ބާސެލޯނާގެ ޓީނޭޖް ތަރި ލަމީން ޔަމާލް އެ ކްލަބުގައި 2031 ގެ ނިޔަލަށް މަޑުކުރަން އިއްޔެ ކޮންޓްރެކްޓްއާކޮށްފި އެވެ.
ބާސެލޯނާގެ ޓީނޭޖް ތަރި ލަމީން ޔަމާލް އެ ކްލަބުގައި 2031 ގެ ނިޔަލަށް މަޑުކުރަން އިއްޔެ ކޮންޓްރެކްޓްއާކޮށްފި އެވެ.
އުމުރުން 17 އަހަރުގެ ޔަމާލް އަކީ މިހާރު ވެސް ބާސެލޯނާގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އެވެ. މި ސީޒަނުގައި އެ ޓީމުން ސްޕެނިޝް ލީގާއި، ސްޕެނިޝް ކަޕް ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކުރުމުގައި އޭނާ ބޮޑު ހިއްސާއެއްވި އެވެ.
ބާސެލޯނާ އިން ބުނީ ޔަމާލް ކޮންޓްރެކްޓް އާކުރުން ދޭހަކޮށްލެނީ އެ ޓީމުގެ ޕްރޮޖެކްޓުގެ ހަރުދަނާކަން ކަމަށެވެ. މާލީ ދަތިތަކާ ހެދި ފަހަކަށް އައިސް ދެރަ ހާލަތެއްގައި އޮތް މިހާރު ބާސެލޯނާ މިހާރު އޮތީ ހަންސީ ފްލިކުގެ ކޯޗުކަމުގައި އަލުން ކުރީގެ ފެންވަރަށް ދިއުމުގެ މަގުމަތީގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާ ކޮންޓްރެކްޓާ އެކު ޔަމާލް ވެގެންދާނީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު އެއް ކުޅުންތެރިޔާ އަށެވެ. އޭނާ އަކީ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށް ހެދުމަށް އޭޖެންޓް މަސައްކަތްކުރި ކަމަށް ވެސް ވާހަކަ ދެކެވުނެވެ. އެކަމަކު ބާސެލޯނާ އިން އެކަމަށް ގަބޫލެއް ނުވި އެވެ. އެކަމަކު ބޯނަސްތަކާ އެކު މިހާރު ވެސް އޭނާ ވެފައިވަނީ އެ އުމުރުގައި އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ އަށެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މަސިއާ އެކަޑަމީން ތަމްރީންވި ޔަމާލް ސީނިއާ ޓީމަށް ކުޅެން ފެށީ ޒަވީ ހެނާންޑޭޒްގެ ކޯޗުކަމުގައި އުމުރުން 15 އަހަރުގައި 2023 ގަ އެވެ. އަންނަ މަހު އުމުރުން 18 އަހަރު ފުރޭ ޔަމާލް އަކީ، ސްޕެއިން ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ. އެގޮތުން އެ ޓީމަށް މިދިޔަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިނުމުގައި އޭނާ ބޮޑު ދައުރެއް އަދާކުރި އެވެ.
މެސީއަށް ފަހު އެންމެ މޮޅު ކުޅުންތެރިޔަކީ ޔަމާލް: ގަވީ
ޔަމާލަށް ޕީއެސްޖީން 260 މިލިއަނުގެ ހުށަހެޅުމެއް
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޔަމާލްގެ ބައްޕަ ގަޔަށް ވަޅިހަރައި ޒަހަމް ކޮށްލައިފި
ޔަމާލް މުގުރާލި ޕެލޭގެ ރެކޯޑާއި ހައިރާންކޮށްލި ގޯލު!
ފްރާންސާ ދެކޮޅަށް މިފަހަރު ވެސް ޔަމާލް ވިދާލައިފި
ފްލިކްގެ ކޮންޓްރެކްޓް ބާސެލޯނާ އިން އާކޮށްފި
ބާސެލޯނާ އިން ލުއިޒް ޑިއާޒް ގެންނަން މަސައްކަތްކުރަނީ
ޔަމާލްގެ ގޯލަކުން މޮޅުވެ ބާސާއަށް ލީގު ޗެމްޕިއަންކަން
ރެއާލް މޮޅުވުމުން ބާސާގެ އިންތިޒާރު ދިގުވެއްޖެ