މަޔާމީ (ޖޫން 24) - ބްރެޒިލްގެ ޕަލްމެއިރާސްއާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްލައިގެން ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
މަޔާމީ (ޖޫން 24) - ބްރެޒިލްގެ ޕަލްމެއިރާސްއާ ވާދަކޮށް 2-2 އިން އެއްވަރު ކޮށްލައިގެން ލިއޮނެލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އިން ފީފާ ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.
ޕަލްމެއިރާސް އާއި އިންޓަ މަޔާމީ ވެސް ވަނީ އެއް މެޗު ކާމިޔާބުކޮށް، ދެ މެޗު އެއްވަރު ކޮށްލައިގެން ފަސް ޕޮއިންޓް ހޯދައިފަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ގުރޫޕްގެ އެއްވަނަ ލިބުނީ ޕަލްމެއިރާސް އަށެވެ. އިންޓަ މަޔާމީއަށް ލިބުނީ ގުރޫޕް އޭގެ ދެ ވަނަ އެވެ.
ގުރޫޕްގެ ދެ ވަނައާ އެކު މުބާރާތުގެ ގަދަ 16 ގައި އިންޓަ މަޔާމީ ނުކުންނާނީ ގުރޫޕް ބީގެ އެއް ވަނަ ހޯދި ޕީއެސްޖީއާ ދެކޮޅަށެވެ. ޕަލްމެއިރާސް ނުކުންނާނީ ގުރޫޕް ބީގެ ދެވަނަ ހޯދި ހަމަ އެ ގައުމުގެ ބޮޓަފޯގޯއާ ދެކޮޅަށެވެ.
ލިއޮނެލް މެސީ 2023 ވަނަ އަހަރު އިންޓަ މަޔާމީއަށް ބަދަލު ވުމުގެ ކުރިން ވަނީ ޕީއެސްޖީއާ އެކު ދެ ސީޒަން ކުޅެފަ އެވެ. މިއަދު 38 އަހަރު ފުރުނު މެސީ އަށް އެ ދެ ސީޒަންގައި ވެސް އެ ކްލަބާ އެކު އެންމެ އެދެވޭ ކާމިޔާބެއް ނުހޯދުނެވެ.
ޕީއެސްޖީއަށް ބަދަލު ވުމުގެ ކުރިން މެސީ ވަނީ ބާސެލޯނާގައި ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި ކްލަބް ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.
އިންޓަ މަޔާމީ މިއަދު ހެނދުނު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މަޔާމީއަށް ލަނޑު ޖަހައިދިނީ ޓަޑެއޯ އަލެންޑޭ އެވެ. އަދި ދެ ވަނަ ހާފުގައި ލަނޑު ޖަހައިދިނީ ލުއިސް ސުއަރޭޒް އެވެ. ޕަލްމެއިރާސް އެއްވަރު ކުރީ ފަހު 10 މިނިޓުތެރޭ ދެ ގޯލު ޖަހައިގެންނެވެ.
މި ގުރޫޕްގައި ދެން ވާދަކުރި ޕޯޗުގަލްގެ ޕޯޓޯ އާއި މިސްރުގެ އަލް އަހްލީ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ 4-4 އިންނެވެ. ދެ ޓީމު ވެސް މުބާރާތް ނިންމާލާފައި ވަނީ ދެ ޕޮއިންޓާ އެކު އެވެ.
ފަސޭހައިން އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް
މެސީގެ ގޯލާއެކު މަޔާމީ މޮޅުވި އިރު ޕީއެސްޖީ ބަލިވެއްޖެ
މެސީއަށް މާބޮޑު ކަމެއް ނުވި، ޓީމު ސަލާމަތްކުރީ ކީޕަރު
މެސީގެ ޓީމަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފި
މެސީއަކީ އެއްވަނަކަމަށް ރެއާލްގެ ވެސް ބުނެވޭނެ: ޒަބީ
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
މެސީ އިންޑިއާ އަށް ދަނީ، މޯދީއާ ބައްދަލުކުރާނެ
ޓްރަމްޕް ދުރަށްވަޑައިނުގެންނެވި، ބޭނުންވީ އުފާފާޅުކުރައްވަން
ޕީއެސްޖީ ނުފޫޒު ކަނޑުވާލައި ޗެލްސީ ދުނިޔޭގެ ރަސްކަމަށް
ފަސޭހައިން ރެއާލް ބަލިކޮށް ޕީއެސްޖީ ފައިނަލަށް