މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފުން އެ ކޮމިޝަންގައި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭތީ އެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މުވައްޒަފުން އެ ކޮމިޝަންގައި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭތީ އެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
އެ ކޮމިޝަންގެ މުވައްޒަފުންގެ ޕެޓިޝަނާ އެކު، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް ވަނީ އެ މައްސަލަ މިދިޔަ ހޮނިހިރު ދުވަހު މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ވެސް ގެންނަވައިފަ އެވެ.
އެ ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ބުނީ ސެކްރެޓަރީ ޖެނެރަލް އަދި ޑިރެކްޓަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސް އެޅޭގޮތަށް ކޮމިޝަން ރައީސް ސޮފާ ޝަފީގާއި ބައެއް ބައެއް މެމްބަރުންގެ ފަރާތުން އިދާރީ ހިންގުމުގެ ހުރިހާ ކަމަކާ އަދި ވަކި ހުދޫދެއް ނެތި އިދާރީ އޮނިގަނޑަށް އިހުތިރާމް ކުރުމެއް ނެތި ވާޖިބުތަކާއި މަސްއޫލިއްޔަތު އަދާކުރަން ހުރަސްއަޅަމުންދާ ކަމަށެވެ.
އެ ޕެޓިޝަންގައި ފާހަގަކޮށްފައިވާ އެހެން ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުން ލައްވާ ގޭގައި މަސައްކަތް ކުރުވުމާއި ކޮމިޝަންގެ ބަޖެޓުން އިތުރު ގަޑީގެ ފައިސާ ދެވެން ނެތްއިރު ވެސް މަސައްކަތް ކުރުވުމެވެ. އަދި އެކަށީގެންވާ ވަގުތު ނުދީ ވަގުތުން ވަގުތަށް މަސައްކަތް ނިންމަން ފިއްތުންތައް ކުރިމަތި ކުރާ ކަމަށް ވެސް، ވިއްސަކަށް މުވައްޒަފުން ސޮއިކޮށް ހުށަހެޅި ޕެޓިޝަންގައި ވެ އެވެ.
- ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ ފަރާތުން ޖިންސީ ފުރައްސާރަ ކޮށްގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅި ފަހުން ފަޒީން އަމިއްލައަށް އިސްތިއުފާ ދިނުމުން ވެސް އަނިޔާ ލިބުނު މުވައްޒަފު އަދާކުރަމުން ދިޔަ ޒިންމާތަކުން އޭނާގެ ނުރުހުމުގައި އެކަހެރިކޮށް، އޭނައާ މެދު ބަދަލު ހިފުމުގެ ރޫހުގައި އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް މަސައްކަތުން އެކަހެރިކޮށް އޭނާއަށް "ޑަބަލް ވިކްޓަމައިޒް" ކުރުން.
- މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަން ތަފާތު ގިނަ ކަންކަން ކުރޭ. އޭގެ ތެރެއިން މުވައްޒަފުންގެ ވަޒީފާ ބަޔާން ހޯދައި ދީފައިވާ އެކްސެސް ކަނޑާލައި އަދި މުވައްޒަފުންގެ ޒާތީ މައުލޫމާތެއް އެހެން މުވައްޒަފުންގެ ކުރިމަތީ ހާމަކުރުން އާއްމުވުން. މުވައްޒަފުންގެ ޕާފޯމަންސް އެޕްރައިޒަލް އިން ލިބުނު މާކްސްތައް އެއް ފަންތިއެއްގެ މުވައްޒަފުން ކުރިމަތީގައި ހާމަކޮށް އެ މުވައްޒަފު ސުޕަވައިޒު ކޮށްފައިވާ ގޮތާ މެދު ހިތްހަމަނުޖެހި ކޮމިޝަންގެ ރައީސް އަދި ބައެއް މެމްބަރުން ސުވާލު އުފެއްދުން.
- ކޮމިޝަންގެ ހިންގާ ގަވައިދާ ހިލާފަށް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅައި، ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަނުކޮށް ވަކި މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން އެޗްއާރު ޕެނަލަށް އެންގުން.
ޕެޓިޝަންގައި ބްރޯޑްކޮމްގެ މުވައްޒަފުން ވަނީ ކޮމިޝަންގެ މެމްބަރުންގެ ފަރާތުން ހަތް ކަމެއް އެދިފަ އެވެ. އޭގެ ތެރޭގައި؛
- ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާ ތަރައްގީކުރަން ޕޮލިސީ ލެވެލްގައި ހަރުދަނާ މަސައްކަތްކުރުން.
- މުވައްޒަފުން މެދުވެރިކޮށް މުވައްޒަފުންނާއި އިދާރީ ވެރިންނަށް ފާރަނުލުން.
- ރުޅިވެރިކަމާއި ޒާތީވުމާއި މުވައްޒަފުންނާ ޖައްސާލުމާއި މުވައްޒަފުންނަށް ނަފްސާނީގޮތުން ކުރާ ގޯނާ ހުއްޓާލުން.
ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި
ބްރޯޑްކޮމްއަށް މޫސާ ރިލްވާން އައްޔަނުކުރަން ފާސްކޮށްފި
ފަޒީން، ބްރޯޑްކޮމުން އިސްތިއުފާ ދެއްވައިފި
ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލާގައި ބްރޯޑްކޮމް މާދަމާ ކޮމިޓީއަށް
ފުރައްސާރައިގެ މައްސަލައަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި
ބްރޯޑްކޮމްއަށް އައްޔަންކުރަނީ މުހަންމާ އާއި ސަރާހަތު