ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ކޮންޓްރެކްޓް 2027 ގެ ނިޔަލަށް އެ ކްލަބުން އާކޮށްފި އެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ކޮންޓްރެކްޓް 2027 ގެ ނިޔަލަށް އެ ކްލަބުން އާކޮށްފި އެވެ.
މި ސީޒަނުގައި ބާސެލޯނާއާ ހަވާލުވި ޖަރުމަން ކޯޗު ވަނީ އެ ޓީމަށް ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް، އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްދީފަ އެވެ. ނާކާމިޔާބުވީ ޗެމްޕިއަންސް ލީގުގައި އެކަންޏެވެ. އެ މުބާރާތުން ކެޓީ ސެމީ ފައިނަލުންނެވެ.
ބާސެލޯނާ އިން ފްލިކް ގެނައީ، މިދިޔަ ސީޒަން ހުސް އަތާ ނިންމާލަން ޖެހުމުން އޭރުގެ ކޯޗު ޒަވީ ހެނާންޑޭޒް ބޭރުކުރުމަށް ފަހު އެވެ.
ފްލިކް އެންމެ ފުރަތަމަ ހެދި ކޮންޓްރެކްޓް އަންނަ ސީޒަނަށް ފަހު ހަމަވާނެ އެވެ. ކޮންޓްރެކްޓް އާކުރީ ދެ ފަރާތުން ވެސް މަސައްކަތާ މެދު ހިތްހަމަޖެހުމުންނެވެ. ފްލިކް ވަނީ ޒުވާން ލަމީން ޔަމާލް އާއި ރަފީނިއާ އަދި ރޮބަޓް ލެވޮންޑޮސްކީ އާއި ޕެޑްރީ ފަދަ ކުޅުންތެރިންނާ އެކު ބާސެލޯނާގައި ވަރުގަދަ ޓީމެއް ބިނާކޮށް އަލުން ޔޫރަޕުގެ މަތީ ފެންވަރަށް އެ ޓީމު ގެންގޮސްދީފަ އެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނީ ފްލިކް ފުރަތަމަ ސީޒަނުގައި ވެސް ގެނައި ބަދަލުތަކާ އެކު، ބާސެލޯނާ އަކީ އަނެއްކާ ވެސް ޔޫރަޕުގެ ޓީމުތަކުން ޖެހިލުންވާ ޓީމަކަށް ބަދަލުވެއްޖެ ކަމަށެވެ.
ފްލިކް ވަނީ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އޭނާ އެ ޓީމާ އެކު ޖަރުމަން ލީގާއި، ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބް ޥޯލްޑް ކަޕް ކާމިޔާބުކުރި އެވެ. އޭގެ ފަހުން ޖަރުމަން ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިނެވެ.
ޔަމާލް 2031 ގެ ނިޔަލަށް ކޮންޓްރެކްޓް އާކޮށްފި
ބާސެލޯނާ އިން ލުއިޒް ޑިއާޒް ގެންނަން މަސައްކަތްކުރަނީ
ޔަމާލްގެ ގޯލަކުން މޮޅުވެ ބާސާއަށް ލީގު ޗެމްޕިއަންކަން
ރެއާލް މޮޅުވުމުން ބާސާގެ އިންތިޒާރު ދިގުވެއްޖެ
ރެއާލް ބަލިކޮށް ބާސާ ޗެމްޕިއަންކަމާ ގާތަށް
ބާސާ ބަލިވުން ބޭއިންސާފު: ފްލިކް
ވަރުގަދަ ދެޓީމު ބަލިކޮށް، އިންޒާގީގެ ތައުރީފު ޓީމަށް
ބާސާ ހިތްދަތިކޮށްލުމަށް ފަހު އިންޓަ ފައިނަލަށް
އިންޓަ ކޯޗުގެ ނިދި ގެއްލުވާލާ ކުޅުންތެރިޔަކީ ޔަމާލް
ޔަމާލަށް ވުރެ ބާސާއަށް އެންމެ މުހިއްމީ ޕެޑްރީ: ކްރޫސް