ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލް ހަލާކުވުމުން އެ އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
07 ޖޫން 2025
ފުނަދޫ އެއާޕޯޓުގެ ފަޔާ ވެހިކަލް ހަލާކުވުމުން އެ އެއާޕޯޓުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.
ށ.ފުނަދޫ އެއާޕޯޓުގެ ދަތުރުތައް ނުކުރެވޭތީ، މޯލްޑިވިއަން އިން މިއަދަށް ޝެޑިއުލްކުރި ފްލައިޓް ވަނީ ނ. މާފަރަށް ޑައިވާޓުކޮށްފަ އެވެ. ފުނަދޫއިން ފުރަން ޓިކެޓް ގަތް ފަރާތްތަކަށް ކަނޑުމަގުން މާފަރަށް ދެވޭނެ އިންތިޒާމުތައް މޯލްޑިވިއަން އިން ހަމަޖައްސައި، ފުރުވާލާފައިވާ ކަމަށް އެ އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަން މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން ވަނީ އެ އެއާލައިންގެ ސޯޝަލް މީޑިއާގައި ވެސް އެެކަން އިއުލާނުކޮށްފަ އެވެ. އިޔާސް ވިދާޅުވީ، ދަތުރުތައް ހުއްޓާލީ އެއާޕޯޓުގެ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލުވާނެ ދުވަހެއް ނޭންގޭ ކަމަށެވެ.
— MaldivianAero (@MaldivianAero) June 7, 2025
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ އެއާޕޯޓުގެ ދަތުރުތައް ހުއްޓާލީ ފަޔާ ވެހިކަލްގެ މައްސަލައަކާ ގުޅިގެންނެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ފުނަދޫ އެއާޕޯޓުގެ ފަޔަ ޓްރަކް ހަލާކުވުމުން މޯލްޑިވިއަންގެ ދަތުރުތައް ކެންސަލްކޮށްފައިވެ އެވެ.
މޯލްޑިވިއަން އިން ހަފްތާއަކު ތިން ދަތުރު ފުނަދޫއަށް ކުރެ އެވެ. ހޮނިހިރު ދުވަހުގެ އިތުރުން ދެން ފޮނުދޫއަށް ދަތުރުތައް ކުރާނީ އަންގާރަ އާއި ބުރާސްފަތި ދުވަހު އެވެ.
ށ. ފުނަދޫ އެއާޕޯޓު ހުޅުވީ 2020 ވަނަ އަހަރު އެވެ. ރީޖަނަލް އެއާޕޯޓްސް އިން ހިންގާ އެ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.
ފުނަދޫ އެއާޕޯޓު އަލުން އޮޕަރޭޝަނަށް ގެނެސްފި
އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ
ފުނަދޫ އެއާޕޯޓް ދެ ދުވަސް ތެރޭ ނިމޭނެ: އެމްޓީސީސީ
ދެ އެއާޕޯޓެއް ހިންގަން އައިއޭއެސް އިން ޝައުގުވެރިވެއްޖެ
އެއާޕޯޓަށް ބިން ހިއްކަން މަހާޖައްރާފް ފުނަދޫގައި
މޯލްޑިވިއަންގެ ފަސް ވަނަ އޭޓީއާރް މަތިންދާ ބޯޓު ގެނެސްފި
އޭ330އިން 14،000 މީހުން މިހާތަނަށް ދަތުރުކޮށްފި
ކޮންމެ ރަށެއްގައި އެއާޕޯޓެއް އެޅުމަކީ ހުރަހެއް: ނަޝީދު
ގޯސްކޮށް ހަވާލުކުރިޔަސް މަގޫދޫ އެއާޕޯޓު މި ދައުރުގައި ހުޅުވަނީ
މުލި އެއާޕޯޓުގެ ފުރަތަމަ ދަތުރު މި މަހުގެ 17 ގައި