އިޒްރޭލުން އަނެއްކާވެސް ޔަމަންގެ ހޫތީންގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުން އަނެއްކާވެސް ޔަމަންގެ ހޫތީންގެ ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޔަމަންގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ހުދައިދާ އާއި ރަސް އީސާ އަދި ސާލިފް އަށް ހަމަލާދީފައިވާ ކަމަށެވެ. މިއީ ހޫތީންގެ އިންސްފްރާސްޓްރަކްޗާ އަށް ގެއްލުން ދިނުމުގެ ހަމަލާތަކެއް ކަމަށް ވެސް ބުންޏެވެ.
މިއީ އިޒްރޭލަށް ހޫތީން ތަކުރާރުކޮށް ދެމުންދާ ހަމަލާތަކުގެ ރައްދެއް ކަމަށް ބުނެފައި ވާއިރު މި ހަމަލާތަކަށް ފަހު ވެސް ހޫތީން ވަނީ އިޒްރޭލަށް އަމާޒުކޮށް ދެ މިސައިލެއް ފޮނުވާލައިފަ އެވެ.
މި ހަމަލާތައް ދިންކަން ހޫތީން ވެސް ކަށަވަރުކޮށްދީފައި ވާއިރު ހަމަލާތައް ދިނީ އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ސޯޝަލް މީޑިއާގައި ހޫތީންނަށް އިންޒާރު ދިންތާ ބައި ގަޑިއިރު ފަހުންނެވެ.
އިޒްރޭލުން ހަމަލާ ދިން ކަމަށް ބުނާ އަމާޒުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހޫތީން އަތުލައިގެންފައިވާ ކާގޯ ބޯޓެއް ކަމަށްވާ ގެލެކްސީ ލީޑާ ވެސް ހިމެނެ އެވެ. އެ އުޅަނދަކީ ރަތް ކަނޑުގެ އުޅަނދުފަހަރުގެ ހަރަކާތްތައް މޮނިޓާ ކުރެވޭނެ ރާޑަރު ސިސްޓަމެއް ގާއިމުކޮށްފައިވާ އުޅަނދެއް ކަމަށް ކަމަށާއި އެ ބޭނުންކުރަނީ ޓެރަރިޒަމްގެ ބޭނުމަށް ކަމަށް އިޒްރޭލުން ބުނެ އެވެ.
މީގެ ކުރިން ވެސް އެތައް ފަހަރަކު އިޒްރޭލުން ޔަމަނަށް ހަމަލާދީ ބޮޑެތި ގެއްލުންތައް ދީފައިވެ އެވެ.
އިޒްރޭލުން ހޫތީންގެ ބޮޑުވަޒީރު އަވަހާރަކޮށްލައިފި
އިޒްރޭލުން ޔަމަނުގެ ވެރިރަށަށް އަނެއްކާވެސް ހަމަލާދީފި
ހޫތީން ބޯޓަކަށް ހަމަލާދެނީ، ދެ މީހަކު މަރުވެއްޖެ
އިޒްރޭލުން އަނެއްކާވެސް ޔަމަން އެއާޕޯޓަށް ބޮން އަޅައިފި
ޔަމަން އެއާޕޯޓަށް 500 މިލިއަން ޑޮލަރުގެ ގެއްލުން
އިޒްރޭލުން ޔަމަންގެ އެއާޕޯޓް ހަލާކުކޮށްލައިފި
އިޒްރޭލު އެއާޕޯޓު ހަމަލާއަށްފަހު ޔަމަނަށް ބޮން އަޅައިފި
ހޫތީންގެ މިސައިލް ހަމަލާއެއް އިޒްރޭލުގެ މައި އެއާޕޯޓަށް
ހޫތީން ބޯޓުތަކަށް ދޭ ހަމަލާތައް އަލުން ފަށަނީ
ސުލްހައިގެ ވަގުތު ހަމަލާތައް މަދުކުރާނަން: ހޫތީން