20 މާޗް 2019
ލަންޑަން (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރިއެރުމަށް އޮތް ހުރަހަކީ އެ ކްލަބާ ގުޅޭ ކޮންމެ ކަމެއްގައި ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ކާމިޔާބީއާ އަޅާކިޔާ ކިޔުން ކަމަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.
ލަންޑަން (މާޗް 20) - މެންޗެސްޓާ ޔުނައިޓެޑްގެ ކުރިއެރުމަށް އޮތް ހުރަހަކީ އެ ކްލަބާ ގުޅޭ ކޮންމެ ކަމެއްގައި ކުރީގެ ކޯޗު އަލެކްސް ފާގަސަންގެ ކާމިޔާބީއާ އަޅާކިޔާ ކިޔުން ކަމަށް ޔުނައިޓެޑްގެ ކުރީގެ ފޯވާޑް ޒަލަޓަން އިބްރަހިމޮވިޗް ބުނެފި އެވެ.
ޔުނައިޓެޑަށް 26 އަހަރު ކޯޗުކޮށްދިނުމަށް ފަހު ފާގަސަން 2013 ވަނަ އަހަރު ރިޓަޔަކުރިއިރު ވަނީ އެ ޓީމަށް 13 ލީގާއި ފަސް އެފްއޭ ކަޕްގެ އިތުރުން ދެ ޗެމްޕިއަންސް ލީގު ހޯދައިދީފަ އެވެ. ފާގަސަން ވަކިވި ފަހުން ޔުނައިޓެޑްގެ ކޯޗުކަމަށް އައި ތިން ކޯޗުންނަށް ވެސް މިހާތަނަށް އެންމެ އެކަށީގެންވާ މަސައްކަތެއް ނުކުރެވެ އެވެ.
ޔުނައިޓެޑްގެ ކޯޗުކަމާ މި ވަގުތު ހަވާލުވެ ހުރި އޮލެ ގުނަ ސޯލްޝެއާ އަންނަނީ ފާގަސަންގެ އެއްބާރުލުން އޭނާ އަށް އަބަދުވެސް ލިބޭ ކަމަށް ބުނެފަ އެވެ. އިބްރަހިމޮވިޗް ބުނީ ޔުނައިޓެޑުން ފާގަސަން އެއީ މާޒީ ކަމަށް ގަބޫލުކުރަން ޖެހޭ ކަމަށެވެ.
"ކޮންމެ ކަމެއް ވިޔަސް އަޅާކިޔަނީ ފާގަސަންއާ. ޔުނައިޓެޑުން ބުނާނެ ފާގަސަން ހުރި ނަމަ މިހެނެއް ނުވާނެއޭ. އެހެނެއް ނުވާނެއޭ. ކޮންމެ ވާހަކައެއް ދެކެވުނީ ފާގަސަންއާ ގުޅުވައިގެން. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަން ހުއްޓަން އެބަޖެހޭ. ނުހުއްޓައިފިނަމަ އަބަދުވެސް އޮންނާނީ އެއް ހާލަތެއްގައި،" އިބްރަހިމޮވިޗް ބުންޏެވެ.
އޭނާ ބުނީ ކޮންމެ މީހަކު ވެސް އަންނަންވީ އަމިއްލަ ކާމިޔާބީތަކެއް ހޯދައި ތަފާތުކަން ދެއްކުމުގެ ގޮތުން ކަމަށެވެ.
"ކޮންމެ މީހެއް ވެސް ވިސްނަންވީ ވެދިޔަ ތަން ދޫކޮށްލަން. އަމިއްލަ ތާރީހެއް ލިޔާނަމަ ޖެހޭނީ އަމިއްލަވަންތަ ގޮތެއް ހުންނަން. ކުރިން ވެފައި އޮތް ކަމަކަށް ބެލުމަކީ ބޭނުންނުވާ ޕްރެޝަރެއްގެ ތެރެއަށް އަމިއްލަ އަށް ވެއްޓުން. ފާގަސަންގެ ބައި ތާރީހުގައި ރަން އަކުރުން އޮންނާނެ. އެކަަމަކު އެ މާޒީ ތެރޭގައި އަބަދަކު ނޫޅެވޭނެ،" ޔޫރަޕްގެ ގިނަ ކްލަބްތަކަށް ކުޅުނު އިބްރަހިމޮވިޗް ބުންޏެވެ.
ހިލޭ ޓްރާންސްފާއެއްގައި 2016 ވަނަ އަހަރު އިބްރަހިމޮވިޗް، ޔުނައިޓެޑަށް ގެނައީ އޭރުގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ. ފުރަތަމަ ސީޒަނުގައި އިބްރަހިމޮވިޗް ވަނީ ޔުނައިޓެޑާ އެކު ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑް ދޫކޮށް އިބްރަހިމޮވިޗް މިހާރު ކުޅެމުން އަންނަ ލޮސް އެންޖެލެސް ގެލެކްސީ އަށް ބަދަލުވީ މިދިޔަ އަހަރު މާޗް މަހުގަ އެވެ.
ހަރަދު ކުޑަކުރަން ފާގަސަން އެމްބެސެޑަރުކަމުން ވަކިކުރަނީ
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން
ރޮނާލްޑޯ ސިޓީއަށް ކުޅޭތަން ބަލަން ފާގަސަން ބޭނުން ނުވި
މެޑްރިޑްގައި ފާގަސަން އަކަށް އަހަރެން ނުވާނެ: ޒިދާން
އިބްރަހިމޮވިޗް ޔުނައިޓެޑަށް ބަދަލުވާން ތައްޔާރު
ލިވަޕޫލާ ކުރިމަތިލާނީ ފާގަސަންގެ ވިސްނުމުގައި: ސޯލްޝެއާ
ސޯލްޝެއާ އަށް އެހީވާން ފާގަސަން އަލުން ޔުނައިޓެޑަށް
ފާގަސަންގެ ހާލު އަންނަނީ ރަނގަޅުވަމުން
ޔުނައިޓެޑުގެ ކުރިން ގެލެކްސީ އަށް ބަދަލުވާން ބޭނުންވި