02 މެއި 2023
މުރުސިއާ، ސްޕެއިން (މެއި 2) - ރެއާލް މެޑްރިޑްގެ ލެޖެންޑް މާސެލޯގެ ދަރިފުޅު އެންޒޯ އަލްވޭސް، ސްޕެއިންގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެން ފަށައިފި އެވެ.
މުރުސިއާ، ސްޕެއިން (މެއި 2) - ރެއާލް މެޑްރިޑްގެ ލެޖެންޑް މާސެލޯގެ ދަރިފުޅު އެންޒޯ އަލްވޭސް، ސްޕެއިންގެ 15 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެން ފަށައިފި އެވެ.
އެންޒޯގެ ބައްޕަ މާސެލޯ، 34، އަކީ ބްރެޒިލް ގައުމީ ޓީމަށް ކުޅުނު ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް 58 މެޗު ކުޅެދީފަ އެވެ.
ގިނަ އަހަރުތަކެއް ވަންދެން ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅުމަށް ފަހު މާސެލޯ، މެޑްރިޑް ދޫކޮށްލީ މިދިޔަ ސީޒަނަށް ފަހު އެވެ. އަދި މިހާރު ކުޅެމުން އަންނަނީ އޭނާގެ ކެރިއަރު ފެށި ބްރެޒިލްގެ ފްލުމިނީސް އަށެވެ.
އެންޒޯ، ސްޕެއިންގެ 15 އަހަރުން ދަށުގެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި އިންގްލެންޑްގެ ގޯލަށް ހަމަލާއެއް ފޮނުވާލަން މަސައްކަތް ކުރަނީ.-- ފޮޓޯ: ޕިނާޓާ އެރީނާ
އެންޒޯ އުފަންވީ 2009 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހު ސްޕެއިންގެ މެޑްރިޑަށެވެ. އޭނާ އަށް ސްޕެއިންގެ 15 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ދިނީ 15 އަހަރުން ދަށުގެ ޓީމުގެ ކޯޗު ހޯޒޭ ލާނާ އެވެ. އެއީ އޭޕްރީލް 26-30 އަށް ސްޕެއިންގެ މުރުސިއާ ގައި ކުރިއަށް ގެންދިޔަ 15 އަހަރުން ދަށުގެ ޕިނާޓާ ސުޕަކަޕް ނަމަކަށް ކިޔާ އިންވިޓޭޝަނަލް މުބާރާތަކަށެވެ.
މި މުބާރާތުގައި ސްޕެއިންގެ އިތުރުން ޖަޕާނާއި އެމެރިކާ އަދި އިންގްލެންޑް ވާދަ ކުރި އެވެ. އެންޒޯ ކުޅެފައި ވަނީ އާދިއްތަ ދުވަހު ކުޅުނު މުބާރާތުގެ ފަހު މެޗުގައި އިންގްލެންޑާ ދެކޮޅަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެ މެޗުން އިންގްލެންޑް ބަލިކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް ސްޕެއިން އެވެ. ސްޕެއިން ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.
ފޯވާޑަކަށް ކުޅޭ އުމުރުން 13 އަހަރުގެ އެންޒޯ އަކީ 2017 ވަނަ އަހަރުން ފެށިގެން ރެއާލް މެޑްރިޑްގެ އެކަޑަމީއިން ތަމްރީނު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އަދި މިދިޔަ ޑިސެމްބަރު މަހު އޭނާ ވަނީ ރެއާލާ އެކު ފުރަތަމަ ފަހަރަށް ކޮންޓްރެކްޓުގައި ސޮއި ކޮށްފަ އެވެ.
ރެއާލްގެ ޔޫތު ޓީމަށް ކުޅޭ އެންޒޯ ވަނީ ޖެނުއަރީ މަހު ވާދަވެރި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު ޔޫތު ލީގު މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ. އެ މެޗުން ރެއާލް މޮޅުވީ 5-2 އިންނެވެ.
އެންޒޯގެ ބައްޕަ އާއި މަންމަ އަކީ ބްރެޒިލްގެ ރައްޔިތުން ކަމަށް ވުމުން، އޭނާ އަށް އަދިވެސް ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް މިވަގުތަށް އޭނާ އިސްކުރީ، އޭނާ އުފަންވި ގައުމުގެ ފުޓުބޯޅަ ފެޑެރޭޝަނުން ދިން ފުރުސަތެވެ.
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
ސްޓެފާނޯގެ އުންމީދު ފުނޑުފުނޑުވީ އަސްކަރީ އޯޑަރަކުން
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ސްޕެއިނުން އިތުބާރުކުރަން މިޖެހުނީ ސްކޫލް ކުއްޖަކަށް
ފުޓްބޯޅަ ކުޅެން ބޭނުންވީ ކަޅުނަސްލުގެ މީހުންނަށްޓަކައި
ބްރެޒިލްގެ ކޯޓުން އެފްއޭގެ ރައީސް މަގާމުން ދުރުކޮށްފި