Roadha Mihaaru

އެސްޓީއޯ "ރަމަޒާން ބާޒާރު" ގެ އެއް ލައްކަ ރުފިޔާގެ ނަސީބުވެރިޔަކީ ޝީޒާ

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ "ރަމަޒާން ބާޒާރު"ގެ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.

އެއް ލައްކަ ރުފިޔާގެ ނަސީބުވެރިޔަކީ ޝީޒާ
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

14 ޖޫން 2025

އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން މި އަހަރުގެ ރޯދަ މަހު ކުރިއަށް ގެންދިޔަ "ރަމަޒާން ބާޒާރު"ގެ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔާ ހޮވައިފި އެވެ.

އެ ނަސީބު ލިބުނީ ހދ. ނޮޅިވަރަންފަރު، އޯޝަން، މަރިޔަމް ޝީޒާއަށެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެއް ލައްކަ ރުފިޔާ ލިބުނު ނަސީބުވެރިޔާ އުމުރުން 31 އަހަރުގެ ޝީޒާއާ ވަނީ އިނާމު ހަވާލުކޮށްފަ އެވެ. ޝީޒާގެ ފަރާތުން އިނާމާ ހަވާލުވީ އޭނާގެ ބޭބެ އެވެ.

"ރަމަޒާން ބާޒާރު"ގެ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔާ ޝީޒާގެ ފަރާތުން އޭނާގެ ބޭބެ އިނާމާ ހަވާލުވަނީ.

"ރަމަޒާން ބާޒާރު"ގެ އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބުނު ނަސީބުވެރިޔާ ޝީޒާގެ ފަރާތުން އޭނާގެ ބޭބެ އިނާމާ ހަވާލުވަނީ.

އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނަކީ މިދިޔަ ޖެނުއަރީ 9 އިން މާޗު މަހުގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އަތޮޅުތެރޭގެ އެސްޓީއޯ ފިހާރަތަކުން 500ރ. އިން މަތިން ވިޔަފާރި ކުރި މީހުންގެ މެދުގައި ބޭއްވި ޕްރޮމޯޝަނުންނެވެ. ކޮންމެ އަހަރަކު ވެސް ރޯދަަމަހަށް ހާއްސަކޮށް އެސްޓީއޯގެ ފިހާރަތަކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނަށް ހޫނު ތަރުހީބެއް ލިބެ އެވެ.

ބޮޑެތި ޑިސްކައުންޓުތަކަކާ އެކު ބޭއްވި ރަމަޒާން ބާޒާރުގައި މިއަހަރު ވަނީ ކޮންމެ ހަފްތާއަކު ގުރުއަތެއް ނަގާ އަގުހުރި އިނާމުތަކެއް ދީފަ އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގެ އެސްޓީއޯ ފިހާރަތަކުގައި މި ޕްރޮމޯޝަނާ ގުޅިގެން އާއިލީ ހަވީރުތަކާއި އިތުރު ގިނަ ހަރަކާތްތަކެއް ވެސް ބޭއްވި އެވެ. މިއީ އެސްޓީއޯއިން ކޮންމެ އަހަރު ވެސް ބާއްވާ އެންމެ ބޮޑު ޕްރޮމޯޝަނެވެ.