05 ޑިސެމްބަރ 2023
ކުރީގެ ސަރުކާރުން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރަން ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން އިއުލާންކުރި 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގެ މައްސަލަތައް ތަހުގީގުކުރަން ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ދޭނެ ކަމަށް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އިއްޔެ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާންކޮށްފައިވާ ފްލެޓް ލިސްޓު މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން އެ ކޮމިޓީގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ ފްލެޓާ ގުޅޭ ކަންކަން މިނިސްޓްރީއާ ހިސާބުން ހުއްޓިފައި އޮތީ އޭސީސީން މައްސަލަ ތަހުގީގު ކުރަމުން އަންނާތީ ކަމަށެވެ.
ހައިދަރު ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުގެ ފްލެޓް ލިސްޓާ މެދު އަމަލުކުރާނީ އޭސީސީން ދޭ ލަފައެއްގެ މަތިންނެވެ. އެ ލިސްޓު ރީއިވެލުއޭޓު ކުރަން ޖެހޭތޯ ނުވަތަ ނޫންތޯ ވެސް ނިންމާނީ އެއަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާރު ނެރެފައި އޮތް ފްލެޓް ލިސްޓް ބާތިލް ނުކުރާނެ ކަމަށެވެ. ނަމަވެސް ފުރަތަމަ 4،000 ފްލެޓް ލިބުނު މީހުންގެ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން، ޝަރުތު ހަމަވާ މީހުން ބަލައި ހައްގުވެރިންނަށް ފްލެޓް ދޭނެ ކަމަށް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ނޫސްވެރިންނާ ވާހަކަދައްކަވަނީ: އޭސީސީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ފްލެޓް ލިބޭ ފުރަތަމަ 4،000 މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ މީހުންނާއި އުސޫލުން ބޭރުން ޕޮއިންޓް ދީފައިވާ ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން އޭސީސީން ވަނީ އެ ލިސްޓަށް ފްލެޓް ދިނުން ހުއްޓާލަން އަންގައިފަ އެވެ. އަދި އެ ކޮމިޝަނުން މައްސަލަ ތަހުގީގުކޮށް ނިމެންދެން ފްލެޓް ދިނުމުގެ އެއްވެސް މަސައްކަތެއް ނުކުރަން މިނިސްޓްރީ އަށް ވަނީ އަންގައިފަ އެވެ.
އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގު ލަސްވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ގާއިމްކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"ގެ އެކްސެސް ނުލިބިގެން ކަމަށެވެ.
ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ އެ އެކްސެސް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އެ ބޭފުޅުން [އޭސީސީން] ފޮނުވާފައި އޮތް ސިޓީގައި އޮންނަނީ ވަކި ކަހަލަ ޝަރުތުތަކެއް ދީފައި އެކްސެސް ދިނުމަށް. އެއީ އަޅުގަނޑުމެންނަށް އެކްސެސް ނުވެވޭ ގޮތަށް އަދި އެ ބޭފުޅުންނަށް ވަކި ކަހަލަ ކަންތައްތަކެއް ކުރެވޭ ގޮތަށް. އެ ޕޯޓަލް އަކީ ޑިވެލޮޕަރުންތަކެއް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕޯޓަލްއެއް. އެ ޕޯޓަލް އަށް ގެންނަ ޖެހޭ ބަދަލުތަކެއް ހުރުމުން އެ ބަދަލުތައް ގެނައުމަށް ދުވަސްކޮޅެއް ނަގަނީ މި،" ހައިދަރު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތުން ހަފުތާއެއްހާ ދުވަސް ތެރޭގައި އެ މަސައްކަތް ނިމޭނެ. އެ މަސައްކަތް ނިމުނީމަ އެ ބޭފުޅުންނަށް ފުލް އެކްސަސް ލިބޭނެ."
ކުރީ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓްގެ ޓަވަރުތައް: ގެދޮރުވެރިޔާ ޕޯޓަލްގެ ފުލް އެކްސެސް އޭސީސީ އަށް ދޭން އާ ސަރުކާރުން ވަނީ ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭސީސީން ބުނި ގޮތުގައި، ފްލެޓު ލިސްޓުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި؛
• ރަށްރަށުގައި ދިރިއުޅޭ އަދި ވަޒީފާ އަދާކުރާ މީހުންކަން ލިޔެކިޔުމުން އެނގޭއިރު ވެސް ފްލެޓަށް ޝަރުތު ހަމަވެފައިވުން.
• ދަރިން ނެތް މީހުންގެ ދަރިން ތިބި ކަމަށް ބަލައި ޕޮއިންޓް ދީފައިވުން.
ކޮންމެ ފަހަރަކު ބޯހިޔާވަހިކަމަށް ބަޔަކު ހޮވުމުގެ ބަދަލުގައި، ބޭނުންވާ މީހުންގެ ވެއިޓިން ލިސްޓެއް ހަދަނީ https://t.co/Hlm2rudQ7H
— Mihaaru (@Mihaarunews) December 4, 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދިނުމާ ބެހޭ އުސޫލުގައި، ފްލެޓް ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ބުނެފައި އޮންނަނީ ފްލެޓަށް އެދޭ މީހާ ނުވަތަ މައި އެޕްލިކަންޓަކީ މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށެވެ.
އާ ސަރުކާރުން ބޯހިޔާވަހިކަމަށް 15 އަހަރުގެ ޕްލޭނެއް ހަދަމުން އަންނައިރު، ސިޔާސަތަކީ އާންމުންނަށް ފަސޭހަކަމާ އެކު ދިރިއުޅެވޭނެ ފަހި މާހައުލެއް ގާއިމުކޮށް އެތަނެއްގައި މީހުން އާބާދުކުރުމެވެ.
ބޯހިޔާވަހިކަމުގެ ވަކިވަކި މަޝްރޫއުތަކަށް އިއުލާނުކޮށްގެން ކޮންމެ ފަހަރަކު މީހުން ހޮވުމުގެ ބަދަލުގައި، ގެދޮރަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ މީހުންގެ "ވެއިޓިން ލިސްޓް" އެއް ހަދަން ސަރުކާރުން ނިންމާފައިވާ ކަމަށް ވެސް ހައުސިން މިނިސްޓަރު ހައިދަރު އިއްޔެގެ ކޮމެޓީގައި ވިދާޅުވި އެވެ.
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ
ފްލެޓް ދޫކުރަން މިނިވަން ކޮމެޓީއެއް އެކުލަވާލަނީ
ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ
ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތެއް ދޭން އަންގަނީ
މައްސަލަ ނެތް ފްލެޓްތަކުގެ ލިސްޓެއް މިނިސްޓްރީއަށް
ނުހައްގުން ފްލެޓް! މިފަހަރު އިންސާފުވެރިވާނީ ކިހިނެއް؟
ފްލެޓުތަކުގެ މައްސަލާގައި ޖިނާއީ ތަހުގީގެއް ހިންގަނީ
ފްލެޓް ލިބުނު 60 ޕަސެންޓް މީހުން ޝަރުތު ހަމަނުވޭ
ފްލެޓް މައްސަލަ: އޭސީސީގެ އިތުރު ލަފާ ހޯދައިފި
ފްލެޓު މައްސަލާގައި މީހުން ހާޒިރުކޮށް ސުވާލުކުރަނީ