ސަފާރީއެއްގައި ރާއްޖެއަށް އެތެރެކޮށް އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި 100 ކިލޯގެ ޑްރަގް ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައިގެ ތަހުގީގު ނިންމަން ޕީޖީ އޮފީހުން 30 ދުވަހުގެ މުއްދަތެއް އިތުކޮށްދީފައި ވާއިރު އެ މުއްދަތު ހަމަވާން ދެން އޮތީ 13 ދުވަސް ކަމަށް ކޯޓުގެ ލިޔުންތަކުން ދައްކައިފި އެވެ.
28 ނޮވެމްބަރ 2021
ސަފާރީއެއްގައި ރާއްޖެއަށް އެތެރެކޮށް އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި 100 ކިލޯގެ ޑްރަގް ވަޅުލާފައި ހުއްޓާ ފެނުނު މައްސަލައިގެ ތަހުގީގު ނިންމަން ޕީޖީ އޮފީހުން 30 ދުވަހުގެ މުއްދަތެއް އިތުކޮށްދީފައި ވާއިރު އެ މުއްދަތު ހަމަވާން ދެން އޮތީ 13 ދުވަސް ކަމަށް ކޯޓުގެ ލިޔުންތަކުން ދައްކައިފި އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ 10 މީހަކު ހައްޔަރުކޮށް އަށް މީހަކު ބަންދުކުރި ނަމަވެސް، މިހާރު ބަންދުގައި ތިބީ ފަސް މީހެކެވެ. އެއީ ދ. ބަނޑިދޫ، ޕޮލަރިސް، މުހައްމަދު ހުސެއިން، ލ. ކަލައިދޫ، ޖަނަވަރީމާގެ، މުހައްމަދު އަހުމަދު، ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްތަފާ އަދި ބަންގްލަދޭޝްގެ ދެ މީހުން ކަމަށްވާ އެމްޑީ ރަފީގުލް އިސްލާމް އާއި ޑީއެމް މޮބިން އެވެ.
މި މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދު އިތުރުކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ އެ މީހުންގެ ތެރެއިން އެމްޑީ ރަފީގުލް އިސްލާމް ފިޔަވައި ދެން ތިބި އެންމެންގެ ބަންދަށް 14 ދުވަސް ދީފަ އެވެ. ރަފީގުލް އިސްލާމްގެ ބަންދަށް ދިނީ ތިން ދުވަހެވެ.
ކްރިމިނަލް ކޯޓުގެ ކޯޓު އަމުރުގައިވާ ގޮތުން މި މައްސަލައިގެ ތަހުގީގު ނިންމަން ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ފުލުހުންނަށް އިތުރު އިތުރު 30 ދުވަހުގެ މުއްދަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. އެހެންކަމުން ތަހުގީގު ނިންމަން މިހާރު އޮތީ 13 ދުވަހެވެ.
ފުލުހުން މީހަކު ހައްޔަރުކޮށް ބަންދުކުރާ ހިސާބުން އޭނާގެ ތަހުގީގު ނިންމަން ލިބޭނީ 30 ދުވަހުގެ މުއްދަތަކެވެ. ނަމަވެސް، އިތުރު 30 ދުވަސް ޕީޖީއަށް ދެވިދާނެ އެވެ. ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުމުން ގޮތެއް ނިންމަން ޖެހޭނީ 10 ދުވަސް ތެރޭގަ އެވެ.
މި މަސްތުވާތަކެތި އަތުލައިގަތް އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އާއި ބޮޑުކާށިހުރާ އާއި ސަފާރީއެއް އަދި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ. މި ޑްރަގް އެތެރެ ކުރީ ސަފާރީއެއްގައި ކަނޑަށް ނުކުމެ ބޭރުގެ ބޯޓަކުން ޑްރަގް ލޯޑު ކުރުމަށް ފަހު އެވެ. ފުލުހުންނަށް ވަނީ ޑްރަގް އަޅާފައި ހުރި ކަމަށް ބެލެވޭ ގޯނިތައް ސަފާރީއަށް އެރުވި މަންޒަރު ވެސް ފެނިފަ އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ 10 މީހަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ދެ މީހެއްގެ ބަންދު ނުޖަހައި ކޯޓުން ދޫކޮށްލީ އެވެ. އަދި ބަންދު ކުރި މީހުންގެ ތެރެއިން ވެސް ތިން މީހަކު ފަހުން ދޫކޮށްލި އެވެ.
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ޓްރެފިކިންގެ ހަތަރު ދައުވާއާ އެކު އެދުނީ ޓެގް އަޅުވަން
130 ކިލޯ ޑްރަގް:ދެ މީހުން ދޫކުރުމުން އިސްތިއުނާފަށް
ޑްރަގްގެ ނެޓްވޯކެއްގެ ބަޔަކު ދޫވުމުން ހައި ކޯޓަށް
ޑްރަގް ބޯޓު މައްސަލަ އިސްތިއުނާފު ނުކުރަން ނިންމައިފި
ޑްރަގް ބޭނުން ކުރަން ގެ ދިން ކަމަށް ބުނެ ދައުވާކޮށްފި
އިރާނު ޑްރަގް ބޯޓު މައްސަލަ: އެންމެން ސަލާމަތް ވެއްޖެ
ލަންކާ އެއާޕޯޓުން ރެކޯޑް އަދަދެއްގެ ކޮކެއިން
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން
ސިންތެޓިކް ކެނަބިސް ލަންކާއަށް އެތެރެކުރުން ގިނަވަނީ