ފީފާ ކްލަބް ވޯލްޑް ކަޕް 2029 ވަނަ އަހަރު ބާއްވަން ބްރެޒިލުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
ފީފާ ކްލަބް ވޯލްޑް ކަޕް 2029 ވަނަ އަހަރު ބާއްވަން ބްރެޒިލުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މުޅިން އާ ފޯމެޓަކަށް، ގިނަ އަދަދެއްގެ ކްލަބްތަކެއް ބައިވެރިކޮށްގެން ފީފާ އިން މި އަހަރު މުބާރާތް ބާއްވަނީ އެމެރިކާގަ އެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެތަނުގެ ރައީސް ހުކުރު ދުވަހު ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ ހިޔާލު ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި އެކަން އިންފަންޓީނޯ ނެންގެވީ ޕޮޒިޓިވްކޮށް ކަމަށް ވެސް ބުނެފައިވެ އެވެ.
ފުޓްބޯޅައިގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ގައުމު ކަމަށްވާ ބްރެޒިލުން ވަނީ 1950 އާއި 2014 ގައި ވޯލްޑް ކަޕް ހޯސްޓްކޮށްފަ އެވެ. އެ ގައުމަކީ ފުޓްބޯޅައިގެ ވަސީލަތްތައް ވަރަށް ގިނަ ގައުމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ފީފާގެ މިހާރުގެ ވިސްނުމަކީ ހަތަރު އަހަރުން އެއް އަހަރު ބާއްވާ މި މުބާރާތް 2029 ގައި ވެސް އެމެރިކާގައި ބާއްވާށެވެ.
މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ ހިމެނެ އެވެ. މީގެ އިތުރުން މޮރޮކޯ އާއި ސްޕެއިން، އަދި ޕޯޗުގަލް ގުޅިގެން ވެސް ބިޑުކޮށްފާނެ ކަމަށް ވާހަކަ ދެކެވެ އެވެ. އޭގެ ބޭނުމަކީ 2030 ގައި އެ ތިން ގައުމުން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމެވެ.
ކުޅުންތެރިންނަށް މިހާރު ވެސް ލޯޑުބޮޑުވެފައިވާއިރު، އިތުރު މުބާރާތެއް އޮފް ސީޒަނުގައި ބާއްވާތީ ފީފާ އަށް ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު ފީފާގެ ވިސްނުން ހުރީ މުބާރާތް އިތުރަށް ފުޅާކުރާށެވެ. އަދި މި މުބާރާތުގެ ތެރެއިން ކްލަބްތަކަށް ފައިސާގެ ބޮޑެތި އިނާމު ދޭން ވެސް ފީފާ އިން ރާވާފައިވެ އެވެ. މިއީ ކުރިން ހަމައެކަނި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ބާއްވަމުން އައި ކުޑަކުޑަ މުބާރާތެކެވެ.
ފީފާއިން ހޭދަކުރި 50 މިލިއަން ޑޮލަރު ފެނަށް
ބްރެޒިލް އެފްއޭގެ އިންތިހާބުން ރޮނާލްޑޯ ވަކިވެއްޖެ
މެސީގެ ޓީމަށް ކްލަބް ވޯލްޑް ކަޕުން ފުރުސަތު ދީފި
ބްރެޒިލްގެ ކޯޓުން އެފްއޭގެ ރައީސް މަގާމުން ދުރުކޮށްފި
މާސެލޯގެ ދަރިފުޅު ސްޕެއިންގެ ޒުވާން ޓީމަށް ކުޅެނީ
ފީފާ ކްލަބް ވޯލްޑް ކަޕް ފެބްރުއަރީ މަހު މޮރޮކޯގައި
ޗެލްސީ އެންމެ ފަހުން ދުނިޔޭގެ ޗެމްޕިއަނުންނަށް!
ކޮވިޑުން ރަނގަޅުވެ ޓުޗެލް ކްލަބް ވޯލްޑްކަޕް ފައިނަލަށް
ޗެމްޕިއަން ޗެލްސީ ކްލަބު ވޯލްޑް ކަޕް ފައިނަލަށް
ފީފާ ކްލަބް ވޯލްޑްކަޕް މިރޭ ފަށަނީ