20 މާޗް 2017
މެންޗެސްޓާ (މާޗް 20) – މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހު ދުށް އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ހާއްސަ މެޗެއްގައި އެ ޓީމަށް ކޯޗުކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މެންޗެސްޓާ (މާޗް 20) – މެންޗެސްޓާ ޔުނައިޓެޑުގެ ތާރީހު ދުށް އެންމެ ކާމިޔާބު ކޯޗު އެލެކްސް ފާގަސަން ހާއްސަ މެޗެއްގައި އެ ޓީމަށް ކޯޗުކޮށްދޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ހަތަރު އަހަރަށް ފަހު ފާގަސަން އޯލްޑް ޓްރެފޯޑުގެ ބެންޗަށް ދާނީ ޖޫން 4 ވަނަ ދުވަހު ޔުނައިޓެޑުގެ މިޑްފީލްޑަރު މައިކަލް ކެރިކުގެ ޓެސްޓިމޯނިއަލް މެޗުގައި އެ ޓީމަށް ކޯޗުކޮށްދޭށެވެ. މި ޓީމަށް ކުޅޭނީ ފާގަސަންގެ އިރުޝާދުގެ ދަށުން 2008 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު އުފުލާލި ޔުނައިޓެޑުގެ ކުޅުންތެރިންނެވެ. އަނެއްކޮޅުން ވާދަކުރާ މައިކަލް ކެރިކުގެ އޯލް ސްޓާ ޓީމަށް ކޯޗުކޮށްދޭނީ، ކެރިކަށް ވެސްޓް ހޭމް ޔުނައިޓެޑުގައި ކޯޗުކޮށްދީފައިވާ ހެރީ ރެޑްނެޕެވެ.
ޔުނައިޓެޑުގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ފާގަސަން ބުނީ ކެރިކުގެ އިތުރުން 2008 ގެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމަށް އޭނާގެ ހިތުގައި އޮތް ލޯބި ވަރަށް ބޮޑު ކަމަށާއި ކެރިކުގެ ހާއްސަ މެޗުގައި އަލުން ބެންޗަށް ދެވޭތީ ވަރަށް ބޮޑަށް އުފާވެފައިވާ ކަމަށެެވެ.
ޔުނައިޓެޑަށް 1986 އިން 2013 އަށް ކޯޗުކޮށްދީ އެ ކްލަބަށް ފާގަސަން 38 ތަށި ކާމިޔާބުކޮށްދީފައިވާއިރު ގިނަ ބަޔެއްގެ އެންމެ ހާއްސަ ސީޒަނަކީ 2008 ގެ ސީޒަނެވެ. ކެރިކާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކާލޯސް ޓެވޭޒާއި ޕޯލް ސްކޯލްސް އާއި ރިއޯ ފާޑިނަންޑާއި އެޑްވިން ވޭން ޑަ ސާ ފަދަ ކުޅުންތެރިންނާ އެކު ފާގަސަން ވަނީ ޔޫރަޕުގެ ތަށި ހޯދުމުގެ އިތުރުން އެ ފަހަރު ޕްރިމިއާ ލީގު ވެސް ކާމިޔާބުކޮށްފަ އެވެ.
"ޔޫރަޕުގެ ޗެމްޕިއަންކަން ހޯދުމަކީ ހާއްސަ ކާމިޔާބެއް. އޭރު އޮތީ މޮޅުވުމުގެ ރޫހު ބޮޑު، ވަރަށް ވަރުގަދަ ސްކޮޑެއް. އެ ފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އަހަންނަށް ކުރެވުނު ދެރަކަމަކީ، އަދި މިއަދާ ހަމަޔަށް ވެސް އަހަރެން އެކަމަކާ ހިތާމަކުރަނީ ޕާކް ޖީ ސުން އަށް ފައިނަލް މެޗުގެ ސްކޮޑުން ފުރުސަތު ނުދެވުން،" ފާގަސަން ބުންޏެވެ.
ފާގަސަން ބުނީ ކޯޗުކޮށްނުދެވޭތީ އެކަމާ އުނދަގޫނުވާ ކަމަށާއި އެކަމަކު ބޮޑެތި މެޗުތަކުގެ ހަނދާންތައް އޭނާ އަށް އުނދަގޫކުރާ ކަމަށެވެ. އެކަމަކު ރިޓަޔާކުރުމަކީ އަމިއްލަ ނިންމުމެއް ކަމަށާއި އެކަމުން މިހާރު ހިތްހަމަޖެހުން ހޯދަމުން އަންނަ ކަމަށް ބުންޏެވެ.
ކެރިކުގެ ޓެސްޓިމޯނިއަލް މެޗުގައި އޭނާގެ ޑްރީމް ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑާއި ލިވަޕޫލުގެ ލެޖެންޑް ސްޓީވެން ޖެރާޑް ހިމެނެ އެވެ.
ވެސްޓް ހޭމުން ކެރިއަރު ފެށުމަށް ފަހު ޓޮޓެންހަމް ހޮޓްސްޕާސް އަށް ވެސް ކުޅުނު ކެރިކް ޔުނައިޓެޑާ ގުޅުނީ 2006 ގަ އެވެ. އޭނާ ވަނީ އެ ކްލަބަށް 300 އަށް ވުރެ ގިނަ މެޗު ކުޅެދީ އެ ކްލަބާ އެކު ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.
އިންގްލެންޑަށް ވެސް 2001 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އުމުރުން 35 އަހަރުގެ ކުޅުންތެރިޔާގެ ޔުނައިޓެޑުގެ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އާ ކޮންޓްރެކްޓެއް ދީފައެއް ނުވެ އެވެ.
ޓެސްޓިމޯނިއަލް މެޗުތަކަކީ ކުޅުންތެރިޔަކު ކްލަބަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ކްލަބުން އިންތިޒާމްކޮށްދޭ މެޗެކެވެ. މި މެޗުން ލިބޭ ފައިސާގެ 50 ޕަސެންޓް ކްލަބަށް ލިބޭއިރު އަނެއް ބައި ލިބޭނީ ކުޅުންތެރިޔާ އަށެވެ.
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން
ރޮނާލްޑޯ ސިޓީއަށް ކުޅޭތަން ބަލަން ފާގަސަން ބޭނުން ނުވި
މެޑްރިޑްގައި ފާގަސަން އަކަށް އަހަރެން ނުވާނެ: ޒިދާން
ޔުނައިޓެޑަށް އޮތް ހުރަހަކީ ފާގަސަންގެ "ކާމިޔާބީ"
ލިވަޕޫލާ ކުރިމަތިލާނީ ފާގަސަންގެ ވިސްނުމުގައި: ސޯލްޝެއާ
ސޯލްޝެއާ އަށް އެހީވާން ފާގަސަން އަލުން ޔުނައިޓެޑަށް
ފާގަސަންގެ ހާލު އަންނަނީ ރަނގަޅުވަމުން
"ކުޅުންތެރިން ހަލާކުވުމުގައި އޭޖެންޓުންގެ ދައުރު ބޮޑު"
މޮރީނިއޯ އަށް ފާގަސަން ތައުރީފްކޮށްފި