Roadha Mihaaru

ޑްރަގް ޓްރެފިކިންގެ ހަތަރު ދައުވާއާ އެކު ވެސް އެދުނީ ޓެގް އަޅުވާފައި ދޫކޮށްލަން

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މި އަހަރުގެ ކުރީކޮޅު މާލެއިން ހައްޔަރުކުރި ތިން މީހެއްގެ ތެރޭގައި ހިމެނޭ މީހެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ހަތަރު ދައުވާއެއް އުފުލާފައި ވަނިކޮށް، ޓެގް އަޅުވާފައި ދޫކޮށްލަން އެދެން ނިންމާފައިވާ ކަމަށް ކޯޓުގައި މިއަދު ބުނެފި އެވެ.

ޓްރެފިކިންގެ ހަތަރު ދައުވާއާ އެކު އެދުނީ ޓެގް އަޅުވަން

ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މި އަހަރުގެ ކުރީކޮޅު މާލެއިން ހައްޔަރުކުރި ތިން މީހެއްގެ ތެރޭގައި ހިމެނޭ މީހެއްގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ހަތަރު ދައުވާއެއް އުފުލާފައި ވަނިކޮށް، ޓެގް އަޅުވާފައި ދޫކޮށްލަން އެދެން ނިންމާފައިވާ ކަމަށް ކޯޓުގައި މިއަދު ބުނެފި އެވެ.

މިގޮތަށް އެދުނު، އުމުރުން 46 އަހަރުގެ މުހައްމަދު ޝާނީޒް، ނަސީމީގެ/ސ. މަރަދޫފޭދޫ އަކީ މިދިޔަ މާޗް މަހު ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާއާ އެކު އިތުރު ދެ މީހަކު ވެސް ދޮޅު ކިލޯގެ މަސްތުވާތަކެއްވާ އެކު ހައްޔަރުކުރި އެވެ. މާފަންނު ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ފެނިގެން ޝާނީޒުއާ އެކު ދެން ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ މުހައްމަދު ތިބާގް، މ.ސައިރަސް އަދި އުމުރުން 35 އަހަރުގެ ފަރީދާ އަބްދުއްރަހްމާން، ޖަންބުގެ/ވ. ރަކީދޫ އެވެ.

ޝާނީޒްގެ ބަންދުގައި ބަހައްޓައިދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން ޝާނީޒްގެ މައްޗަށް މިހާރު ވަނީ ހަ ދައުވާއެއް އުފުލައިފަ އެވެ. އޭގެ ތެރެއިން ހަތަރު ދައުވާ އަކީ ޓްރެފިކިންގެ ދައުވާ އެވެ.

ދައުވާ އުފުލާފައި ވިޔަސް މައްސަލަ ބަލާނެ ސެކްޝަނެއް އަދި ކްރިމިނަލް ކޯޓުން ކަނޑައަޅާފައި ނުވާ ކަމަށާއި ޝަރުތުކޮށް ޓެގް އަޅުވާފައި ބަންދުން ދޫކޮށްދިނުމަށް ޝާނީޒްގެ ފަރާތުން އެދެން ބޭނުންވާ ކަމަށް ވަކީލް ފާހަގަކުރިކަމަށް އަމުރުގައިވެ އެވެ.

އަމުރު ނެރުއްވި ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ ޝާނީޒް އިތުރު 30 ދުވަހަށް ބަންދުކުރާށެވެ.

ޓެގް އަޅުވާފައި ބަންދުން ދޫކޮށްލަން އެދޭނެ ކަމަށް ޝާނީޒްގެ ފަރާތުން ބުނިކަން އަމުރުގައި ފާހަގަކޮށްފައި ވިޔަސް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނަކީ ޓެގް އަޅުވާފައި ދޫނުކުރާނެ މީހުން ކަމަށް ޕީޖީ އޮފީހުން ކުރިން ބުނެފައިވެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ބައެއް އެ މީހުން ޓެގް އެޅުވުމަށް ފަހު ދޫކުރަން ނިންމައި ބައެއް މީހުން މިހާރު ވަނީ ދޫ ވެސް ކޮށްލައިފަ އެވެ.