ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ޓީޗަރު ހައްޔަރު ކޮށްފި އެވެ.
28 މެއި 2025
ތ. ކަނޑޫދޫ ސްކޫލުގެ ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލި ކަމަށް ތުހުމަތުކުރާ މައްސަލައިގައި އެ ޓީޗަރު ހައްޔަރު ކޮށްފި އެވެ.
އިންޑިއާ ޓީޗަރަކަށް ތުހުމަތު ކުރާ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތުވާ ޓީޗަރު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. ނަމަވެސް އަދި ބަންދުގެ މުއްދަތު އިތުރު ނުކުރާ ކަމަށް ބުންޏެވެ.
ފުލުހުން ކުރިން ބުނީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި ކަމަށް ބުނާ މައްސަލައިގައި އެ ކުއްޖާއަށް ވޭމަންޑޫ ހޮސްޕިޓަލުގައި ވެސް ފަރުވާ ދީފައިވާ ކަމަށެވެ.
ނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ކިޔަވައިދެމުން ދަނިކޮށް އެ ދަރިވަރު ޓީޗަރުގެ ބުރަކަށީގައި ފެން ފުޅިއަކުން ޖެހުމުން ކަމަސެވެ.
"ޖެހުނީމާ ކުލިއަކަށް އެނބުރިފައި މި ހިފުނީ އެ ދަރިވަރުގެ އިނގިލީގައި އެ ޓީޗަރަށް. އެއީ ވީގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވީ މި ހާދިސާއަށް ފަހު ދަރިވަރުގެ ބެލެނިވެރިން ވަނީ ދަރިވަރުން ސްކޫލްގައި ކިޔަވަން ތިއްބައި ސްކޫލަށް ވަދެ، ވަރަށް ހަޑިހުތުރު ބަހުން "ޒުވާބު ކޮށްފައި" ކަމަށެވެ. އެހެންވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ދަރިވަރެއްގެ "އިނގިލި އަނބުރާލި" ޓީޗަރު ދޫކޮށްލައިފި
ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލި މައްސަލައެއް
ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ޖެހި މައްސަލައެއް ބަލަނީ
ގްރޫމްކުރި މައްސަލައިގައި ޓީޗަރަށް ދައުވާކުރަނީ
ތ. އަތޮޅު ރަށްތަކަށް ގޮތްނޭނގޭ ފަތްތަކެއް ލައްގަނީ
އަލަމްގީރުގެ މައްސަލަ: ޓީޗަރަކު ސަސްޕެންޑުކޮށްފި
ދަރިވަރުންނާ ބެހުނުކަމުގެ ތުހުމަތު ޓީޗަރަކަށް
ޓީޗަރަކު އިޒްރޭލަށް ތާއީދުކުރުމުން ރަށުން ބާލައިފި
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ކުދިންތަކަކާ ބެހުނުކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު