07 ނޮވެމްބަރ 2023
ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމަށް އިޒްރޭލު ސިފައިން ޣައްޒާގައި މިހާރު ކުރަމުން ދާ ހަނގުރާމަ ނިމުމަށް ފަހު، ގާޒާގެ އަމަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އިޒްރޭލުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތް ނައްތައިލުމަށް އިޒްރޭލު ސިފައިން ޣައްޒާގައި މިހާރު ކުރަމުން ދާ ހަނގުރާމަ ނިމުމަށް ފަހު، ގާޒާގެ އަމަން ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ އިޒްރޭލުން ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއްޔެ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ އޭބީސީ ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވި ގޮތުގައި ޣައްޒާގެ އަމަން ބެލެހެއްޓުމުގެ ކަންތަކާ އިޒްރޭލުން ހަވާލު ވާނީ ވަކި މުއްދަތެއް ނެތް ގޮތުގަ އެވެ. އިޒްރޭލުން ޣައްޒާގެ އަމަން ބެލެހެއްޓުމާ ހަވާލުވި ނަމަވެސް، މިހާރު ތަސައްވަރު ވެސް ނުކުރެވޭ ފަދަ ގޮތަކަށް ހަމާސްގެ ޓެރަރިސްޓު ހަމަލާތައް އަލުން ފާޅުވާން ފަށާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިހާރު ކުރިއަށް ދާ ހަނގުރާމަ ނިމުމަށް ފަހު ޣައްޒާގައި ދެން ވެރިކަން ކުރާނީ ކޮން ބައެއްތޯ ސުވާލު ކުރުމުން ނަތަންޔާހޫ ވިދާޅުވީ ޣައްޒާގެ ވެރިކަމާ ދެން ހަވާލުވާނީ ހަމާސް ހިނގި މަގުން ހިނގަން ބޭނުން ނުވާ ބައެއް ކަމަށެވެ. ނަމަވެސް އެއީ، އިޒްރޭލުން ކަނޑައަޅާ ބައެއް ކަމެއް ނުވަތަ ގާޒާގެ ރައްޔިތުން އިޚްތިޔާރުކުރާ މީހަކު ނުވަތަ ބަޔަކު ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
އޮކްޓޫބަރު 7، 2023 ގައި އިޒްރޭލުން ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ފަށައިގެން ކުރިއަށް ގެންދާ ހަނގުރާމަ އަށް އެއް މަސް ފުރުނު އިރު، އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް ލިބުނު ގެއްލުން.
އޭނާ ވިދާޅުވި ގޮތުގައި ގާޒާގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް، އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން ރަހީނުކުރި އެންމެން މިނިވަންކުރުމުގެ ކުރިން ހަނގުރާމަ ހުއްޓުމެއް ނެތެވެ. ބައެއް ފަހަރަށް ހަމަލާތައް މެދުކެނޑުނު ނަމަވެސް، އެކީ އެކައްޗަކަށް ހަނގުރާމަ ހުއްޓައިލެވޭނީ، ހުރިހާ ރަހީނުން މިނިވަންވުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ގާޒާގައި މިހާރު ހިނގަމުންދާ އަސްކަރީ ހަރަކާތުގެ ތެރޭގައި ހަމަލާތައް މެދުކެނޑުނު ކިތަންމެ ފަހަރެއް މިހާރު ވެސް ހިނގައްޖެ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަން ކުރިއަށް ދާނީ އެ ގޮތަށް ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. އެހެން ނަމަވެސް ދިގު މުއްދަތަކަށް ހަމަލާތައް މެދުކަނޑާލައިފިއްޔާ އެކަމުން ހުރިހާ މަންފާއެއް ލިބޭޏީ ހަމާސް އަށް ކަމަށްވާތީ އެކަން އެގޮތަށް ކުރާކަށް އިޒްރޭލުން ނުވިސްނަ އެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްވެސް ވާހަކައެއް އިޒްރޭލުން ނުދައްކާނެ ކަމަށް ބުނާ އިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެސް އިޒްރޭލުން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. އަދި ހުޅަނގު އައްސޭރީގެ އެކި ސަހަރުތަކަށް އިޒްރޭލު ސިފައިން ވަދެ ހިންގި އުދުވާންތަކުގައި، ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލައި ގިނަ އަދަދެއްގެ ޒުވާނުން ވަނީ ހައްޔަރުކޮށްފަ އެވެ.
Horrific scenes now on Al-Rashid Street, west of #Gaza, after the occupation bombed the displaced people??#FreePalestine #Palestine #HumanRights #TruthBeTold #UnitedNations #NoOilForIsrael #CeasefireForGaza #Israel #GazaAttack #GazaCity #IsraeliNewNazism#GazaGenocide #غزة_الآن pic.twitter.com/zb3aJZ8Fhh
— Rifat (@_RifatHasan) November 3, 2023
ފަލަސްތީނުގެ ގާޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ގާޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 32 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 10165 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 26800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 2900 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 2300 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 150 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2300 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، އޮކްޓޫބަރު 7 ން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ޣައްޒާ އާއި ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ 70 އިންސައްތައަށް ވުރެ ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
The only Jewish state commits Genocide to ensure its own existence.#ZionistTerror #GazaAttack #GazaGenocide #PalestineGenocide #BoycottMcDonalds #GazaUnderAttack#BoycottStarbucks #FreeGaza #FreePalestine #BoycottCocaCola#ICC4Israel #RegimeChange4Israel #BDS pic.twitter.com/hJIH7ExIMG
— Johann Spischak (@SDGMasterglass) November 3, 2023
އޮކްޓޫބަރު 7ގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިންގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 347 އަށް އަރައިފަ އެވެ. އަދި އޮކްޓޫބަރު 27 ވަނަ ދުވަހު އެއްގަމު ސިފައިން ގާޒާ އަށް ވަދެގަތުމަށް ފަހު ކުރަމުންދާ ހަނގުރާމައިގައި، ހަމާސްގެ މުޖާހިދުންގެ ހަމަލާތަކުގައި މަރުވި އިޒްރޭލު ސިފައިންގެ އަދަދު ވަނީ 31 އަށް އަރައިފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 5500 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 347 މީހަކު ވެސް ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 239 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
ހަނގުރާމަ ހުއްޓާނީ ހަމާސްގެ އެންމެން މަރާފައި:އިޒްރޭލް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ޣައްޒާގެ އާންމުން މެރުމަށް އެމެރިކާގެ އިތުރު ހަތިޔާރު
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން
ސުލްހައިގެ މަޝްވަރާތަކުން އިޒްރޭލު ވަކިވެއްޖެ
ހަމަލާ ނުދޭ މުއްދަތު އަނެއްކާ އިތުރުކޮށްފި