މެޑްރިޑް (އޯގަސްޓް 19) - ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ކާލޯސް ކަސެމީރޯ، މެންޗެސްޓާ ޔުނައިޓެޑަށް ވިއްލަން ރެއާލުން ތައްޔާރު ވެއްޖެ އެވެ.
މެޑްރިޑް (އޯގަސްޓް 19) - ރެއާލް މެޑްރިޑްގެ މިޑްފީލްޑާ ކާލޯސް ކަސެމީރޯ، މެންޗެސްޓާ ޔުނައިޓެޑަށް ވިއްލަން ރެއާލުން ތައްޔާރު ވެއްޖެ އެވެ.
ބްރެޒިލްގެ ސައު ޕޯލޯއިން 2013 ގައި ރެއާލް އަށް ބަދަލުވި ކަސެމީރޯ ވިއްކާލަން ރެއާލް އިން ތައްޔާރުވީ ރަނގަޅު އަގެއް ހުށަހަޅަން ޔުނައިޓެޑުން ތައްޔާރަށް އޮތުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ރެއާލްގެ ޝަރުތަކީ ޔުނައިޓެޑުން ކަސެމީރޯ އަށް ހުށަހަޅާ އެއްބަސްވުމާމެދު ކަސެމީރޯ ހިތްހަމަ ޖެހުމާއި ޓްރާންސްފާ ފީގެ ގޮތުގައި ރަނގަޅު އަދަދެއް އެ ކްލަބަށް ލިބުމެވެ.
ޓްރާންސްފާ ފީ ގެ ގޮތުގައި ރެއާލް އަށް ގާތްގަނޑަކަށް 65 މިލިއަން ޑޮލަރު ދޭން ޔުނައިޓެޑުން އޮތީ ތައްޔާރަށެވެ. އަދި އިތުރު ބޯނަހުގެ ގޮތުގައި އިތުރު 10 މިލިއަން ޑޮލަރު ދޭން ވެސް ޔުނައިޓެޑުން އެއްބަސް ވެއެވެ.
ރެއާލް އާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ހޯދި ކަސެމީރޯ ވަނީ 2013 ގައި ރެއާލް އަށް ކުޅުމަށް ފަހު 2014 ގައި ޕޯޓޯ އަށް ވެސް ކުޅެފަ އެވެ، އޭނާ އަލުން ރެއާލް އަށް ގެނައީ 2015 ގަ އެވެ.
ކަސެމީރޯ އާއެކު މިއަދު ރެއާލް އިން ވާހަކަތައް ދައްކާނެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އޭނާ ޓީމު ދޫކޮށްލިޔަސް އިތުރު ކުޅުންތެރިޔެއް ނުގެންނަން ވެސް ރެއާލްއިން ވަނީ ނިންމައިފަ އެވެ. ސީޒަން ފެށުމުގެ ކުރިން ރެއާލުން ވަނީ މޮނާކޯގެ ޒުވާން މިޑްފީލްޑަރު އޮރޭލިއަން ޗުއަމެނީ ގެނެސްފަ އެވެ.
ރެއާލްގައި ކަސެމީރޯ އާއެކު ކުޅުނު ދެ ކުޅުންތެރިން މިހާރު ވެސް ޔުނައިޓެޑްގައި އެބަ ތިއްބެވެ. އެއީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޑިފެންޑަރު ރަފޭލް ވަރާން އެވެ.
ކަސެމީރޯ، 30، އަށް ޔުނައިޓެޑްގެ މިސްރާބު ބަދަލު ކުރީ އެ ޓީމުން ގެންނަން މަސައްކަތް ކުރި ފްރޭންކީ ޑި ޔޯން ނުވިއްކަން ބާސެލޯނާއިން ބޭނުން ނުވުމުންނެވެ. އަޔެކްސްގެ ކުރީގެ މިޑްފީލްޑަރަށް ޔުނައިޓެޑްގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް ވަރަށް ބޮޑަށް ޝައުގުވެރި ވެއެވެ.
އެންޓޮނީއާ މެދު ޔުނައިޓެޑާއި ބެޓިސްގެ ހިޔާލުތަފާތުވުމެއް
ޔުނައިޓެޑުން ސެސްކޯ އަށް އަލުން ފާރަލަނީ
ޔުނައިޓެޑުން ފާރަލީ ތިން ފޯވާޑުން ވާދަވެރި ކްލަބްތަކަށް
ބާސާގައި ރަޝްފޯޑަށް އޮތީ ޕްރެކްޓިސްކޮށްކޮށް ހުރުން
ޔުނައިޓެޑަށް އެމްބަމޯ ސޮއިކޮށްފި، އަދިވެސް ބިޑްކުރަނީ
މިލާނާ އެކު މޮޑްރިޗު އެއްބަސްވުމަކަށް އަތުވެއްޖެ
ބްރެޒިލަށް އަންޗެލޮޓީ ދޫކޮށްލަން ރެއާލުން އެއްބަސް
ލިވަޕޫލް ދޫކޮށްލަން އާނޯލްޑް ނިންމައިފި، ދާނީ ރެއާލަށް
ޓްރާންސްފާއެއްގައި ލިވަޕޫލަށް ރިވަޕްލޭޓް ޗެލެންޖަކަށް
ރެއާލްގެ ވާހަކަތައް ލީކު ކުރުމުން މައްސަލަ ޖެހިއްޖެ