ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ އިދާރާ އިން ފޮނުވައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މަގާމުން ވަކިކުރުމުގެ މައްސަލައިގެ ނޯޓިސް ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މަޖިލިހުގެ އިދާރާ އިން ފޮނުވައިފި އެވެ.
އެ އިދާރާގެ އިސް އޮފިޝަލަކު ވިދާޅުވީ، މިނިސްޓަރު އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވީ މިދިޔަ ބުދަ ދުވަހު ކަމަށެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލައިގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ މިނިސްޓަރަކަށް މަޖިލިހުގެ އިދާރާ އިން އެކަން އަންގަން ޖެހެ އެވެ. އަދި އެ މައްސަލައަކާ ގުޅިގެން އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު މިނިސްޓަރަށް ދޭން ވާނެ ކަމަށް ގަވާއިދުގައި ވެ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ނިންމާލާއިރު، މަޖިލިހުން މަސައްކަތް ކުރަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ވެސް ވަކި ގޮތެއް ނިންމުމަށް ފަހު ޗުއްޓީ އަށް ދާށެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ޕާޓީއަކީ ސަރުކާރު ހިންގާ ޕީއެންސީ ކަމަށް ވާއިރު، މި މައްސަލާގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އަދި ވަކި ނިންމުމެއް ނުނިންމަ އެވެ. މައްސަލަ އަމީނަށް ކާމިޔާބު ވުމާއި ނުވުން ބިނާވަނީ ޕީއެންސީން ނިންމާ ގޮތަކަށެވެ.
އަމީން މަގާމުން ވަކިކުރުމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިހަށް ހުށަހެޅީ މާލޭގެ އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި އޭނާ އަށް ކުރާ ތުހުމަތުތަކާ ގުޅިގެންނެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައި ވަނީ އެ ހާދިސާގައި އޭނާގެ އާއިލާ ބަޔަކު ހިމެނޭ ކަމަށާއި އެ ހާދިސާގެ ކުރިން ޒުވާނުންތަކެއް މަސްތުވާތަކެތި ބޭނުންކޮށް ޕާޓީ ކޮށްފައިވަނީ އަމީން ދިރިއުޅުއްވާ މއ. މާންދޫގޭދެކުނުގައި ކަމަށެވެ. ނަމަވެސް، ފުލުހުން އެ މައްސަލާގައި މައުލޫމާތު އާންމު ކުރުމުގައި އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ އެ މި ކަންކަން ސިއްރު ކުރުމަށް ކަމަށާއި އެ ގެ ބަލައި ފާސްކުރުމަށް ހިންގި އޮޕަރޭޝަންގެ މައުލޫމާތު ވެސް ސިއްރު ކޮށްފައިވާ ކަމަށް މައްސަލާގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރު މި މަހުގެ 15 ވަނަ ދުވަހަށް ނިންމާލާއިރު، މަޖިލިހުން މަސައްކަތް ކުރަނީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު ވެސް ވަކި ގޮތެއް ނިންމުމަށް ފަހު ޗުއްޓީ އަށް ދާށެވެ.
އިތުބާރު ނެތް ކަމުގެ މައްސަލާގައި ބުނެފައި ވަނީ، އަމީންގެ އާއިލާ ބޭފުޅުން ހިމާޔަތްކޮށް، ޖިނާއީ ހުކުމަކުން އެ މީހުން ބަރީއަ ކުރުމަށް ފުލުހުންގެ އިދާރާ އަށް އޭނާ ނުފޫޒު ފޯރުވާފައިވާކަން ހާމަވާ ކަމަށެވެ. އެއީ މިނިސްޓަރުގެ ހައިސިއްޔަތުން އަމީނަށް ލިބިގެންވާ ބާރުގެ ބޭނުންކޮށް، އަމިއްލަ މަންފާ އާއި މަސްލަހަތު ކުރިއެރުވުމަށް ހިންގޭ ކަންކަން ކަމަށް ވެފައި އޭނާ ގާނޫނާ ހިލާފު ވެފައިވާ ކަމަށް ވެސް އެމްޑީޕީގެ މައްސަލާގައިވެ އެވެ. އެމްޑީޕީން އެ ގޮތަށް ތުހުމަތުކުރި ނަމަވެސް އަމީން ވަނީ ކުރިން އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ، އޭނާ ވެސް ދިރިއުޅުއްވާ އިމާރާތުގައި މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަޔަކު އެއްވުމެއް ބޭއްވި ކަމަށެވެ. އެއީ އޭނާގެ އަމިއްލަ ތަނެއް ނޫން ކަމަށާއި އެ އިމާރާތުގެ ރަޖިސްޓްރީ އޮތީ އޭނާގެ އިތުރުން އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ކަމަށް އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވެފައިވާ ގޮތުގައި ޔުމްނު ވެއްޓުނު ރޭ އޭނާނރާއްޖޭގައި ނޫޅުއްވަ އެވެ. ގަތަރުގެ ދޯހާގައި އޮތް ރަސްމީ ބައްދަލުވުމަކަށް ފަހު ރާއްޖެ ވަޑައިގަތީ އެ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އަމީން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ޔުމްނު ވެއްޓުނު ހާދިސާ ހިނގީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކުގެ ޖަމިއްޔާ، އައިކާއޯ އިން ގަތަރުގެ ދޯހާގައި ބޭއްވި އައިސީއޭއޯ ފެސިލިޓޭޝަން ކޮންފަރެންސް 2025 ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެންނެވި މަގުމަތީގައި ކަމަށެވެ.
މި މަހުގެ 16 އިން 18 އަށް ކުރެއްވި އެ ދަތުތުގައި މިނިސްޓަރު އަމީން މާލެ ވަޑައިގަތީ އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 18 ވަނަ ދުވަސް ނުވަތަ ޔުމްނު ވެއްޓުނު ދުވަހުގެ ހެނދުނު 8:50 ހާއިރު އެވެ.
ޔުމްނު ވެއްޓިފައި ވަނީ ފުލުހުން އާންމުކުރި ފުޓޭޖުތަކުން އެނގޭ ގޮތުގައި އެ ދުވަހުގެ ރޭ ފަތިހު 4:30 އާއި 5:30 އާ ދެމެދުގެ ވަގުތެއްގަ އެވެ.
އަމީނަށް ކުރާ ތުހުމަތުތަކުން އޭނާ ބަރީއަވަމުން އައި ނަމަވެސް ޔުމްނު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގެ ނުވަތަ އަމީންގެ ގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް ނުލިބުނު މައްސަލަ ވަނީ ފެންމަތިވެފަ އެވެ.
ފުލުހުންނާ މީޑިއާ އިން ސުވާލު ކުރުމުން ބުނީ، މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. އެ ގެއިން ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އެކަން ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތްކޮށް، ސީސީޓީވީ ފުޓޭޖު ނެތްކަން ފުލުހުން ވާނީ ކަށަވަރު ކޮށްފައި،" ފުލުހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބުންޏެވެ.
ސީސީޓީވީ ފުޓޭޖު ނެތް ކަމަށް ފުލުހުން ބުނާ މައްސަލާގައި އަމީން އަދި އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން މާންދޫގޭ ދެކުނުގޭގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ވެސް ބަލައި ފާސްކޮށްފަ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ގެތައް ފާސްކުރިއިރު، ހާދިސާއާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް
އަމީންގެ ގޭގެ ސީސީޓީވީ ފުޓޭޖުތައް ފުލުހުންނަށް ނުލިބުނު
އިހުސާންގެ އިތުބާރު ނެތް ކަމަށް ފާހެއް ނުވި!
އޮފީހުގައި ސިޔާސީ މަސައްކަތެއް ދެން ނުކުރާނެ: އިހުސާން
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
"ބެސްޓިނެޓް މައްސަލާގައި އިހުމާލުވީ ކުރީ ސަރުކާރުން"
އިތުބާރު ނެތް މައްސަލާގައި އިހުސާނަށް އެއް ގަޑިއިރު
މެންބަރުން ވެސް ވަކިކުރެވެންޖެހޭނެ: އަބްދުއްރަހީމް
ސަރުކާރުން ޓެކްސީގެ ހިދުމަތް ހުއްޓުވައިދޭން އެދިއްޖެ