10 ޑިސެމްބަރ 2020
މެޑްރިޑް (ޑިސެމްބަރު 10) - މެންޗެސްޓާ ޔުނައިޓެޑްގެ ކާމިޔާބު ކޯޗު އަލެކްސް ފާގަސަން އެ ޓީމުގައި ހޭދަކުރި ވަރުގެ ދިގު މުއްދަތެއް ވަންދެން އޭނާ ރެއާލް މެޑްރިޑްގެ ކޯޗަކަށް ނުހުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މެޑްރިޑް (ޑިސެމްބަރު 10) - މެންޗެސްޓާ ޔުނައިޓެޑްގެ ކާމިޔާބު ކޯޗު އަލެކްސް ފާގަސަން އެ ޓީމުގައި ހޭދަކުރި ވަރުގެ ދިގު މުއްދަތެއް ވަންދެން އޭނާ ރެއާލް މެޑްރިޑްގެ ކޯޗަކަށް ނުހުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.
މި ފަހަރު ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގުގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ޒިދާނަށް ރެއާލްގެ ކޯޗުކަމުގައި ދިގު މުއްދަތަކަށް ދެމިހުރެވިދާނެތޯ މީޑިއާ އިން އަންނަނީ ސުވާލު އުފައްދަމުންނެވެ. ޕްރެޝަރު ވަގުތެއްގައި ނުކުމެ އަމިއްލަ ދަނޑުގައި ބޮރޫޝިއާ މުންޗެންގްލަޑްބަކް 2-0 އިން ބަލިކޮށް ރެއާލުން ރޭ ވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދައިފަ އެވެ.
ޒިދާން ބުނީ ކޯޗުގެ މަގާމުގެ ޕްރެޝަރު އޮތަަސް އޭނާ ހުރީ ސަޕޯޓަރުންނާއި ކުޅުންތެރިންނާ އެކުގައި ކަމަށެވެ.
"އަހަރެމެން އެންމެން މި ތިބީ އެއް މިސްރާބެއްގައި. އަހަރެން މި މޮޅު ލިބުނީމަ ކުޅުންތެރިންނަށްޓަކައި އުފާކުރަން. އަހަރެން މި ތަނުގައި މިހުރީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށްޓަކައި މި ޓީމުގެ ހައްގުގައި މަސައްކަތްކުރަން. މިހެން ބުންޏަސް ގަބޫލުކުރަން ޖެހޭ ހުރިހާ އުނދަގޫ މަސައްކަތެއް ދަނޑުމަތީގައި އެ ކުރަނީ އެ ކުޅުންތެރިން،" ޒިދާން ބުންޏެވެ.
"މި ވަގުތު މިތާގައި ހުއްޓަސް އަހަންނެއް ނުވާނަން (ރެއާލް) މެޑްރިޑްގެ ފާގަސަން އަކަށް. އެއީ ހަމަ ޔަގީންކަމެއް. އަަހަންނަކަށް ނޭނގެ ކިހާ ދުވަހަކު ކަމެއް އަހަރެން މި ތާގައި ހުންނާނީ. އެއީ އަހަރެން ވިސްނާ ވެސް ކަމެއް ނޫން،"
ދުނިޔޭގެ ފުޓްބޯޅައިގައި އެއް ކްލަބެއްގައި އެންމެ ދިގު މުއްދަތަކަށް ހުރެ އެންމެ ކާމިޔާބު ކޯޗަކީ ޔުނައިޓެޑްގެ ކުރީގެ ކޯޗު ފާގަސަން އެވެ. ފާގަސަން ވަނީ ޔުނައިޓެޑަށް 1986-2013 އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. ފުޓްބޯޅައިގައި ފާގަސަން އެއް ކްލަބެއްގައި އެހާ ގިނަ އަހަރުތަކެއް ވަންދެން މަަސައްކަތްކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި އެހާ ގިނަ އަހަރުތަކެއް ވަންދެން އެއްވެސް ކޯޗަކަށް އެއް ޓީމެއްގައި ނުހުރެވޭނެކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ. އެއީ ޓީމެއް ތައްޔާރުކުރުމަށް ދޭން ޖެހޭ ވަގުތު ނުދިނުމާއި މީޑިއާގެ ޕްރެޝަރުތައް ބޮޑުވެފައިވާތީ އެވެ.
ޕެޕް ގާޑިއޯލާ އާއި ހޯސޭ މޮރީނިއޯ ވެސް ވަނީ އެއް ކްލަބެއްގައި ގިނަ އަހަރުތަކެއް ވަންދެން ކޯޗުން މަޑުކުރުމަކީ މިހާރު ވުމަށް ވުރެ ނުވުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ބުނެފަ އެވެ.
ޕޮގްބާއާ ދިމާވުމަކީ އިއްތިފާގެއް: ޒިދާން
ހަރަދު ކުޑަކުރަން ފާގަސަން އެމްބެސެޑަރުކަމުން ވަކިކުރަނީ
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
ބެޔާނާއި ރެއާލް ކޮލިފައިވެއްޖެ ޔުނައިޓެޑް ކަރުތާފެނަށް
ހޯލް އޮފް ފޭމް: ފުރަތަމަ ކޯޗުންނަކީ ފާގީ އާއި ވެންގާ
އާޓެޓާގެ ހިތްވަރަކަށް ވީ ފާގަސަން
ޔުނައިޓެޑުގެ ބޮޑު މުސާރަ ދޭ ލިސްޓްގައި ކަސެމީރޯ
ޔުނައިޓެޑަށް ކަސެމީރޯ ވިއްކަން ރެއާލްއިން ތައްޔާރު
ރޮނާލްޑޯ ސިޓީއަށް ކުޅޭތަން ބަލަން ފާގަސަން ބޭނުން ނުވި
ވަރާން، ޔުނައިޓެޑަށް ވިއްކާލަން ރެއާލުން އެއްބަސްވެއްޖެ