މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ކިތަންމެ ގިނައިން ގޮވަމުންދިޔަ ނަމަވެސް، އެކަމުގައި އިސްތިއުފާ ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
15 މެއި 2025
މިދިޔަ މަހުގެ 18 ވަނަ ދުވަހު، އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ މަތިން ވެއްޓުނު މައްސަލައާ ގުޅިގެން އޭނާގެ އިސްތިއުފާއަށް ކިތަންމެ ގިނައިން ގޮވަމުންދިޔަ ނަމަވެސް، އެކަމުގައި އިސްތިއުފާ ނުދެއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް މިނިސްޓަރު އަމީން ނުފޫޒު ފޯރުވި ކަމަށް ބުނެ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލައިގެ ބަހުސުގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އަމީންގެ އިސްތިއުފާއަށް ގޮވާލައްވައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ޒުވާނުން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ޑިމާންޑްތަކުގެ ތެރޭގައި ވެސް އަމީންގެ އިސްތިއުފާ ހިމެނެ އެވެ. އިދިކޮޅު މެންބަރުން ވަނީ ޒުވާނުންގެ އެ ޑިމާންޑާ އެއްގޮތަށް އަމީން އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެފަ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސަށް ފަހު އަމީން ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައާ އޭނާ އޮތް ހަމައެކަނި ގުޅުމަކީ އޭނާ ދިވެއްސަކަށް ވުމާއި މާލޭ ދިރިއުޅޭ މީހަކާ ދެމެދު އޮތް ގުޅުން ކަމަށެވެ.
"އަޅުގަނޑާ މި މައްސަލައާ ގުޅުމެއް އޮތް ކަމަށްވާ ނަމަ، އެއީ ދިވެއްސަކަށްވީތީ މި މާލޭގައި އުޅޭތީ. ގާނޫނީ ހަމަތަކުގެ ތެރެއިން އޮތް ގޮތް އެއީ،" އަމީން ވިދާޅުވި އެވެ.
މަޖިލީހުގައި އަދި އެހެން މާހައުލުތަކުގައި ގޮވާލިޔަސް، މި މައްސަލައާ ގުޅިގެން އިސްތިއުފާ ނުދެއްވާނެ ކަމަށް އަމީން ވިދާޅުވި އެވެ.
"އެހެންވީމަ ތި ވާހަކަ ކިތަންމެ ވަރަކަށް ރިޕީޓް ކުރިޔަސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުގެ ޒައްރެއްގެ މިންވަރު ވެސް ގުޅުމެއް ނެތް ކަމެއްގައި އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނޯންނާނެ،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މައްސަލައާ ގުޅިގެން ވަކި ކަމެއް ކުރަން ނުވަތަ ނުކުރަން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި ފޯރުވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ނުފޫޒު ފޯރުވި ކަމަށް ތުހުމަތު ކޮށްފައިވާއިރު، އެއީ ކޮން ނުފޫޒެއް ކަމެއް ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރުންނަށް ވިދާޅުވެ ނުދެއްވުނު ކަމަށެވެ.
އަމީން ވިދާޅުވީ ޔުމްނު ވެއްޓުނު މައްސަލައާ އޭނާގެ އާއިލާ މީހަކާ ގުޅުމެއް އޮތް ކަމަށް ބަހުސްގެ ބޭނުމަށް ބެލި ނަމަވެސް، ނުފޫޒު ފޯރުވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެއީ އޭނާގެ ބޭފުޅެއް، އަނބިކަނބަލުން ނުވަތަ މައިންބަފައިން ނޫން ކަމަށާއި އެއީ އަމިއްލަ ޒިންމާ ނެގޭ ވަރުގެ މީހުން ކަމަށް އަމީން ވިދާޅުވި އެވެ.
ޔުމްނު ވެއްޓުނު ރޭ އެންމެ ފުރަތަމަ ޒުވާނުންތަކެއް ޕާޓީކޮށްފައިވަނީ އަމީން ދިރިއުޅޭ ގޭގެ ޓެރެސްގައި ކަމަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގެ އެވެ. އެ ގެ ފުލުހުން ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން ބަލައި ފާސްކޮށްފައި ވާއިރު އެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އެ ގޭގެ ސީސީޓީވީ ފުޓޭޖް ވެސް ލިބިފައެއް ނުވެ އެވެ.
އެ މައްސަލަ ފެންމަތިވުމާ އެކު އަމީންއާ އާއިލީ ގުޅުން އޮންނަ މީހެއް ކަމަށްވާ އިޒްދިޔާން މުހައްމަދު މައުމޫން ވަނީ ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުން ވަކިކޮށްފަ އެވެ.
ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައިވާއިރު، އެ ކޮމިޝަނުން އެއްވެސް މީހަކާ މެދު ފިޔަވަޅު އަޅަން ލަފާދީފި ނަމަ، އެކަން ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އަމީނަށް އިތުބާރު އޮތް ކަަމަށް ފާސްކޮށްފި
އަމީންގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ފޮނުވައިފި
"އަމީން ސީޕީއަށް ގުޅިޔަސް ތަހުގީގަށް އަސަރެއް ނުކުރޭ"
ސީޕީއަށްގުޅީ އަމުރެއްނެތި ގެ ފާސްކުރެވޭނެ ކަމަށް ބުނަން
ތުހުމަތުތަކުގައި ޒައްރެއްގެ ހަގީގަތެއްވެސް ނެތް: އަމީން
ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލުކުރާނަން: ރައީސް
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނަށް ނުލިބުނު
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން