ، ގެވެށި އަނިޔާގެ މައްސަލަތައް އަވަހަށް ނިންމަވައިދެއްވުމަށް ކޯޓުތަކަށް ބާރު އެޅުމެވެ." ޕީޖީ އޮފީހުން ބުންޏެވެ.