މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި މިއަދު ބާއްވައިފި އެވެ.
11 ޖޫން 2025
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ޖަނާޒާ މެލޭޝިއާގައި މިއަދު ބާއްވައިފި އެވެ.
ފަރީދުގެ ހަށިގަނޑު ރާއްޖެއަށް ގެނެސް ރާއްޖޭގައި ޖަނާޒާ ބާއްވަން އާއިލާއިން އެންމެ ފުރަތަމަ މަސައްކަތްކުރި ނަމަވެސް މެލޭޝިއާގައި ޖަނާޒާ ބޭއްވީ ހަށިގަނޑު ރާއްޖެއަށް ގެންނަ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އެގޮތް އާއިލާއިން ބޭނުން ނުވުމުންނެވެ.
އުމުރުން 53 އަހަރުގައި އަވަހާރަވި ފަރީދުގެ ޖަނާޒާ، މެލޭޝިއާގައި މެންދުރު ނަމާދަށް ފަހު ބޭއްވީ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ އެވެ.
ޝައިހް ފަރީދުގެ ހަށިގަނޑު ވަޅަށް ތިރިކުރުމަށް ފަހު، އޭނާގެ ކޮއްކޮ ޝައިހު އަލީ ޒައިދު ވަނީ ބޭބެގެ މަރަކީ ދިރިތިބީން އިބުރަތެއްގެ ގޮތުގައި ބެލުމަށް އެދިވަޑައިގެންފަ އެވެ. ފަރީދަކީ ވަގުތު އޮތް ވަރަކުން އެންމެންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތް ބޭފުޅެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިއީ މަރު ހަނދާން ކުރަންޖެހޭ ސަބަބު ކަމަށެވެ.
އެހެންވެ، ކާމިޔާބު މީހަކަށް ވާނީ މާތްﷲ އާ ބައްދަލުވާއިރު ހެޔޮ އަމަލުތަކާ އެކު ބައްދަލުވާ މީހާ ކަމަށާއި އެ މަގުން މަސައްކަތް ކުރުމަށް ޒައިދު ނަސޭހަތްތެރިވެ ވަޑައިގަތެވެ.
އެ ޖަނާޒާގައި ފަރީދުގެ ބޭފުޅުންނާއި ރާއްޖޭގެ ބައެއް ޝައިހުންގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަތެވެ.
ފަރީދު އަވަހާރަވީ މެލޭޝިއާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަތްތަނާ، އެއާޕޯޓް ތެރެއަށް ވެއްޓި، ހާލު ގޯސްވެގެން ފަރުވާ ދެނިކޮށެވެ.
ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝައިހެކެވެ. އޭނާއަކީ ރާއްޖޭގެ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނިވަޑައިގަންނަވަ އެވެ.
ރާއްޖޭގައި ސިޔާސީ ކަންކަން ބަދަލުވެގެން އައި އިރު ބޭއްވި "މިނިވަން ބަހުސް" ތަކުގައި ވެސް ފަރީދު ބައިވެރިވެވަޑައިގަތެވެ. އޭނާ ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވެ ވަޑައިގެންފައި ވާއިރު އެ ޕާޓީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
ޝެއިހު ފަރީދު އަވަހާރަވީ ފުރަތަމަ ކާފަ ދަރިފުޅު އުރާލަން ނުލިބި
ފަރީދު: ކެރުމާ އެކު، އަބަދުވެސް އިސްކުރެއްވީ ދީން
ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދު އަވަހަރާވެއްޖެ
ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާންގެ ތުހުމަތެއް
މަރުވެފައި އޮތް މީހަކު ގެއެއްގެ ތެރެއިން ފެނިއްޖެ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
ފަރީދުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ
ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަނީ
އައްޑޫގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމުން ފިޔަވަޅުއަޅަނީ