މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެއްލެމުންދާ ކަމަށް، ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާއަކުން ބުނެފި އެވެ.
26 ޖޫން 2025
މާލޭގެ މަގުތަކުގައި އުޅޭ ބުޅާތައް ގެއްލެމުންދާ ކަމަށް، ބުޅަލުގެ ހާލަތު ބަލައި އެހީވާ ޖަމިއްޔާއަކުން ބުނެފި އެވެ.
ފީލައިން ވެލްފެއާގެ ފައުންޑަރު އަދި ރައީސް އަހުމަދު ވިޝަން، "މިހާރު" އަށް ބުނީ މާލޭގެ މަގުތަކުން ގިނަ އަދަދެއްގެ ބުޅާ ގެއްލެމުންދާ ކަމަށާއި އެކަމަކު މަގުތަކުގައި ބުޅާ މަރުވެފައި ނުވަތަ މަރާލާފައި ހުއްޓާ ވެސް ނުފެންނަ ކަމަށެވެ.
އޭނާ ބުނި ގޮތުގައި ބުޅަލަށް ބަޔަކު ގެއްލުން ދިނަސް ނުވަތަ ވިހައެއްދީފައި ހުއްޓަސް ނުވަތަ ބުޅާ ހޮޑުލާފައި ހުއްޓަސް އާންމުކޮށް ފެންނަން ހުންނާނެ އެވެ. އެކަމަކު މިފަހަރު ބުޅާތަކަށް ވާގޮތެއް ނޭނގި، ގެއްލެނީ ކަމަށް އޭނާ ބުންޏެވެ.
"ހަމަ ގެއްލެނީ. މަރުވެފައި، މަރާލާފައި ހުއްޓާ ވެސް ނުފެނޭ. އެކަހަލަ އެއްވެސް ސައިނެއް ނެތް،" އޭނާ ބުންޏެވެ.
ވިޝަން ބުނި ގޮތުގައި ބުޅާތައް މަދުވާން ފެށީ މިދިޔަ މާޗު މަހުގެ ފަހުކޮޅުން ފެށިގެންނެވެ.
މާލޭގައި އެންމެ ގިނައިން ބުޅާ އުޅޭ މެރީ ބްރައުން ސަރަހައްދުގައި، ރޯދަ މަސް ނިމުނުއިރު 80-90 ބޮޑެތި ބުޅާ އުޅުނު ކަމަށް އޭނާ ބުންޏެވެ. އެކަމަކު މިހާރު އެތަނުގައި އުޅެނީ 15-18 އެއްހާ ބުޅާ ކަމަށްވެ އެވެ. ބުޅާތައް މަދުވި ފަހުން، ކުރިން ނާންނަ ބުޅާތަކެއް އެތަނަށްދާ ކަމަށާއި ކާންދޭ ގަޑިއާ ދިމާކޮށް ތިރީހަކަށް ބުޅޭ ގޮސް އުޅޭ ކަމަށް ވެސް އޭނާ ބުންޏެވެ.
އިންސްޓްރިއަލް ސަރަހައްދުގައި އުޅެނީ، ވިޝަން ބުނި ގޮތުގައި 15 ވަރަކަށް ބުޅަލެވެ. އަދި ސަލްމާން މިސްކިތް ކައިރީ މިހާރު އުޅޭނީ ދެތިން ބުޅަލެވެ.
ބުޅާ މަދުވާ މައްސަލަ ފާހަގަވާތީ، ބުޅަލަށް ކާން ދޭން ދާ ކުދިންނާ ވެސް ސުވާލުކޮށްފައިވާ ކަމަށާއި އެ މީހުންނަށް ވެސް ބުޅާ މަދުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ބުޅަލެއް މަރުވެފައި އޮތްތޯ ބަލަން ބޭރު ތޮށިމަތިން ގާތަކުގެ ތެރެ ވެސް އެ ޖަމިއްޔާގެ މެންބަރުން ވަނީ ބަލައިފަ އެވެ. އެކަމަކު ވިޝަން ބުނި ގޮތުގައި އެތަނާއި އެ ސަރަހައްދުގެ މޫދުން ވެސް މަރުވެފައި އޮއްވައި ބުޅަލެއް ނުފެނެ އެވެ.
"ބައެއް މީހުން ބުނި ބަޖިޔާ ގާތައް ދިމާ ބެލިންހޭ އެތަނުން ވަސް ދުވައޭ. އެހެން ބުނީމާ ހުރިހާ ދިމާލެއް އެއްކޮށް، ހުރިހާ ދޭތެރެތައް ވެސް އެއްކޮށް ޗެކްކޮށްގެން ވެސް ފެނިފައެއް ނުވޭ."
އޭނާ ބުނި ގޮތުގައި ތިލަފުށީގެ ބައެއް ތަންތަން ވެސް ވަނީ ބަލައިފަ އެވެ.
މާލޭގެ އިތުރުން ހުޅުމާލެއިން ވެސް ބުޅާ މިހާރު މަދުވަމުންދާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ ބުޅާ ގެއްލޭ ސަބަބެއް ވެސް ބުނަން ނޭނގޭ ކަމަށެވެ. އެއީ ބުޅާ ނަޖިހުގެ މައްސަލާގައި ހައްލު ހޯދަން ސިޓީ ކައުންސިލުން މަސައްކަތް ފެށި ފަހުން ދިމާވާ ކަމަކަށް ނުވަތަ ބުޅާ ފެސިލިޓީގެ ހަރަދު ކުޑަކުރަން ކޮށްގެން އުޅޭ ކަމަކަށް ވެސް ވެދާނެ ކަމަށް ބައެއް މީހުން ބުނާ ކަމަށް ވިޝަން ބުންޏެވެ.
"ދެން އެކަމަކު އެއްވެސް ބަޔަކު އެއްވެސް ހެއްކެއް ނެތި އެ ވާހަކަ ދައްކާތީ އަޅުގަނޑުމެންގެ ސައިޑުން އެއްވެސް ބަޔަކަށް ތުހުމަތެއް ނުކުރާނަން."
އޭނާ ބުނީ ބުޅާ މަދުވާ މައްސަލާގައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާތާ ވެސް މިހާރު ތިން ހަފްތާ ވެއްޖެ ކަމަށާއި އެކަމަކު ރަސްމީކޮށް އެކަން އެއްވެސް އިދާރާއަކުން ބަލަމުންދާކަން އަދި އެނގިފައި ނެތް ކަމަށެވެ.
"ހާލުގައި ޖެހިފައިވާ" 15 ބުޅާ އޮޅުހިޔާއަށް
މާލޭގައި އުޅޭ ބުޅާތަކަށް ސްޕްރޭ ޖެހުމުން ކަންބޮޑުވުން
ސަލްމާން މިސްކިތް ކައިރީގައި އުޅޭ ބުޅާތަކަށް ގެތަކެއް
ކައުންސިލްގެ ވިސްނުމަކީ 1،000 ބުޅާ ނިއުޓާ ކުރުން
ބުޅާ ޝެލްޓާ އާއި ވެޓް ކްލިނިކް ވިލިމާލޭގައި ހަދަނީ
އަޅާލާނެ ބަޔަކުނެތި ބުޅާ ގިނަވަނީ!
ބުޅާ މަރާ މައްސަލަ ފުލުހުން ބަލަން ފަށައިފި
މާލޭގައި ގްރޫޕަކުން އަނިޔާވެރިކޮށް ބުޅާ މަރަނީ!
"މިދިޔަ އަހަރު ވެސް 17މެގަވޮޓު ކަރަންޓު އިތުރުކުރި"
މުހިންމު މަސައްކަތަކަށް މާދަމާ ކަރަންޓު ކަނޑަނީ