ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރާ ފިރިހެން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.
05 އޯގަސްޓް 2022
ގްރޫޕް ހަދައިގެން އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުކުރާ ފިރިހެން ޓީޗަރަކު ސަސްޕެންޑުކޮށްފި އެވެ.
ބަންގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރާއެކު އިތުރު ދެ ފިރިހެނަކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ދައުރުވާން ފެށިއިރު އޭގެ ތެރެއިން އެކަކީ ވަރަށް ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލުގެ ޓީޗަރަކަށް ހުރި ދިވެއްސެއް ކަމަށް ތުހުމަތު ކުރާތީ "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މިއަދު ވިދާޅުވީ އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ޓީޗަރަކު ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ސަސްޕެންޑުކުރީ މި ފަހަކާ ޖެހެންދެން ވެސް އިމާދުއްދީން ސްކޫލްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިން ޓީޗަރެކެވެ. އެކަމަކު، މިހާރު އޭނާ މަސައްކަތްކުރާ ސްކޫލެއް އަދި ސާފެއް ނުވެ އެވެ.
އެ ޓީޗަރުގެ ނަމާއި އެޑްރެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.
ކުރިން ލީކްވި ވީޑިއޯތަކުގެ މައްސަލައިގައި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދި ޑްރަގް އެންޑް އެންފޯސްމަންޓް (ޑީއީޑީ) ގައި މަސައްކަތްކުރާ ފުލުހަކު ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.
އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ކަސްޓަމްސްގެ އޮފިސަރަކު ވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަލަމްގީރާއެކު، އެތައް ފިރިހެނުންނެއް ޖިންސީ ގުޅުން ހިންގާާފައިވާ ތުހުމަތު ކުރެވުނަސް މިހާތަނަށް ހައްޔަރު ކޮށްފައި ވަނީ ތިން މީހެކެވެ.
އެކަމަކު، އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުގެ ބައެއް މީހުން ހިމެނޭތީ، އެ މީހުންގެ މައްސަލަ ބަލަމުން އަންނަކަން ފުލުހުން ވަނީ އެ އޮފީސްތަކަށް އަންގައިފަ އެވެ. އަދި ތުހުމަތު ކުރެވޭ ބައެއް މީހުން ވަނީ ވަޒީފާތަކުން ސަސްޕެންޑް ކޮށްފައި ކަމަށް ވެ އެވެ.
އަލަމްގީރާއެކު، ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުންނާއި ވިޔަފާރިވެރިން ހިމެނޭ ގޮތަށް އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވާން ފެށީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުގަ އެވެ. އެ މައްސަލައިގެ ތުހުމަތުގައި މިިދިޔަ މަހުގެ 12 ގައި އޭނާ ހައްޔަރުކޮށް، އެ މައްސަލަތައް އަންނަނީ ތަހުގީގު ކުރަމުންނެވެ.
ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ޖެހި މައްސަލައެއް ބަލަނީ
ޓީޗަރަކު އިޒްރޭލަށް ތާއީދުކުރުމުން ރަށުން ބާލައިފި
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
ކުދިންތަކަކާ ބެހުނުކަމުގެ ތުހުމަތުގައި ޓީޗަރަކު ހައްޔަރު
ދަރިވަރަކު ގްރޫމްކުރި ޓީޗަރު ވަޒީފާއިން ވަކިކޮށްފި
ދަރިވަރަށް އަނިޔާކުރި ޓީޗަރު ކޯޓުން ދޫކޮށްލައިފި
ދަރިވަރަކަށް އަނިޔާކުރި ޓީޗަރެއްގެ މައްސަލަ ޕޮލިހަށް
ގްރޫމްކުރި މައްސަލައިގައި ޓީޗަރަށް ދައުވާކުރަނީ
ރެކޯޑް އަދަދެއްގެ މީހުން މިއަހަރު ޓީޗިން ޑިގްރީ ހަދަނީ
ޓީޗިން ކިޔަވާ 135 ދަރިވަރުންނަށް ސްކޮލާޝިޕް ދީފި