Roadha Mihaaru

ހަމަލާތައް ހުއްޓާލެވޭނެ އެއްބަސްވުމަކަށް އިޒްރޭލު ތައްޔާރުކަމަށް ބުނެފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމަށާއި އެކަމަކު އެފަދަ އެއްބަސްވުމެއްގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނެން ޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

ހަމަލާތައް ހުއްޓަން އިޒްރޭލުން ޝަރުތުތަކެއް ކޮށްފި

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓުމަކަށް ގެނެވޭނެ އެއްބަސްވުމެއް އެކުލަވާލަން ބޭނުންވާ ކަމަށާއި އެކަމަކު އެފަދަ އެއްބަސްވުމެއްގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނެން ޖެހޭނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.

"މި ވަގުތު ވެސް މަޝްވަރާ ޓީމުން ދޯހާގައި މަސައްކަތްކުރަމުން ދަނީ އެއްބަސްވެއް ގާއިމުކުރެވޭނެ އެއްވެސް ގޮތެއް އޮތްތޯ ބަލަމުން -- [އެމެރިކާއިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ މަންދޫބު] ވިޓްކޮފްގެ ފްރޭމްވޯކާ އެއްގޮތަށް ނަމަވެސް ހަމަލާތައް ހުއްޓުމަކަށް ގެންނަން. އެއީ ހުރިހާ ރަހީނުން މިނިވަންކުރުމާއި ހަމާސްގެ 'ޓެރަރިސްޓުން' ބޭރުކުރުމާއި ޣައްޒާގައި ހަތިޔާރު ގެންގުޅުން ހުއްޓާލުން ހިމެނޭ ހުށަހެޅުމެއް،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ނަތަންޔާހޫ މިހެން ބުނި އިރު ޣައްޒާއިން ހަމާސް ނައްތާލުމުގެ ފަހު އޮޕަރޭޝަން ކަމަށް ބުނެ މީގެ ދެތިން ދުވަސް ކުރިން ވަނީ އަލުން ހަމަލާތައް ވަރުގަދަކޮށް އެތައް ސަތޭކަ މީހުން ޝަހީދުކޮށްފަ އެވެ. މިއަދު އެކަނި ވެސް 33 މީހަކު ޝަހީދުކޮށްލާފައިވެ އެވެ.

އިޒްރޭލުން އޮކްޓޫބަރު 7، 2023 އިން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 53،000 އިން މައްޗަށް މިހާރު ވަނީ އަރައިފަ އެވެ. ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު ވެސް 119،919 އަށް އަރާ ކަމަށް ޣައްޒާގެ އިދާރާތަކުން ބުނެ އެވެ.