Roadha Mihaaru

ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައިފި

ޕޮލިސް ކޮމިޝަނަރަކަށް މިހާރު ވެސް އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަން ކުރައްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 ޖޫން 2025

ޕޮލިސް ކޮމިޝަނަރަކަށް މިހާރު ވެސް އެކްޓިން ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން ދިން މުއްދަތު މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ އެ އިދާރާ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އަދި އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.

އެ ތިން ބޭފުޅުންނާ ޕޮލިސް ބޯޑުން އިންޓަވިއު ކުރުމަށްފަހު އެ ތިން ބޭފުޅުންގެ ޝަރުތު ހަމަވާ ކަމަށް ލަފާ ދެއްވާފައި ވަނިކޮށް އޭގެ ތެރެއިން ނަވީން އެ މަގާމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި، އޭނާއަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަންކުރައްވައި، ރައީސް ޑރ. މުއިއްޒު އާއި ހޯމް މިނިސްޓަރު އިހުސާން އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރަކަށް ނަވީން އައްޔަންކުރައްވައި، ރައީސް ޑރ. މުއިއްޒު އާއި ހޯމް މިނިސްޓަރު އިހުސާން އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް 26 ގައި އިސްތިއުފާ ދެއްވުމުންނެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވާތާ 45 ދުވަހުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ޖެހެ އެވެ. އެ މުއްދަތު މިއަދަށް ހަމަވާނެ އެވެ. އެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ހޯމް މިނިސްޓަރުގެ ލަފާގެ މަތިން ރައީސެވެ.

އެ އިދާރާގައި ގިނަ އަހަރުތަކެއް ވަންދެން ހޭދަކުރައްވާފައިވަނީ ނަވީން ވަނީ ފުލުހުންގެ ހައި ލެވެލްގެ އެކި ތަމްރީނުތައް ފުރިހަމަ ކުރައްވައިފަ އެވެ.