ރާއްޖެއަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" ގެ ދަށުން އެންމެ ފުރަތަމަ ވެސް ޑިޖިޓަލް ކުރާނީ ރާއްޖޭގެ ސިއްހީ ދާއިރާ ކަމަށާއި އޭގެ ސަބަބުން މައުލޫމާތު ނުފޮރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
01 ޖޫން 2025
ރާއްޖެއަށް ޑިޖިޓަލް ދާއިރާ އިން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ފަށާފައިވާ "މޯލްޑިވްސް 2.0" ގެ ދަށުން އެންމެ ފުރަތަމަ ވެސް ޑިޖިޓަލް ކުރާނީ ރާއްޖޭގެ ސިއްހީ ދާއިރާ ކަމަށާއި އޭގެ ސަބަބުން މައުލޫމާތު ނުފޮރުވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ރައީސް އިއްޔެ ރޭ ވިދާޅުވީ މޯލްޑިވްސް 2.0 ގެ ދަށުން ރާއްޖޭގެ ސިއްހީ ދާއިރާ ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން ފައިދާ ބޮޑުވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޕްރައިވެޓް ކްލިނިކްތަކުން ޓެސްޓުތައް ހެދުމުން އޭގެ ޑޭޓާ އެހެން ހޮސްޕިޓަލުތަކަށް މިހާރު ނުލިބުނު ނަމަވެސް ޑިޖިޓަލް ކުރުމުން ހޮސްޕިޓަލުތަކުން ބޭނުން ކުރަމުން އަންނަ ކުދިކުދި ޕޯޓަލްތަކުގެ ބަދަލުގައި ބޭނުންކުރާނީ އެއް ޕޯޓަލެއް ކަމަށެވެ. އޭގެ ސަބަބުން، އެއްވެސް މީހަކަށް ޑޭޓާ ނުފޮރުވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މޯލްޑިވްސް 2.0 ގެ ދަށުން ގާނޫނެއް އުފައްދާނެ ކަމަށާއި ރާއްޖޭގައި އެ ގާނޫނު އެޕްލައި ނުވާނެ މީހަކު ނުހުންނާނެ ކަމަށެވެ. ކޮންމެ ދިވެހި ރައްޔިތަކަށް ޑިޖިޓަލް އައިޑީ ކާޑެއް ދިނުމުން، އެ ކާޑުގެ ތެރެއިން ކޮންމެ މީހެއްގެ ވެސް ޑޭޓާ ހުންނާނީ ހޯދިފައި ކަމަށާއި އޭގެ ސަބަބުން ފަރުވާދޭ ޑޮކްޓަރުންނަށް ވެސް ފަސޭހަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މި ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑީ ކާޑެއް ތައްޔާރު ވެގެންދާއިރު މި ޑިޖިޓަލް ކާޑުގެ ތެރެއިން އެ މީހާގެ ޑޭޓާ ހުންނާނީ ހޯދިފައި. އެހެންވީމަ ފަރުވާދޭ މީހާ އަށް ވެސް ފަސޭހަވާނެ. އޭނާގެ ކުރީގެ ޑޭޓާ ފެންނާނެ. އަމިއްލަ އަށް ވެސް އެކްސެސް ވެވޭނެ. ހުރިހާ ކުދިކުދި ޕޯޓަލްތައް އެއްކޮށްލާ އެއް ޕޯޓަލަކުން ވާނެ ގޮތަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު، އައިޖީއެމްއެޗަށް ކުރެއްވި ޒިޔާރަތުގައި ހެލްތު މިނިސްޓަރު ނާޒިމާއި އެ ހޮސްޕިޓަލްފެ ސީއީއޯ ހަލީމް އަދި އެހެން ބައެއް މިނިސްޓަރުންނާ އެކު.---ފޮޓޯ: ރައީސް އޮފީސް
ރައީސް ސިފަކުރެއްވި ގޮތުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިއަށް އޮތީ އުޖާލާ ދުވަސްތަކެކެވެ.
އެ މަނިކުފާނު ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން ކުރަން ޖެހޭ މަސައްކަތްތައް ބައިވަރު އެބަ ހުރި ކަމަށެވެ. އޭގެ ތެރޭގައި ރައީސް ވިދާޅުވީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން މަސައްކަތްކުރާ ޑޮކްޓަރުން، ބަލި މީހުން ބަލާ އަދަދު އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ ސަރުކާރު ހޮސްޕިޓަލުތަކުގައި ބަލި މީހުން ނުބަލައި، ޑޮކްޓަރުން އަމިއްލަ ކްލިނިކްތަކުގައި ބަލި މީހުން ބަލަން ތިބޭ މައްސަލައިގަ އެވެ. އެހެންވެ، ބަދަލުތަކެއް ގެނެސްގެން ވިޔަސް، ހޮސްޕިޓަލުތަކުގައި ޑޮކްޓަރުން ބަލާ، ޕޭޝަންޓުންގެ އަދަދު އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގެ ދަށުން މަސައްކަތްކުރާ ޑޮކްޓަރުން ޕޭޝަންޓުން ބަލާ އަދަދު އިތުރުކުރަން އެބަޖެހޭ. ސަރުކާރުން ކިޔަވައިދީފައި ތިބި ޑޮކްޓަރުން މިއީ. ޑޮކްޓަރުން ގޮސް ޕްރައިވެޓް ކްލިނިކްތަކުގައި މި ތިބެނީ،" ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ ޕޮޑްކާސްޓުގައި ރައީސް ޑރ. މުއިއްޒު ވާހަކަފުޅުދައްކަވަނީ.- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ބަލި މީހުން ބަލާ އަދަދުތައް އިތުރު ކުރާނީ، ޑޮކްޓަރުން ފޯރުކޮށްދެނީ ކޮލިޓީ ރަނގަޅު ފަރުވާއެއްކަން ކަށަވަރުވާނެ ގޮތަށް ކަމަށެވެ.
ސިއްހި ދާއިރާގެ ހިދުމަތް ރަނގަޅުކުރުމަށް ކުރާ މަަސައްކަތުގެ ދަށުން ވަނީ އެންމެ ގިނަ މީހުން ދައްކަން ބޭނުންވާ ސްޕެޝަލިސްޓު އޭރިއާތަކުގެ ކިއު ކުޑަކުރުމަށް ރޭގަނޑު އޯޕީޑީގެ ހިދުމަތް އައިޖީއެމްއެޗުގައި މިހާރު ފަށައިފަ އެވެ. އޭގެ ތެރޭގައި ދަތުގެ ފަރުވާ އާއި ޑައިޓާ ގުޅޭ ޑިޕާޓްމަންޓާއި އެންޑޮކްރޮނޮލޮޖީ އާއި ނާރުގެ ބަލިތަކާއި ކަރުންމަތީގެ އޯޕީޑީ ހިމެނެ އެވެ.
ރައީސް ވިދާޅުވީ ސިއްހީ ދާއިރާ ކުރިއަރުވަން މި ސަރުކާރުން ކުރި މަސައްކަތުގެ ދަށުން އިތުރު 1،200 ވަޒީފާ އުފެއްދި ކަމަށެވެ. އަދި 4،000 މިލިއަން ރުފިޔާގެ ސިއްހީ މަަޝްރޫއުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ އެބަދާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވަނީ ނަމްބަރު އައިނު ހައްދަން އާސަންދަ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ދޭ 1،000ރ. ގެ ބަދަލުގައި އެ އަދަދު 2،000ރ. އަށް ބޮޑުކުރުމާ އެކު، އޭގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކައި އައިޖީއެމްއެޗުގައި އައިނުގެ ވިޔަފާރި ފަށަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ސިއްހީ ދާއިރާ ރަނގަޅު ކުރުމަށް ކުރަންޖެހޭ އިތުރު ކަންކަން ކުރައްވާނެ އެވެ.
"ދައުލަތުގެ ޑިޖިޓަލް ނިޒާމު އޮތީ ވަރަށް ބަލިކަށިކޮށް"
ޑިޖިޓަލް ދަތުރުގަ ބައިވެރިވާން އިދިކޮޅަށް ގޮވާލައްވައިފި
"މޯލްޑިވްސް 2.0 ގެ ބޭނުމަކީ އީ ވޯޓިންއެއް ނޫން"
"ކޮރަޕްޝަން ނައްތާލަން ގައުމު ޑިޖިޓަލް ކުރަންޖެހޭ"
ޑިޖިޓަލްކޮށް އެއްބަޔަކު ގޭގައި މަސައްކަތްކުރާގޮތް ހަދަނީ
މޯލްޑިވްސް 2.0 ސަމިޓް އިފުތިތާހުކޮށްފި
ހުޅުމާލޭ ހޮސްޕިޓަލު ޓާޝަރީ ފެންވަރަށް ބަދަލުކޮށްފި
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި
ދަރިމައިވުމުގެ ފަރުވާގެ ސްކޮލާޝިޕްތަކެއް ޑޮކްޓަރުންނަށް
ހައްޖުވެރިންގެ މެޑިކަލް ކަންކަން އެ ރަށަކުން ފަހިކުރަނީ