އަންނަ އަހަރު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕުގައި، ލިއޮނަލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އަށް ފުރުސަތު ދޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނުކުރައްވައިފި އެވެ.
އަންނަ އަހަރު އޮންނަ ފީފާ ކްލަބް ވޯލްޑް ކަޕުގައި، ލިއޮނަލް މެސީ ކުޅެމުން އަންނަ އެމެރިކާގެ އިންޓަ މަޔާމީ އަށް ފުރުސަތު ދޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއުލާނުކުރައްވައިފި އެވެ.
އެމެރިކާގައި އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށް ފީފާ ކްލަބް ވޯލްޑް ކަޕް ބާއްވާނީ ކުރިއާ ހިލާފަށް 32 ޓީމާ އެކު އެވެ.
މަޔާމީ އަށް ފުރުސަތު ދޭން ފީފާ އިން ނިންމީ މުބާރާތް ބާއްވާ ގައުމަށް ދޭ ޖާގައިގަ އެވެ. އެ ޖާގަ މަޔާމީ އަށް ލިބުނީ ރެގިއުލާ ސީޒަނުގެ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ދޭ ސަޕޯޓާސް ޝީލްޑު ކާމިޔާބުކުރުމުންނެވެ. އެމްއެލްއެސްގެ އޮފިޝަލް ޗެމްޕިއަނުން ކަނޑައަޅާނީ ކަޕް ޕްލޭއޮފްސް އިންނެވެ.
މަޔާމީ އަށް ފުރުސަތު ދިންކަން އިއުލާންކުރީ، ރޭ މެސީގެ ހެޓްރިކާ އެކު ނިއު އިންގްލެންޑް ރިވޮލޫޝާން އަތުން 6-2 އިން މަޔާމީ މޮޅުވެ ޝީލްޑް އުފުލާލި މެޗުގެ ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.
އޭނާ ވަނީ މުބާރާތް ހުޅުވައިދޭނީ ވެސް މަޔާމީކަން ރޭ އިއުލާންކުރައްވައިފަ އެވެ. މި މެޗު އޮންނާނީ މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމުގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އޮފިޝަލް ޗެމްޕިއަނުންގެ ބަދަލުގައި ރެގިއުލާ ސީޒަނުގެ ޗެމްޕިއަނުންނަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދޭން ފީފާ އިން ނިންމީ މެސީ އެ މުބާރާތުން ފެންނާނެ ގޮތް ހެދުމަށެވެ.
ފީފާ އިން މާލީ ގޮތުން ބޮޑު ފައިދާއެއް ހޯދުމުގެ ނިޔަތުގައި، އަދި 2026 ވަނަ އަހަރު އުތުރު އެމެރިކާގައި އޮންނަ މައި ވޯލްޑް ކަޕުގެ ކުރިން އެމެރިކާ ބައްރުގެ ރައްޔިތުންގެ ސަމާލުކަން ހޯދުމަށް ބާއްވާ މުބާރާތް ކާމިޔާބުކުރަން އެ ޖަމިއްޔާ އިން ވަރަށް ބޭނުންވެ އެވެ.
ނަމަވެސް މި މުބާރާތުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ލޯޑެއް އަންނާނެތީވެ ކުޅުންތެރިންގެ ޖަމިއްޔާ އިން އަންނަނީ މުބާރާތް ނުބާއްވަން ގޮވާލަމުންނެވެ. އެކަމަކު ފީފާ އިން ނިންމާފައިވަނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މި މުބާރާތް ކުރިއަށް ގެންދާށެވެ.
އަންނަ އަހަރުގެ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރާ މަޝްހޫރު ޓީމުތަކުގެ ތެރޭގައި ސްޕެއިނުގެ ރެއާލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑާއި، އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި، ޗެލްސީ އާއި، އިޓަލީގެ އިންޓަ މިލާނާއި، ޔުވެންޓަސް، އަދި ޖަރުމަނުގެ ބެޔާން މިއުނިކާއި، ބޮރޫޝިއާ ޑޯޓްމަންޑް ހިމެނެ އެވެ.
އިނގިރޭސި ކުރީގެ ތަރި ޑޭވިޑް ބެކަމް ހިންގާ މަޔާމީ އަށް ވޯލްޑް ކަޕުން ފުރުސަތު ދިނުމުން މެސީގެ އިތުރުން މަޝްހޫރު ބައެއް އެހެން ތަރިން ވެސް ފެންނާނެ އެވެ. އެއީ ބާސެލޯނާގެ ކުރީގެ ތިން ކުޅުންތެރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް އާއި، ލުއިސް ސުއަރޭޒް، އަދި ޑޭވިޑް އަލަބާ އެވެ.
ޗެލްސީ އަށް ވޯލްޑް ކަޕުން އޮޓޮމެޓިކް ޖާގައެއް ލިބިދާނެ
ފީފާގެ އޮފީސް ޓްރަމްޕް ޓަވަރުގައި ހުޅުވުމުން ފާޑުކިޔަނީ
ދަނޑު ފުރާނުލެވުމުން ޓިކެޓް އަގު ބޮޑުތަނުން ދަށްކޮށްފި
ކްލަބް ވޯލްޑް ކަޕްގެ ދަނޑުތައް ކަމަކު ނުދޭ: ވެންގާ
ފަސޭހައިން އިންޓަ މަޔާމީ ބަލިކޮށް ޕީއެސްޖީ ކުއާޓާއަށް
މެސީގެ އިންޓަ މަޔާމީ އާއި ޕީއެސްޖީގެ ކުރިމަތިލުމެއް
ކްލަބް ވޯލްޑް ކަޕް ބާއްވަން ބްރެޒިލުން ޝައުގުވެރިވެއްޖެ
މެސީގެ ގޯލާއެކު މަޔާމީ މޮޅުވި އިރު ޕީއެސްޖީ ބަލިވެއްޖެ
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
މެސީއަށް މާބޮޑު ކަމެއް ނުވި، ޓީމު ސަލާމަތްކުރީ ކީޕަރު