މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
09 ޖޫން 2025
މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު އަހްމަދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޝެއިހް ފަރީދު އަވަހާރަވެފައިވަނީ މިއަދުގެ ވަގުތެއްގައި މެލޭޝިއާގައި ހުންނަވަނިކޮށެވެ. އެނގިފައިވާ ގޮތުގައި ޝެއިހް މެލޭޝިއާއަށް ވަޑައިގެންނެވީ ވެސް މިއަދު އެވެ.
މެލޭޝިއާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް ވަޑައިގެންނެވި ފަރީދު އެއާޕޯޓްގައި ހުއްޓާ ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވެ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ޝެއިހް ފަރީދަކީ ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި، ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝެއިހެކެވެ. އޭނާ ބޭއްވެވި ދަރުސްތަކުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ.
އޮގަސްޓް 12 އަދި 13 ހަރަކާތުގައި ފަރީދު ބައިވެރިވެވަޑައިގަންނަވަނީ: އެ ހަރަކާތާ ގުޅިގެން އޭނާ ހައްޔަރުކުރި
އޭނާއަކީ އިސްލާހީ ހަރަކާތުގައި ވެސް އިސްކޮށް އުޅުނު ބޭފުޅެކެވެ. މަޝްހޫރު އޮގަސްޓް 12 އަދި 13ގެ ހަރަކާތާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ވެސް ޝެއިހް ހިމެނެ އެވެ.
ޝެއިހް ފަރީދަކީ މިނިވަން ބަހުސްގައި ވެސް ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. ޝެއިހް ވަނީ އިސްލާމް ދީނުގައި މަޝްވަރާކުރުމާއި ހިޔާލު ފާޅުކުރުމަށް އޮތް މިނިވަންކަމާ ގުޅޭ ގޮތުން ވަކާލާތު ކުރައްވައިފަ އެވެ.
އެމްޑީޕީގެ ފުރަތަމަ ދުވަސްވަރު އެ ޕާޓީގެ އިސް މެންބަރެއްގެ ގޮތުގައި ވެސް ފަރީދު ހަރަކާތްތެރިވި އެވެ. އަދި އެމްޑީޕީގެ އިސްލާމީ ގޮފި، އިސްލާމީ މަޝްވަރާ މަޖިލީހުގައި އިސް ދައުރެއް އަދާކުރެއްވި އެވެ.
ޝައިހް ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވައިފި
ޝެއިހު ފަރީދު އަވަހާރަވީ ފުރަތަމަ ކާފަ ދަރިފުޅު އުރާލަން ނުލިބި
ފަރީދު: ކެރުމާ އެކު، އަބަދުވެސް އިސްކުރެއްވީ ދީން
ޑރ. މަޖީދުގެ މަރާ ގުޅުވައިގެން އިމްރާންގެ ތުހުމަތެއް
މަރުވެފައި އޮތް މީހަކު ގެއެއްގެ ތެރެއިން ފެނިއްޖެ
ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރަނީ
ފަރީދުގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދު ކުރަނީ
ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ބާއްވަނީ
އައްޑޫގައި މަރުވި މީހެއްގެ މައްސަލަ ފުލުހުން ބަލަނީ
މެނިންގޯކޮކަލް ބަލީގައި މީހަކު މަރުވުމުން ފިޔަވަޅުއަޅަނީ