މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކޮމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ފަޒީން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ކޮމިޝަނުން ހުސްވި ގޮނޑިއަށް ކުރިމަތިލެއްވި 10 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
އެ ނަންތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ފަސް ބޭފުޅަކަށެވެ.
މާކްސް ދިނުމުގައި 75 ޕަސެންޓު ނުލިބޭ ފަސް ބޭފުޅުންނަކީ ވ. މަށިވެލި، އިބްރާހިމް އަޝްރަފު އާއި ޅ. ހިންނަވަރު، ބާރަނާ، އަލީ ޔޫސުފާއި ހ. ޕްރިޓީވިލާ، މުހައްމަދު ޝަމީމާއި ހ. ސަންދަލީގެ، އަހުމަދު ޒާހިރު އަދި ށ. ފީވަކު އޯކިޑުމާގޭ ފާތިމަތު ޒައީމާ އެވެ.
އެންމެ ގިނައިން މާކްސް ލިބިވަޑައިގަތީ ޒީނާ ޒާހިރަށް ކަމުން، ކޮމިޓީން ފާސްކޮށްފައިވަނީ އެ ކޮމިޝަނަށް އޭނާ އައްޔަން ކުރަން ފެންނަ ކަމަށެވެ.
މާކްސް ލިބުނު ތަރުތީބު:
1. ޒީނާ ޒާހިރު - 85.13 ޕަސެންޓު
2. އައިޝަތު ޝިޔާނާ - 83 ޕަސެންޓް
3. ޝިމްލާ އަހުމަދު - 82 ޕަސެންޓް
4. މޫސާ ރިލްވާން - 81 ޕަސެންޓް
5. ޒަމްއަތު އަހުމަދު ވަހީދު - 77.50 ޕަސެންޓް
ނަމަވެސް، ކޮމިޓީގެ ރިޕޯޓުގައި ހިމެނޭ ފަސް މެމްބަރުންގެ ނަންތަކަށް މަޖިލިހުގެ ތަޅުމުގައި ވަކިވަކިން ވޯޓަށް އެހުމުން، ގިނަ މެމްބަރުން ވަނީ ޒީނާ އާއި ޝިޔާނާ އަދި ޝިމްލާ އައްޔަނުކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވައިފަ އެވެ.
ޓީވީއެމްގައި ގިނަ އަހަރުތަކެއް ވަންދެން ޕްރޮޑިޔުސަރު އަދި ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި ހައުސިން މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ މޫސާ ރިލްވާން ބްޜޯޑްކޮމް އަށް އައްޔަނުކުރަން ފާސްވީ 70 މެމްބަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން، އެ ލިސްޓުގައި ދެން އިން ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.
ބްރޯޑްކޮމްގެ އިތުރު ގޮނޑިއެއް ހުސްވާތީ މަޖިލީހަށް އިއްޔެ ވަނީ އެ މަގާމަށް އައްޔަން ކުރުމަށް ވެސް ނަންތަކެއް ފޮނުވައިފަ އެވެ. ރައީސް މުއިއްޒު ފޮނުއްވާފައިވާ ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ ޒީނާގެ އިތުރުން 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންނެވި ހަތަރު ބޭފުޅުންގެ އިތުރުން އަލީ ޔޫސުފްގެ ނަމެވެ.
ރައީސްގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ މީޑިއާގައި ގިނަ ދުވަސްތަކެއް މަސައްކަތް ކޮށްފައިވާ ޒަމްއަތުގެ ނަމެވެ.
ބްރޯޑްކޮމްއަށް ޒަމްއަތު އައްޔަންކުރަން ފާސްކޮށްފި
ބްރޯޑްކޮމްގައި މަސައްކަތްކުރަން ދަތިވާތީ ޕެޓިޝަނެއް!
ބްރޯޑްކޮމްއަަށް ޒީނާ އައްޔަންކުރަން ކޮމިޓީން ފާސްކޮށްފި
ފަޒީން، ބްރޯޑްކޮމުން އިސްތިއުފާ ދެއްވައިފި
ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލާގައި ބްރޯޑްކޮމް މާދަމާ ކޮމިޓީއަށް
ފުރައްސާރައިގެ މައްސަލައަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި