ގދ. ކާޑެއްދޫ އެއާޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި ވަނިކޮށް ދިރޭތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ލަފާގެ ދަށުން ހުވަނިތައް ނައްތާލައިފި އެވެ.
18 މެއި 2025
ގދ. ކާޑެއްދޫ އެއާޕޯޓުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި ވަނިކޮށް ދިރޭތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީގެ ލަފާގެ ދަށުން ހުވަނިތައް ނައްތާލައިފި އެވެ.
މިދިޔަ ހަފްތާގައި އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފަކު ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކުން ފެންނަނީ އެރަށުގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ހުވަނި އަޅާފައި އޮއްވަ އެވެ.
ކުޑަކުދިންގެ ޕާކާއި ޕަސިންޖަރުން އުޅޭ ސަރަހައްދާއި ކެންޓީން ކައިރީގައި ވެސް ހުވަނި ގިނަވެ، އޭގެ އުނދަގޫ ބޮޑުވެފައިވާތީ، މީހުންގެ ގައިގައި ވަރަށް ބޮޑަށް ހިރުވައި ކަހާ ފިތް ނަގާތީ އެމީހުން ވަނީ ކަމާ ގުޅޭ އިދާރާތައް ޓެގްކޮށް ހައްލެއް ހޯދައިދޭން އެދިފަ އެެވެ.
ވިލާގެ ދަށުން ހިންގާ އެއާޕޯޓުން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެތަނުގައި މަސައްކަތްކުރާ ފަޔާ ފައިޓަރުން ވަނީ ހުވަނި ނައްތާލުމަށް ބޭސް ޖަހައިފަ އެވެ. އެއާޕޯޓުން ބުނީ ހުވަނި ކޮންޓްރޯލް ކުރުމަށް ކުރި މަސައްކަތް މަޑުޖެހުނީ ވިއްސާރައިގެ ސަބަބުން ކަމަށާއި އެކަމަކު އަލުން އެ މަސައްކަތް ފަށައި މިހާރު ހުވަނި ފެތުރުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެެ.
ސަރުކާރުގެ ވެބްސައިޓުގައި މިނިސްޓްްރީން ބުނި ގޮތުގައި ހުވަނި ގިނަވެ، އެކަން ކޮންޓްރޯލްކުރުމަށް އެހީއަކަށް އެ އެއާޕޯޓުން އެދިފައެއް ނުވެ އެވެ. އެކަމަކު ސޯޝަލް މީޑިއާއިން އެކަން ފާހަގަވުމުން މިނިސްޓްރީން ވަނީ އެއާޕޯޓަށް ގުޅައި އެތަނުން މީގެ ކުރިން އަމަލުކޮށްފައިވާ ގޮތާއި އިތުރަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދީފައި ކަމަށް އެ މިނިސްޓްރީން ބުންޏެެވެ.
މިނިސްޓްރީން ބުނީ ހުވަނި ކޮންޓްރޯލްކުރުމާއި ބެހޭ ފަންނީ މައުލޫމާތު ކަރުދާސް އެ އެއާޕޯޓަށް މެއިލްކޮށްފައިވާ ކަމަށެވެ.
މާލެ ފަޅުތެރޭގައި 1،000 ލީޓަރުގެ ކަޅުތެޔޮ!
ގެއްލުންވާނެ އެއްޗެއް ބޯޓުން ބޭރެއް ނުވޭ: ޓްރާންސްޕޯޓް
އުރުނު ބޯޓު ފުންކުރަން ލަންކާއިން ޓަގްބޯޓެއް
ރާއްޖޭގެ ކަނޑަށް ތެޔޮ އެޅުމުގެ ފުރުސަތު ކުޑަ
ވަގަށް މަސްވެރިކަންކުރި ބޯޓަކަށް ބޮޑު ޖޫރިމަނާއެއް!
ހަނިފަރު ފަރަށް ޑައިވްކުރަން ފޭބިޔަ ނުދީ ހުރަސްއަޅައިފި
ދޮންފަނުފަރުގައި ޑައިވްކުރުން މަނާކުރުން ގާނޫނާ ހިލާފު
ދޮންފަނުފަރަށް ޑައިވްކުރުން މަނާކުރުމުން ބޮޑު ގެއްލުމެއް
ކުޅުދުއްފުށީ ފަރުގައި އޮތް ބާޖު ނަގަން ކޯޓު އަމުރެއް
މުޒާހަރާކުރަން ދޮންފަނު ފަރުގައި ޑައިވްކުރުން މަނާކޮށްފި