ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދު ގެއަށް ހިނގައްޖެ އެވެ.
ކޮމިޝަނަރުންނާ މެދު ހިތްހަމަނުޖެހިގެން ބްރޯޑްކާސްޓިން ކޮމިޝަންގެ މުވައްޒަފުންތަކެއް މަސައްކަތް ހުއްޓާލައި މިއަދު ގެއަށް ހިނގައްޖެ އެވެ.
އެ އޮފީހުން ވާހަކަ ދެއްކި ހިއުމަން ރިސޯސަސް އަދި އެޑްމިން ޑިޕާޓްމަންޓުގެ ޑިރެކްޓަރު އަހުމަދު ރާޝިދު "މިހާރު" އަށް ވިދާޅުވިގޮތުގައި މަސައްކަތް ހުއްޓާލައި މުވައްޒަފުން ދާން ނިންމީ ބޭ އިންސާފުން ކަންތައް ކުރާތީ ކަމަށް ބުނެ އެވެ.
އަނެއް މައްސަލަ ކަމަށް ފާހަގަކުރީ، މުވައްޒަފުންނަށް ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރެއްވި ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސަސްޕެންޑު ކުރުމެވެ. ތިން ދުވަހަށް އޭނާ ސަސްޕެންޑުކުރުމުން އެ ތަނުގެ ޒިންމާތަކާ މިހާރު ހަވާލުވެ ހުރި ބޭފުޅަކު މުވައްޒަފުންނަށް ނޭނގޭ ކަމަށް ރާޝިދު ވިދާޅުވި އެވެ.
އެ ފަދަ ހިތްހަމަނުޖެހުންތަކާ ހެދި 25 މުވައްޒަފުން ތިބި ކޮމިޝަނުން، ސަލާމުގައި ތިބި މީހުން ނުލައި 10 މުވައްޒަފަކު މިއަދު އަނބުރާ ގެއަށް ގޮސްފައިވާ ކަމަށް ރާޝިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގައި އޭނާ މަސައްކަތް ކުރައްވާތާ 14 އަހަރު އަދި ބްރޯޑްކާސްޓިން ދާއިރާގައި 28 އަހަރުވެއްޖެ ކަމަށެވެ. ނަމަވެސް، މީގެ ކުރިން އެއްވެސް ބޭފުޅަކު، އެ ކޮމިޝަންގައި ދެން ތިއްބެވީ ނާގާބިލް މުވައްޒަފުން ކަމަށް ދޭހަވާ ގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ.
"ހުރިހާ މުވައްޒަފުންނަކީ ވެސް ނާގާބިލު މީހެއް ކަމަށް ގަބޫލުކުރަނީ. އަޅުގަނޑު ސަރުކާރަށް ހިދުމަތް ކުރާތާ މިހާރު 40 އަހަރު ވަނީ. އެކަމަކު، ކުއްލިއަކަށް އައި ބަޔަކަށް ނާގާބިލް ބައެއް ކަމަކަށް ގަބޫލު ކުރެވުމަކީ ވެދާނެ ކަމެއް،" ރަޝީދު ވިދާޅުވި އެވެ.
"އެކަމަކު، ނާގާބިލް ވެގެން ދިން ނަސޭހަތެއް ނެތް."
އޭނާ ވިދާޅުވީ އިހުތިޖާޖަށް ނުކުތީ އިތުރު ގޮތެއް ނެތުމުން ކަމަށާއި ހިދުމަތް ހުއްޓާލަން ޖެހުމުން ދެރަވާ ކަމަށެވެ.
ރާޝިދު ވިދާޅުވި ގޮތުގައި ބްރޯޑްކާސްޓް މީޑިއާ ތަރައްގީ ކުރުމަށް ބޭރުގެ އެހީ ހޯދައިގެން ލިބޭ ދަތުރުތައް ބޭނުންކުރަނީ ކޮމިޝަންގެ މެމްބަރުންނެވެ. މުވައްޒަފުންނަށް ފުރުސަތުތައް ފަހިކޮށް ނުދިނަސް، އެޕްރައިޒަލް އިން ކޮންމެ އަހަރަކު ވެސް މަތިން މާކްސް ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރޯޑްކޮމްގެ އެސްޖީ އިއްޔެ އިން ފެށިގެން ތިން ދުވަހަށް ސަސްޕެންޑުކުރީ ވަރަށް ގިނަ ސަބަބުތަކާ ގުޅިގެން ކަމަށް ވެ އެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ނިންމުންތަކަށް ހުރަސް އެޅުމާއި މެމްބަރުންނަށް އިހުތިރާމް ނުކުރުން ފަދަ ސުލޫކީ މައްސަލަތަކެއް ހިމެނޭ ކަމަށް ބްރޯޑްކޮމްގެ މެމްބަރަކު ވިދާޅުވި އެވެ.
ހާއްސަކޮށް ބްރޯޑްކޮމްގެ ނިންމުންތައް ތަންފީޒު ކުރުމުގައި އެއްބާރުލުން ނުދިނުމާއި ނިންމުންތައް ބަލައިނުގަންނަކަން އެ ކޮމިޝަންގެ ވެރިންނަށް ފާހަގަކުރެއްވޭ ކަމަށް މެމްބަރަކު ވިދާޅުވި އެވެ.
ބްރޯޑްކޮމް އަށް ޒަމްއަތު އައްޔަންކޮށްފި
ބްރޯޑްކޮމްއިން ޒީނިޔާ ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް
ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި
ބްރޯޑްކޮމްގެ އެސްޖީ ކަމަށް ހުޅުވާލައިފި
ބްރޯޑްކޮމްގެ އެސްޖީގެ މަގާމުން ޒީނިޔާ ވަކިކޮށްފި
ބްރޯޑްކޮމްގެ އައިޓީ އޮފިސަރު ވެސް ސަސްޕެންޑުކޮށްފި
ބްރޮޑްކޮމްގެ ސާވާގެ މައްސަލަ ހައްލުކުރީ ފުލުހުން
ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް 3 ދުވަހަށް ސަސްޕެންޑު
ބްރޯޑްކޮމްގައި މަސައްކަތްކުރަން ދަތިވާތީ ޕެޓިޝަނެއް!
ބްރޯޑްކޮމް މެމްބަރު މުހަންމާ ޕީއެންސީގެ ސެނެޓަށް