06 ނޮވެމްބަރ 2024
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް މަގާމުން ވަކިކޮށްފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އޭނާގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް މަގާމުން ވަކިކޮށްފި އެވެ.
ގަލަންޓް އަކީ ފަލަސްތީނުގެ ހަމާސް ޖަމާއަތާ ދެކޮޅަށް ހަމަލާ ދިނުމަަށް ވުރެ ސުލްހައިގެ އެއްބަސްވުމެއް ހަދައި އިޒްރޭލުގެ ރަހީނުން ސަލާމަތުން ތިއްބާ ގެނެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ބުނަމުން ދިޔަ މީހެކެވެ. އޭނާ މަގާމުން ވަކިކުރުމާ އެކު ވެސް އެ ވާހަކަތައް ތަކުރާރުކޮށް ވަނީ ވާހަކަ ދައްކައިފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާއަށް ފަހު، ހަމާސްއާ ދެކޮޅަށް އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ނަތަންޔާހޫ އާއި ގަލަންޓްއާ ދެމެދު ވަރަށް ގިނައިން ދެބަސްވުންތައް އުފެދިފައިވެ އެވެ.
"ފާއިތުވި މަސްތަކުގައި... އިތުބާރު ވަނީ ކުޑަވެފައި. އެކަމަށް ބަލައި ޑިފެންސް މިނިސްޓަރުގެ ދައުރު ނިމުމަކަށް ގެންނަން މިއަދު ނިންމީ،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގަލަންޓްގެ ބަދަލުގައި ޑިފެންސް މިނިސްޓަރު ކަމަށް އައްޔަންކުރީ ފޮރިން މިނިސްޓަރު އިސްރާއީލް ކާޓްޒް އެވެ. ފޮރިން މިނިސްޓަރުކަން ހަވާލުކުރި ވަކި މިނިސްޓްރީއަކާ ހަވާލުނުކޮށް ހުރި ގިޑިއޯން ސާރް އަށެވެ.
އެ މަގާމަށް އައްޔަންކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ކާޓްޒް ވަނީ "ދުޝްމަނުންގެ މައްޗަށް ކާމިޔާބީ ހޯދައި ހަނގުރާމައިގެ ލަނޑުދަނޑިތައް ހާސިލްކުރާނަން" ކަމަށް ބުނެފަ އެވެ. ހަމާސް ރޫޅާލައި ހިޒްބުﷲ ބަލިކަށިކޮށްލައި ރަހީނުން ސަލާމަތްކުރާނެ ކަމަށް ވެސް ބުންޏެވެ.
ކޯޓުން އަމުރު ނެރުނަސް ޣައްޒާގައި ހަމަލާތައް ކުރިއަށް
ނަތަންޔާހޫ އެ އަޅަނީ އަލިފާނަށް އިތުރު ދަރު
ހުޅަނގު އައްސޭރީގައި ވެސް ހަނގުރާމަ ފަށަން ޖެހިދާނެ
ރަހީނުން މިނިވަންކުރީ ހަމާސް އިން، އިޒްރޭލަކުން ނޫން
ސުލްހައިގެ މަޝްވަރާތަކުން އިޒްރޭލު ވަކިވެއްޖެ
ފަލަސްތީނުގެ އަސީރުން މެރުމުގެ ގާނޫނެއް ހަދަނީ
ނަތަންޔާހޫ އެ ތަކުރާރުކުރަނީ ނާޒީންގެ އަމަލުތައް
ގާޒާގެ އަމަން ބަލަހައްޓާނީ އިޒްރޭލުން: ނަތަންޔާހޫ
ހަނގުރާމަ އަށް މަހެއް؛ 12000 ޝަހީދުން
ނަތަންޔާހޫއާ ގުޅުން ކަނޑާލައިފިން: އުރުދުޣާން