ކުރީގެ ސަރުކާރުން ހިންގި ހައުސިން މަޝްރޫއުން ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ކުރާ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
03 ޖޫން 2025
ކުރީގެ ސަރުކާރުން ހިންގި ހައުސިން މަޝްރޫއުން ވަކި ބަޔަކަށް ނާޖައިޒު ފައިދާ ހޯދައިދިން ކަމަށް ކުރާ ތުހުމަތުގައި ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ މިނިސްޓްރީގެ އޭރުގެ އިތުރު ތިން ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން މިއަދު ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.
އެ ކޮމިޝަނުން ބުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާގެ ސްކީމްގެ ފުރަތަމަ ބުރުގެ 4،000 ފްލެޓު ލިބޭ މީހުންގެ ތެރޭގައި ވަކި ބަޔަކު ހިމަނައި ވަކި ބަޔަކަށް ނާޖައިޒު މަންފާ ހޯދައިދިންކަން މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާއިން އެނގޭ ކަމަށެވެ.
އެ މައްސަލައިގައި އަކްރަމްގެ އިތުރުން ދައުވާކޮށްފައިވަނީ އޭރުގެ ސީނިއާ އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި މުހައްމަދު އާރިފާއި ސީނިއާ އެގްޒެކެޓިވް ޝިރުއާމް ވަހީދު އަދި އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލަކަށް އޭރު އަދި މިހާރު ވެސް ހުންނެވި އަހުމަދު ވިޝާން ނަސީމްގެ މައްޗަށެވެ.
އެ ބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމާއި ނާޖައިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
އޭސީސީން ބުނީ އެ ބޭފުޅުންނަށް މިހާރު ދައުވާކޮށްފައިވާ ކުށްތައް ފިޔަވައި އިތުރު ތުހުމަތުތައް ކުރެވޭތީ ފުލުހުންނާ ގުޅިގެން އެ މައްސަލަތައް ތަހުގީގު ކުރަމުން ކަމަށެވެ.
އެ ތުހުމަތުތަކާ ގުޅިގެން އެ ބޭފުޅުންގެ ޕާސްޕޯޓު ހިފެހެއްޓުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށް ދޭން ނިންމި ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި އޭސީސީން ކުރި ބޮޑު ތަހުގީގަށް ފަހު ބުނީ ފުރަތަމަ 4،000 ފްލެޓް ދޭން އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައެޅި މީހުންގެ ތެރެއިން ފްލެޓަށް ހުރިހާ ޝަރުތެއް ހަމަވަނީ އެންމެ 20 ޕަސެންޓް މީހުން ކަމަށެވެ. އެހެންވެ، އެ ލިސްޓް ރިވިއުކުރުމުގެ މަސައްކަތް ވެސް ފެށި އެވެ.
އެކަމަކު، މި ސަރުކާރުން އެންމެ ފަހުން މިދިޔަ ހަފުތާގައި ނިންމާފައިވަނީ ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފްލެޓުތައް، ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓުގައި ހިމެނޭ މީހުންނަށް ދޭށެވެ. އެކަމަކު މަކަރާއި އޮޅުވައިލުމުގެ ތެރެއިން ޝަރުތު ހަމަނުވާ މީހުން އެ ލިސްޓުން އުނިވާނެ ކަމަށް ބުނެފައި ވެ އެވެ.
ހައުސިންގެ ކުރީގެ ވެރިންގެ ޕާސްޕޯޓް ހިފަހައްޓައިފި
ޕާސްޕޯޓް ހިފެހެއްޓީ 50 ގޯތި ވިއްކިކަމަށް ތުހުމަތުކޮށް
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް
ނުހައްގުން ފްލެޓް! މިފަހަރު އިންސާފުވެރިވާނީ ކިހިނެއް؟
ފްލެޓުތަކުގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދެނީ
"އޭސީސީން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް"
ފްލެޓްތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް