އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފަަޅާއަރައި އަދި އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށް ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
10 ޖޫން 2021
އުތުރުގެ ރަށެއްގައި ދިވެހި އަންހެން ޓީޗަރަކު އޭނާގެ 16 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނު ކަމަށް ބުނާ މައްސަލައެއް ފަަޅާއަރައި އަދި އެ ޓީޗަރުގެ ފަރާތުން އެހެން ދަރިވަރުންނަށް ވެސް ޖިންސީ ގޯނާ ލިބިފައިވާ ކަމަށް ބެލެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އިން ބުނި ގޮތުގައި ނޯތު ޕޮލިސް ޑިވިޝަން (ނ، ރ، ބ އަދި ޅ އަތޮޅު ސަރަހައްދު) ގެ ރަށެއްގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ ދިވެހި އަންހެނަކު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ހުށަހެޅީ އިއްޔެ އެވެ.
އަންހެން މީހާގެ ފަރާތުން އިތުރު ކުދިންނަށް ވެސް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން މައްސަލަ ބަލަމުން އައި ނަމަވެސް އަދި މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި ތުހުމަތުކުރެވޭ މީހާ އަކީ އެ ރަށު މީހަކާ އިނދެގެން އުޅޭ އެހެން ރަށެއްގެ މީހެކެވެ. އެ މީހާ މިހާރު ވަނީ އަމިއްލަ އަށް އޭނާގެ ރަށަށް ގޮސްފައި ކަމަށްވެ އެވެ.
މިކަން ހިނގި ރަށުން "މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ ޓީޗަރު ކުއްޖާއަށް ޖިންސީ މުއާމަލާތްތަކެއް ކޮށްފައިވެ އެވެ. އެ މައްސަލަ ފަޅައިއެރުމާ އެކު މިއަދު ފުލުހުންނާއި ޖެންޑާގެ ޓީމެއް އެރަށަށް ގޮސްފައިވެ އެވެ.
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!
17 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް
ދަރިފުޅާ ބެހުނު ކަމަށް ތުހުމަތުވި މީހާ ދޫކޮށްލައިފި
ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި
ޔުނާން އަލުން ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ ދައުވާތަކުން ޓީޗަރު ސަލާމަތްވެއްޖެ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ގުރޫޕް ޖިންސީގޯނާގެ މައްސަލަ: މީހަކު ހައްޔަރެއް ނުކުރޭ
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް